މިނިމަމް ވޭޖް: އެންމެ ދަށް މުސާރައަކީ 4،500ރ

Loading

Facebook
Twitter
WhatsApp

އެންމެ ދަށް މުސާރައަކީ 4500 ރުފިޔާގެ ގޮތުގައި ކަނޑައަޅައި މިނިމަމް ވޭޖް އިއުލާންކޮށްފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖެއް ކަނޑައަޅައި އިއުލާން ކުރަން ހޮޓެލް ޖެންގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި މިނިމަމް ވޭޖް ގަރާރުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ސޮއިކުރައްވައި މިނިމަމް ވޭޖް އިއުލާން ކުރައްވާފައެވެ.

މިނިމަމް ވޭޖް ކަނޑައެޅިވަރު

ކުދި ވިޔަފާރިތަކަށް، މަހަކު 4500ރ.

– މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7000ރ.

– ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8000ރ.

– ސިވިލް ސާވިސް، މަހަކު 7000ރ.

ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖު ގޮތުގައި ކަނޑައަޅާފައި ވަނީ މަހަކު 4،500ރ. އެވެ. މިއީ މިނިމަމް ވޭޖް ބޯޑު ލަފާދިން ވަރަށް ވުރެ މަހަކު 500ރ. ކުޑަ އަދަދެކެވެ.

މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ލަފާދީފައިވަނީ ގަޑި އިރަކަށް 33.65 ރުފިޔާ އެވެ. އެއީ މަހެއްގެ މައްޗަށް ބަލާއިރު 7،000 ރުފިޔާ އެވެ.

ބޮޑެތި ވިޔަފާރިތަކަށް ކަނޑައަޅާފައިވަނީ ގަޑި އިރަކަށް 42.79 ރުފިޔާ އެވެ. އެއީ މަހަކަށް 8900 ރުފިޔާ އެވެ.

ޕަބްލިކް ސެކްޓަރުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ކަނޑައަޅާފައިވަނީ ގަޑިއިރަކަށް 33.65ރ. އެވެ. ނަމަވެސް، އެ ފަރާތްތަކުގެ ތެރެއިން ހަފްތާއަކު މަދުވެގެން 30 ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައިގެ ގޮތުގައި މަހަކު 7،000ރ. މިއަދު ވަނީ ކަނޑައަޅައިފަ އެވެ.

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައިގެ މާނައިގެ ތެރޭގައި ހަމައެކަނި ހިމެނޭނީ މުވައްޒަފަކަށް ދެވޭ އަސާސީ މުސާރައިގެ އިތުރުން ފިކްސްޑް އެލަވަންސްތަކެވެ.

މުވައްޒަފުންނަށް ލިބޭ އިތުރު ގަޑީގެ ފައިސާ އާއި، ރަމަޟާން މަހުގެ އިނާޔަތާއި، ސާވިސް ޗާޖު ފަދަ ނޮން ފިކްސްޑް އެލަވަންސް މީގެ ތެރޭގައި ނުހިމެނޭނެ އެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް