ޖެރޫސަލަމްގައި އެމެރިކާ އާއި ފަލަސްތީނުގެ ކޮންސިއުލޭޓްއެއް ގާއިމު ނުކުރެވޭނެ: އިޒުރޭލު

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެން އާއި އިޒްރޭލުގެ ބޮޑުވަޒީރު، ނަފްޓާލީ ބެނެޓް ދާދި ފަހުން ވޮޝިންގްޓަންގައި ބޭއްވި ބައްދަލުވުމެއްގައި އެމެރިކާއާއި ފަލަސްތީނުގެ ކޮންސިއުލޭޓެއް ޖެރޫސަލެމްގައި އަލުން ގާއިމު ކުރުމުގެ ޝައުގުވެރިކަން ބްލެންކިން ވަނީ ފާޅުކުރައްވަފައެވެ. ނަމަވެސް އިޒްރޭލުގެ ބޮޑު ވަޒީރު ވަގުތުން މިހުށައެޅުމަށް އިންކާރުކުރެއްވިއެވެ.

ނަފްޓާލީ ބެނެޓް ވިދާޅުވި ގޮތުގައި އެމެރިކާގެ މި އެދުން ފުއްދައިދެވޭނެ އެއްވެސް ގޮތެއް ނެތެވެ. އަދި މިއީ ސިޔާސީ މަގުސަދެއްގައި ކުރާކަމެއްނޫން ކަމަށާއި އެއްގޮތަކަށްވެސް މިފުރުސަތު ދެވެން ނެތްކަމަށް އޭނާ ވަނީ ތަކުރާރުކޮށް އެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

އެމެރިކާއިން ޖެރޫސަލެމްގައި ގާއިމްކޮށްފައިވާ ކޮންސިއުލޭޓް އިޒްރޭލުގެ ކޮންސިއުލޭޓަކަށް ބަދަލުކޮށްފައި ވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުރުގައެވެ. އަދި ޖެރޫސަލެމްގައި ހުރި އެމެރިކާގެ އޮފީސް ވެސް ވަނީ އިޒްރޭލުގެ ޓެލް އަވީވްއަށް ބަދަލުކޮށްފައެވެ.

މިހާތަނަށް ފާހަގަ ކުރެވިފައިވާ ގޮތުގައި އެމެރިކާއިން ވަނީ އިޒްރޭލާ އެކު އޮތް ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން މިފަދަ ކޮންމެ ކަމެއްގައި އިޒުރާއީލަށް ތާޢީދުކޮށްފައެވެ. ނަމަވެސް ކުއްލިއަކަށް އެމެރިކާއިން ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް އެދުން ވެގެން ދިޔައީ ގިނަ ބަޔަކަށް ސިހުން ލިބުނު ކަމަކަށެވެ.

ދާދި ފަހުން އިޒްރޭލުން ތަންފީޒްކުރި ޤަވާޢިދެއްގެ ސަބަބުން އެތައް ސަތޭކަ ފަލަސްތީނު ރައްޔިތުންގެ ގެދޮރު އިޒްރޭލަށް މިލްކުވެގެންދާނެއެވެ. އިޒްރޭލުގެ މިފަދަ އެތައް ކަމަކަށް މީގެކުރިންވެސް އެމެރިކާއިން އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މިފަހަރު އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ތަރުޖަމާނު، ނެޑް ޕްރިންސް ވަނީ މިކަމަށް ފާޑުކިޔުއްވައި އެ ނިންމުން ކުށްވެރިކުރައްވާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ހިލޭ ސާބަހަށް މަސައްކަތް ކޮށްއުޅޭ ގްރޫޕްތަކަކީ ޓެރަރިސްޓުންގެ ގޮތުގައި ލޭބަލް ކުރުމަށް އިޒްރޭލުން މަސައްކަތް ކުރަމުންދާ ދިޔުންވެސް އޭނާ ވަނީ ކުށްވެރިކުރައްވާފައެވެ.

މިކަންކަމާމެދު ސުވާލުކޮށް އެމެރިކާއާއި އިޒްރޭލާ ދެމެދު އޮތްގުޅުން ހީނަރުވަމުން ދާ ކަމާމެދު ނޫސްވެރިއަކު ސުވާލުކުރުމުން އެކަމަށް ރައްދުދެއްވައި އިޒްރޭލުގެ ބޮޑުވަޒީރު ވަނީ އެމެރިކާއަކީ އިޒްރޭލުގެ ވަރަށްގާތް ރަހުމަތްތެރި ގައުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މުސްތަގުބަލުގައި ދެ ގައުމުގެ ދެމެދުގައި އެތައް ޕްރޮޖެކްޓްތަކެއް ހިނގާނެކަމުގެ ޚަބަރުވެސް އޭނާ ވަނީ ދެއްވާފައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް