މުޣަލް އެމްޕަޔަރ-14

Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
މުޣަލް އެމްޕަޔަރ-14

https://sandhaanu.today/15225/  އާއި ގުޅޭ….

1707 އިން 1761 އަށް މުޣަލް އެމްޕަޔަރގެ ސިޔާސަތު އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ލާމަރްކަޒް ކުރަމުންދިއުމުގެ ނަތީޖާއަކަށްވީ އަމިއްލަ މިނިވަންކަމަށް ބޭނުންވާ ގިނަ ޖަމާއަތްތަކެއް އުފެދި ބާރުވެރިވަމުން ދިއުމެވެ. އަދި ހަމަ ކޮންމެ ސަރަހައްދެއްގެ ވިސްނުންވެސް ހުރީ އަމިއްލަ ފައިމައްޗަށް ތެދުވުމަށެވެ. ހަމައެއާއެކު އަމިއްލަ ފުދުންތެރިކަން ހުރި މިންވަރު އެނގުމުންނާއި އެތެރޭގެ ވިޔަފާރިއާއި ސަހަރައްދުން ބޭރާށް ކުރެވޭ ވިޔަފާރިތަކުގެ މައުލޫމާތު ރައްޔިތުން ހާމަކުރެވިގެން ދިޔަވަރަކުން ރައްޔިތުންގެ ވިސްނުންވެސް ބަދަލުވަމުން ދިޔައެވެ.

ބަންގާޅާއި ބިހާރު އަދި އަޔޯދިޔާ އަކީ އިގްތިސާދީގޮތުން ޚާއްސަ މަގާމެއް ދެވިފައިވާ ސަރަހައްދުތަކެކެވެ. އެ ސަރަހައްދުގެ އުފެއްދުންތައް ކައިރި ރަށްތަކަށާއި ދުރު ސަރަހައްދުތަކަށް ފޮނުވުގެ ހުރިހާ މަގެއްއޮތީ ތަނަވަސް ވެފައެވެ. ބަންގާޅާއި އަޔޯދްޔާ އަދި ބިހާރު ފަދަ ތަންތަނުގެ ރައްޔިތުންނަށްވެސް އެމީހުން އިގްތިސާދީ ބާރުވެރިކަން ހުރި މިންވަރު ތަސައްވުރު ކުރެވެން ފަށައިފިއެވެ. އަދި ބޭރުގެ އަޅުވެތިކަމުން ނިކުމެގަތުމަށްޓަކައި ހަތިޔާރު ނަގަން ވެސް ތައްޔާރަށް ތިބިކަން ފާޅުކުރަމުންގެންދަން ފަށައިފިއެވެ. އޭރުވެސް ރައްޔިތުންނަށް ސިއްރުކުރެވިފައިއޮތީ ހެޔޮއެދިގެން އަލަށް މި ނުކުންނަ އިއްޒަތްތެރިންނަކީ ވެސް އަމިއްލަ އެދުމަށްޓަކައި މަގުކޮށަމުންގެންދާ ބައެއް ކަމެވެ. އެންމެފަހުން ރައްޔިތުންގެ ޙައްގުތައް ހޯދުމުގެ ނަމުގައި އެ އިއްޒަތްތެރިންގެ އެޖެންޑާއާއިއެކު ނިކުތުމަށް އާންމުރައްޔިތުންނަށް ވިސްނާދިނުމަށް ކުރަމުންގެންދިޔަ މަސައްކަތްވެސް ކާމިޔާބުވަމުންދާތަން ފެންނާން ފަށައިފިއެވެ.

އެހެންނަމަވެސް ދުނިޔެއަށް ހޭލެވިފައިވާލެއް ކުޑަކަމުން އެހެންބަޔަކާ ބައިވެރިވުމުގެ އެއްވެސް ފިކުރެއް ނުގެންގުޅެއެވެ. ކޮންމެ ސަރަހައްދެއްވެސް ބޭނުންވެގެން އުޅެނީ އެމީހުންގެ އަމިއްލަ ފައިމައްޗަށްތެދު ހިންދެމިލާށެވެ. އަމިއްލަ މުއްސަނދިކަން އެހެންބަޔަކާ ހިއްސާކުރާކަށް ބޭނުމެއް ނުވިއެވެ. މިހާލަތުގައި މުޣަލް އެމްޕަޔަރުން ގަސްދުކުރީ ވާހަކަދައްކައިގެން އަލުން އެއްބައިވަންތަކަން ގާއިމުކުރުމުގެ މަސައްކަތް ފައްޓާށެވެ. އަދި އެކަމަށްޓަކައި ގަނޑުވަރުތެރޭގެ އިއްޒަތްތެރިންގެ ޖަމާއަތެއް ހަމަޖައްސަވައި މަސައްކަތްފެއްޓެވިއެވެ. އެހިސާބުން އެ އިއްޒަތްތެރިންނަށް ވިސްނިވަޑައިގަތީ ގަނޑުވަރުތެރޭގެ މަސްލަހަތާއި މުޣަލް ރަސްކަން ދެމެހެއްޓުމަށްޓަކައިި އެއްބާރުލުންދިނުމާއި އިސްނެގުމަކީ މުހިންކަމެއްނޫންކަމާއި އެމީހުން އަމިއްލައަށް އަމިއްލަނަމުގައި ސަރަހައްދުތަކާއެކު މަޝްވަރާކުރުމުން އެމީހުންނަށް މާ ފައިދާބޮޑުކަމުގައެވެ.

އިއްޒަތަތެރިންގެ މެދުގައި ވާހަކަދެކެވި އެއްބަސްވުމަކަށް އާދެވުމުން ދެން ފެނިގެންދިޔައީ އެބޭފުޅުން އަމިއްލައަކަށް އެ ބޭފުޅަކާ ހަވާލުކުރެވުނު ސަރަހައްދުގެ މަޝްވަރާތައް ކުރިއަށްގެންގޮސް އެ ބޭފުޅާގެ ވެރިކަމެއް ގާއިމްކުރަން ބޭނުންވާ މަގުޗާޓަކަށް ބައްޓަންކޮށްގެން މަޝްވަރާތައް ކުރިއަށް ގެންދަން ފެށިތަނެވެ. ރަސްކަން ނެގެހެއްޓުމަކީ މާ މުހިންމުކަމަކަށްނުވިއެވެ. 1700 އިން 1850 އާ ދެމެދު މުޣަލް ރަސްކަން ބަލިކަށިވެ އަރިއަޅާލަމުން ދިޔައިރު އުފެދުނު ސަރަހައްދީ ވަކިވަކިވުން ބިނާވެގެންދިޔައީ އެސަރަހައްދެއްގެ އުފެއްދުންތެރި ކަމާއި އަދި އެތެރެއާއި ބޭރަށް އެ ސަރަހައްދުތައް ހުޅުވާލެވިފައިވާ މިންވަރާއި މިބާވަތުގެ އެތައްކަމެއްގެ މައްޗަށް ބިނާކޮށްގެންނެވެ. ވަކި ސަރަހައްދު ތަކެއްގެ ގޮތުގައި އެންމެ ފުރަތަމަ ހިންދެމިލީ އުތުރުން އަޔޯދްޔާ އަދި ދެކުނުން ހައިދަރއާބާދު އެވެ. އެ ދެ ސަރަހައްދުން މުޣަލް އެމްޕަޔަރގެކުރިންވެސް ވަނީ އަމިއްލަ އުސޫލުތަކެއް ގެންގުޅެފައެވެ. އެހެންކަމުން އެ ސަރަހައްދުތަކުގެ ރައްވެހިންވެސް ތިބީ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެގޮތަކަށް ބަލަބަލައެވެ. އެނޫން އެހެން ސަރަހައްދުތަކަކީ 16 އަދި 17 ވަނަ ގަރުނުގައި ހިނގަމުންދިޔަ ޙާދިސާތަކުގެ އަލީގައި ހާސިލުކުރެވުނު އިބްރަތްތަކެއްގެ މައްޗަށް ބިނާކޮށްގެން މިނިވަންވެގަތުމަށް މަސައްކަތްކުރި ތަންތަނެވެ. އަދި އެސަރަހައްދުތަށް މިނިވަންވެގަތުމަށް ކުރެވުނު މަސައްކަތްތަކާއި ބަދަލުކުރެވުނު ވަކާލާތުކުރުން މައިގަނޑުގޮތެއްގައި ބިނާވެފައިއޮތީ ނަސްލީ އަދި މަޒްހަބީ އާދަކާދައާއި އުސޫލުތަކުގެ މައްޗަށެވެ. މަރާތުންނާއި ޖަޓުން އަދި ސިކުންނަކީ އެއްވެސް އިރެއްގައި މިނިވަންކަމުގެ މީރު ރަހަ ހިއްސާކޮށްފައިވާ ބައެއް ނޫނެވެ.

މަރާތުންގެތާރީޚަށްބަލައިލުމެއް: މުޣަލް އެމްޕަޔަރގެ ދިގު ރަސްކަމުގެ ދުވަސްވަރު އެންމެ ނުފޫޒާއި ބާރު ގަދަކަމަށް ބެލެވޭނެ ބަޔަކީ މަރާތުންނެވެ. ރަސްކަމާ އެއްކޮޅަަށް އަދި ދެކޮޅަށްވިޔަސް އެކަން އޮތީ އެގޮތަށެވެ. އެއީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. މަރާތުންގެ ރައްވެހިކަން ފެށިގެން އަންނަނީ ހުޅަނގު ޑެކަން ސަހަރައްދުންނެވެ. އެއީ ހަނގުރާމައަށް ހޭނިފައިތިބި ހަނގުރާމަވެރި ބައެކެވެ. އެމީހުންގެ އާރާއިބާރު އެންމެބޮޑަށް ފާހަގަ ކުރެވެންފެށީ ބިޖާޕޫރާއި އަޙުމަދުނަގަރުގެ ސުލްތާނުންގެ ދުވަސްވަރުގައެވެ. މަރާތުންގެ އެންމެ ބޮޑެތި ފަހުލަވާނުންނަކީ ބޮންސްލޭންގެ ނަމުން މުޚާތަބު ކުރެވޭ ބައެކެވެ. އެމީހުންނަކީ ވަރަށް މުއްސަދި އަދި އެމީހުންގެ މިލްކިއްޔާތު ގައިވެސް ގިނަ އަދަދެއްގެ ދަނޑު ބިންތަކާއި މުދާ ހިމެނޭ ބައެކެވެ. ޝާހުޖީ ބޮންސްލޭ އަކީ ބޮންސްލޭން ނަށް ނިސްބަތްކުރެވޭ ޚާންދާނުތަކުގެ އެންމެ ފާހަގަކޮށްލެވޭ ސަޚްސިއްޔަތެވެ.

އޭނާގެ ގިނަ މިލްކިއްޔާތުތަކެއް ކުރީގައި މައިސޫރުގެ ރަސްރަސްކަލުންގެ ބާރުގެ ދަށުގައި އޮތް ކަރުނާޓަކާ އާއި އަދި ވިޖެޔާނަގަރުގެ ރަސްރަސްކަލުންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުގައިވެސް ހިމެނެއެވެ. ޢާދިލް ޝާހުންގެ ޒަމާނުގައި 1630 އިން 1640 އާދެމެދު އެ ސަރަހައްދު އެއްކޮށް ލެވުނެވެ. ބޮންސްލޭގެ ފިރިހެންދަރި ޝިވާޖީ ބޮންސްލޭ ވެގެންދިޔައީ އެ ސަރަހައްދުގެ ހުޅަނގު ބިތުގެ އެންމެ ބާރުގަދަ ސަޚްސިއްޔަތު ކަމުގައެވެ. އަދި އޭނާގެ އެއްބަފާ ކޮއްކޮ ވިޔަމްކޯޖީ ވެގެންދިޔައީ 1670 ގެ ދުވަސްވަރު ތަންޖާވޫރުގެ ރަސްކަލުންގެ ބާރުގެ ދަށުގައިއޮތް ކާވޭރީ ކޯރު ހިމެނޭ ސަރަހައްދުގެ އެންމެ ބާރުގަދަ ސަޚްސިއްޔަތު ކަމުގައެވެ.

ޝިވާޖީގެ ކާމިޔާބީތައް ފުރަތަމަކޮޅު ޙާސިލުކުރެވުނީ ޢަދިލް ޝާހުންނާއި މުޣަލް ރަސްކަލުންނާއެކު ބަދަލުކުރެވުނު ވާހަކަތަކަކާއި ކުރެވުނު މުޢާމަލާތުތަކެއްގެ މައްޗަށް ބިނާކޮށްގެންނެވެ.

އޭނާގެ މުއްސަނދިކަން ލިބިގަތީ އެތައްދިމާލަކުން އަރައި ދަނޑުބިންތައް ފޭރިގެންނާއި ވިޔަފާރީގެ މުޢާމަލާތުންނެވެ. 1664 ގައި ގުޖުރާތުގެ ސޫރަތު ބަނދަރަށް އަރައިގަތެވެ. އެދުވަސްވަރު ހުރިހާ މަޝްހޫރު ބަނދަރުތައް ކޮންޓްރޯލް ކުރަމުންދިޔައީ މުޣަލް ރަސްކަމުގެ ފަރާތުންނެވެ. އަދި ޖެހިގެން އައި އަހަރު މުޣަލް ރަސްކަމާއެކު އެއްބަސްވުމެއް ގާއިމްކުރިއެވެ. އެހެންނަމަވެސް މަރާތުންގެ އެންމެ އިސްކޮށް ހުރި ލީޑަރ އާގްރާގައި ހުންނަ އައުރެންގްޒޭބުގެ ދަރުބާރަށް ޙާޒިރުކޮށް އެއެއްބަސްވުން ރޫޅާއިއެވެ. 1670 އިން 1680 އަށް ޝިވާޖީގެ މުޅި އުމުރު ހޭދަކުރަމުންގެންދިޔައީ އިރު ދެކުނު ބިތުގެ ތަންޖާވޫރުން ފެށިގެން އުތުރު ބިތުގެ ބެރާރ އަދި ޚަންދޭޝް ހިމެނޭ ސަރަހައްދުގެ އާތަންތަން ފަތަހަކުރުމުގެ މަސައްކަތުގައެވެ. އޭނާ މަރުވީ 1680 ގައެވެ.

ޝިވާޖީގެ މި މަސައްކަތްތަކުން 18 ވަނަ ގަރުނުގައި މަރާތުން ހޯދި ކާމިޔާބީ އަށް ފިލާވަޅުތަކެއް ލިބިގެންދިޔަކަމަށް އެމީހުންދެކެއެވެ. އެހެންނަމަވެސް ޝިވާޖީގެ ކާމިޔާބީތައް އޭނާގެ ދަރިފުޅަށް އަދި އޭގެ ފަހުން އޭނާގެ ވަލީއަހްދު ސަމްބާޖީ އަށްވެސް ދެމެހެއްޓޭގޮތެއް ނުވިއެވެ. މުޣަލް ރަސްކަމުގެ ފަރާތުން އޭނާ އަތުލައިގަތުމަށްފަހު މަރާލީއެވެ. އެއަށްފަހު އޭނާގެ ކޮއްކޮ ރާޖާރާމް ވެރިކަމަށް އިސްކުރެވުނެވެ. އެދުވަސްވަރު އަނެއްކާވެސް މުޣަލް ރަސްކަމުގެ ބާރުތައް ގަދަވެގެންދާކަމުގެ ނިޝާންތަކެއްވެސް ފެންނަމުން ދިޔައެވެ.

..ނުނިމޭ…..

 

ފަހުގެ އަޕްޑޭޓް