އޭސީސީގެ މެންބަރު އަޝްރަފް އިސްތިއުފާ ދެއްވައިފި

Loading

Facebook
Twitter
WhatsApp

 

 

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު އަލީ އަޝްރަފް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އަޝްރަފް މަޤާމުން އިސްތިއުފާ ދެއްވައި ސިޓީ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައެވެ.

އަޝްރަފް އިސްތިއުފާ ދެއްވާފައިވާފައި މި ވަނީ އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް މަސައްކަތް ނުކުރެވޭ ކަމަށް ބުނެ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭ މެމްބަރުން ބަލައި، އޮޑިޓެއް ހެދުމަށްފަހު މަގާމުން މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ވަނީ ފަށާފައި ވަނިކޮށެވެ.

މަޖިލީހުގެ ބައެއް މެމްބަރުންގެ އޭސީސީގެ މެމްބަރުންނަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައވާއިރު ކޮމިޓީން ދަނީ ވަކިވަކިން މެމްބަރުންގެ މަސައްކަތް ބަލައި އިންޓަވިއު ކުރަމުންނެވެ.

އޭސީސީގެ މެންބަރުކަމަށް އަޝްރަފް އައްޔަން ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

Loading

One Response

  1. ތި ހުރިހާ ތަނަކީވެސް ރައްޔަތުންގެ ޓެކްސް ފައިސާ ޚަރަދުކޮށް ވެރިކަމުގެ ބާރުގައި ތިބޭބަޔަކު ބޭނުންވާ ގޮތަކަށް ތި ތަންތަން ބޭނުންކޮށްގެން ނަހަލާލު ހަލާލަށް ބަދަލުކުރާ ތަންތަނެވެ. މާ ވަކިވަކި މުއައްސަސާތަކެއް ކަމަށް ދެއްކެން އުޅެއެވެ. ވައްކަމުގެ ތަޙުގީގެއް ކޮށްފައި ދައުވާކުރުމުގެ ބާރެއްނެތެވެ. އޭޖީ އައި ޕީޖީ އަށް އުންސުހަމައެއް ނުވާނެއެވެ. އުންސް ހަމަވަނީ އިންދާލަން ބޭނުންވާ މީހެއް ނުވަތަބަޔަކާ މެދު ބެލޭ މައްސަލައެކެވެ. ހުސް ކަރަޕްޓް ބައިގަނޑެއްކަން ރައްޔަތުން ގަބޫލުކުރެވެ. ހެޔޮލަފާ ވެރިޔަކު ލިބިގެން ނޫނީ ތި ރަންމަންމަން ފޯލި ކުޅުމެއް ނުހުށްޓޭނެއެވެ. އެކަހަލަ ވެރިޔެއް ކޮބާ؟ އަދި އެފަދަ މީހެއް ތައްޔަތުންގެ މެޖޯރިޓީ ބޭނުމެއްނުވޭމެ. ވޯޓް ވިއްކުން ހުއްޓުވާ. #އިނަޑިއާމިލިޓެރީއައުޓް #އަންނިއައުޓް #އިބޫއައުޓް

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް