ވެކްސިން ދެ ޑޯޒަށް ފަހު ބޫސްޓާ ޑޯޒެއް ޖެހުން މުހިންމު: މިނިސްޓަރު ނަސީމް

Loading

Facebook
Twitter
WhatsApp

 

 

ކޮވިޑް- 19 އިން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒު ޖެހުމަށްފަހު ބޫސްޓާ ޑޯޒެއް ޖެހުން މުހިންމު ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް މިއަދު ހަދިޔާކުރި 112،000 ޑޯޒުގެ އެސްޓްރަޒެނެކާ ވެކްސިނާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ފުޅު ދައްކަމުން ނޫސް ވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަސީމް ވިދާޅުވީ  ބޫސްޓާ ޑޯޒެއް ޖެހުން މުހިއްމު ކަމަށެވެ.

ނަމަވެއް ބޫސްޓާ ޑޯޒެއް ޖެހުމާ ގުޅޭގޮތުން މިނިސްޓަރު އިތުރަށް އެއްޗެއް ވިދާޅުވެފައި ނުވެއެވެ.
ކޮވިޑް-19 ރައްކާތެރިވުމަށް ދުނިޔޭގެ ބައެއްގައުމު ތަކުން އަންނަނީ ވެކްސިންގެ ދެ ޑޯޒް ޖެހުމަށްފަހު ފަހު ބޫސްޓާ ޑޯޒެއްވެސް ޖަހަމުންނެވެ.

ރާއްޖޭގައި އިއްޔެގެ ނިޔަލަށް 364،847 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވެ އެވެ. އަދި 298،418 މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ. އަދި ސްކޫލް ވެކްސިން ޕްރޮގްރާމްގެ ތެރެއިން ވެކްސިން ޖަހަން ނިންމި އުމުރުފުރައިގެ 50 އިންސައްތަ ދަރިވަރުން ވެކްސިން ޖަހާފައިވާކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

ވެކްސިން ޖެހި މީހުންގެ އަދަދަށް އިޝާރާތް ކުރައްވާ މިނިސްޓަރު ނަސީމު  ވިދާޅުވީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖެ އަކީ ފާހަގަކޮށްލެވޭ ގައުމެއް ކަމަށެވެ. އަދި ވެކްސިން ޖެހުމުގައި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

Loading

2 Responses

  1. ރައްޔިތުން ހޭދަކުރާ (ޓެކްސް)ފައިސާއިން މުސާރަ ބޭނުންކުރާ ރައްޔިތުންގެ ޚާދިމުން އޮފީސްތަކަށްނެރެ“ބޫސްޓާ“ ކޮށްގެން ވެސް ”އޮންލައިން ދުއްޕާންކުރުން އުވާލާ، ރައްޔިތުންނަށް ސީދާ ޚިދުމަތް ފޯރުކޮށްދިނުން މުހިންމު! ނޫންތަ؟

Leave a Reply to naaila Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް