އަފްޣާނިސްތާނުގައި ހިންގާނީ ޖުމުހޫރީ ވެރިކަމެއް ނޫން! ވެރިކަން ހިންގާނީ މަޝްވަރާ މަޖިލީހަކުން: ޠާލިބާން

Loading

Facebook
Twitter
WhatsApp

އަފުޣާނިސްތާނުގެ ވެރިކަން ހޯދުމަށް ޠާލިބާނުން ހަނގުރާމަ ކުރަމުން ދިޔައިރުވެސް ތަކުރާރުކޮށް ބުނަމުން ދިޔަ އެއްވާހަކައަކީ އެ ގައުމުގައި ހިންގާނީ އިސްލާމީ ވެރިކަމެއްކަމެވެ.

އެމެރިކާގެ ބާރުގައި އަފުޣާނިސްތާނުގައި ގާއިމުކޮށްފައި އޮތް ރައީސް އަޝްރަފް ޣަނީގެ ގޮނޑިކޮއްކޮ ވެރިކަން ނިމުމަކަށް ގެނެވި ޠާލިބާނުންގެ އަތްމައްޗަށް އަފުޣާނިސްތާނުގެ ވެރިކަން އަނބުރާ ދިއުމުން މިހާރުވެސް ޠާލިބާނުން ތަކުރާރުކޮށް ބުނަމުން ދަނީ އެ ގައުމުގައި އޮންނާނީ ޖުމުހޫރީ ވެރިކަމެއް ނޫންނަކަމަށާއި އެގައުމުގައި ހިންގާނީ މަޝްވަރާ މަޖިލީހެއްގެ ބެލުމުގެ ދަށުން އިސްލާމީ ވަރުގަދަ ވެރިކަމެއްކަމުގައެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަފުޣާނިސްތާނުގެ ސްޕްރީމް ލީޑަރަކަށް ވާނީ ޠާލިބާނުންގެ ވެރިއަކަށް ހުންނެވި ހައިބަތުﷲ އެވެ.

ޠާލިބާނުންގެ ތަރުޖަމާނު ވަޙީދުއްދީން ހާޝިމީ ވިދާޅުވިގޮތުގައި އަދި މުހިއްމު ކިތަންމެ ކަމެއް ނުނިމި އެބަހުއްޓެވވެ.

”އެކަމަކު ޔަގީންކަމާއެކު އަޅުގަނޑު ބުނެފާނަން. އަފްޣާނިސްތާނުގައި ޖުމުހޫރީ ވެރިކަމެއް ނުކާރާނެ.“އިނގިރޭސިވިލާތުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވިއެވެ. ”އަފުޣާނިސްތާނުގައި ހިންގާނީ އިސްލާމީ ޝަރީޢަތާއި ޤާނޫނު.“

ޠާލިބާނުންގެ އެންމެ މަތީވެރީންނާ ގާތްގުޅުމެއް އޮންނަ ހާޝިމީ ވިދާޅުވިގޮތުގައި ވެރިކަން ހިންގާނެ ނިޒާމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ބާއްވައި ސިޔާސަތުތަކެއް ކަނޑައެޅޭނެއެވެ.

ޠާލިބާނުން ރިޔާސީ ގަނޑުވަރުގައި: ބޭނުމީ މަޝްވަރާ މަޖިލީހަކުން ވެރިކަން ކުރަން

ޠާލިބާނުންގެ އެންމެ އިސްވެރިޔަކަށް ހައިބަތުﷲ ހުންނެވިއިރު އޭނާގެ ތިން ނައިބުން މިހާރުވެސް އެބަތިއްބެވިއެވެ. އެއީ މުއްލާ ޢުމަރުގެ ދަރިފުޅު މައުލަވީ ޔަޢުޤޫބާއި ޙައްޤާނީ ނެޓްވޯކުގެ ބާރުގަދަ ވެރިޔާ ސިރާޖުއްދީން ޙައްޤާނީއާއި ދޯޙާގައި ހުންނަ ޠާލިބާންގެ ސިޔާސީ އޮފީހުގެ ވެރިޔާ ޢަބްދުލް ޣަނީ ބުރާދަރުއެވެ.

ޠާލިބުންނާ ދެކޮޅަށް އެމެރިކާއިން ކުރި ހަނގުރާމައިން އެމެރިކާއަށް ކާމިޔަބެއްނުލިބި އަދި އެމެރިކާއިން އަފްޣާނިސްތާނުގައި ގާއިމުކުރި ރައީސް އަޝްރަފް ޣަނީގެ ގޮނޑިކޮއްކޮ ސަރުކާރުގެ މައްޗަށް ޠާލިބާނުން ކާމިޔާބު ހޯދުމުން ރައީސް ޣަނީ ވަނީ ފިއްލަވައިގެން ޔޫއޭއީއަށް ވަޑައިގެންފައެވެ.

އަފުޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އެއާޕޯޓުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން މިހާރު ގެންދަނީ އެގައުމުގައި ތިބި އެމެރިކާ ރައްޔިތުންނާއި އެމީހުންނަށް އެހީތެރިވި އަފުޣާނިސްތާނުގެ މީހުން އެހެން ގައުމުތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. ޠާލިބާނުން ގެންދަނީ އަފުޣާނިސްތާނުގެ މައްޗަށް އެމީހުންގެ ފުރިހަމަ ބާރު ހިންގައި ރަނގަޅު ވެރިކަމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އަފުޣާނިސްތާނުގެ ތަރީޚަށް ބަލާއިރު އިނގިރޭސީންނަށާއި ރަޝިޔާއަށް ވަނީ އަފުޣާނިސްތަނުގައި ބޮޑެތި ނަކާމިޔާބީތަކާ ކުރިމަތިލާން ޖެހިފައެވެ. އެންމެ ފަހުން ބޮޑިބޯން ޖެހުނީ ދުނިޔޭގެ އެންމެ ބޮޑު ބާރުކަމަށް ބުނާ އެމެރިކާއަށާއި ހުޅަގުން އެކުލަވާލި އިއްތިހާދީ ލަޝްކަރަށެވެ.

 

Loading

One Response

Leave a Reply to ގަންޖާ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް