ސީލައިފްން އެޕާޓްމަންޓް ގަތް ފަރާތްތަކަަށް ވިނަރެސް ފްލެޓަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

Loading

Facebook
Twitter
WhatsApp

 

 

އަމިއްލަ ކުންފުންޏެއް ކަމަށްވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން އެޕާޓްމަންޓް ގަތުމަށް ފައިސާދައްކާފައިވާ ފަރާތްތަކުން ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ވިނަރެސް ފްލެޓްތަކުން ފްލެޓް ގަތުމަށް ރަޖިސްޓްރީ ކުރުމަށް އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ.

ސީލައިފުން ފްލެޓް ގަތުމަށް ފައިސާ ދެއްކި މީހުންނަށް ސަރުކާރުގެ ހައުސިން މަޝްރޫއު ވިނަރެސް އިން ފްލެޓް ގަތުމަށް މިދިޔަ މަހުގެ 28ވަނަ ދުވަހަށް ހުޅުވާލި މުއްދަތުވަނީ އަންނަ މަހުގެ 6ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

 

އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސީލައިފް މައްސަލައިގެ ”ސެޓްލްމަންޓްގެ އެގްރިމެންޓް“ގެ ދަށުން ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން އެޗްޑީސީއަށް ލިޔުން ހުށަހަޅާ، ފައިސާ ރީފަންޑް ކޮށްދީފައިވާ ފަރާތްތަކަށް ވިނަރެސް އިން ފްލެޓްގަތުމަށް ފުރުސަތު އިތުރުކޮށްފައިވާކަމަށެވެ.

 

ވިނަރެސް މަޝްރުޢޫގައި 1344 ހައުސިންގ ޔުނިޓް ހިމެނެއެވެ. އެއީ މުޅިންވެސް 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މީގެތެރޭގައި 4 ބާވަތެއްގެ ހައުސިންގ ޔުނިޓްތައް ހިމެނެއެވެ.

 

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް 3000 ހައުސިންގ ޔުނިޓްގެ މަޝްރޫއެއް އިއުލާންކުރީ 2016ވަނަ އަހަރުއެވެ. އޭރު އެ ފްލެޓުތަކަށް 203 މީހަކު ފައިސާ ދައްކާފައިވެ އެވެ.
ނަމަވެސް ފްލެޓްގެ މަސައްކަތް ނުނިމި ފްލެޓްތައް ގަތުމަށް އެދުނު މީހުންނަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ.

 

 

 

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް