ސީސައިޑް ފިނޮޅު ރެސޯޓްގައި ކޯވިޑު-19 ފާލުންނެއްޓި މުވައްޒިފުން ބިރުވެރިކަމުގައި

Loading

Facebook
Twitter
WhatsApp

ކޮވިޑުގެ ނުރައްކާތެރި ރާޅު މާލޭގައި ބިޔަވަމުން ގޮސް، އަނެއްކާވެސް ރާއްޖޭގެ ރަށްތަކައް މިވަނީ ކޮވިޑްގެ  ނުރައްކާތެރިކަން ފެތުފައެވެ. މިގޮތުން ރާއްޖޭގެ 10 ވުރެ ގިނަ ރަށުން މިއަދާ ހަމަޔަށް ކޭސްތައް ފެނި އިތުރުވެފައިވާއިރު  އޭގެތެރެއިން އެއް ރަށަކީ ބ.އަތޮޅުގެ ރިސޯޓެއް ކަމުގައިވާ ސީސައިޑް ފިނޮޅެވެ. އެ ރަށުގައި ކޮވިޑްފެތުރި އެކަމުގެ  ނުރައްކާތެރި ތަޖުރިބާވަނީ އެރިސޯޓުގެ މުވައްޒަފުން ސަންދާނަށް މިވަނީ ޙިއްސާ ކޮށްފައެވެ.

ސަންދާން އޮން ލައިން އަށް މަޢުލޫމާތް ދެމުން އޭނާ ބުނި ގޮތުގައި އޭޕްރިލް މަހުގެ ތެރޭގައި މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށްޓަކާ ރިސޯޓު ބަންދުކުރުމަށް ކުރިންވެސް އެރިސޯޓުން ވަނީ ނިންމައިފައެވެ. ނަމަވެސް ކޮވިޑުގެ ކޭސްތައް ރިސޯޓްތަކުން ފެންނަން ފެށުމާއި ގުޅިގެން، މަރޗް މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރިސޯޓްތަކެއް ބަންދުކުރިއެވެ. އޭނާ އިތުރަށް ބުނިގޮތުގައި، ރިސޯޓު ބަންދުކުރަން ޖެހުމުން، ދެން ރިސޯޓުން އަވަސްވެގަތީ މަރާމާތުގެ މަސައްކަތްތައް ފެށުމަށެވެ. މިގޮތުން މި މަސައްކަތް ހަވާލުކުރީ ”ހޫލޫ މޭން“ ނަމަކަށް ކިޔާ ކުންފުންޔަކަށެވެ.

އެކުންފުނިން ޕްރޮޖެކްޓް ސްޓާފުންގެ ގޮތުގައި އެކިފަހަރު މަތިން 350 އަށް ވުރެ ގިނަ މީހުން އެރަށައް ފޮނުވިއިރު، އޭގެ ތެރޭގައި ގިނައީ ބަނގްޅަދޭޝްގެ މީހުންކަން އޭނާ ފާހަގަކުރިއެވެ.

މަސައްކަތް ކުރިޔަށް ދަނިކޮށް ޖުލައި 21 ވަނަ ދުވަހު އޭގެން މުވައްޒަފެއް ހުންއައިސްގެން ޑޮކްޓަރަށް ދެއްކި ކަމަށް އޭނާ ފާހަގަކުރިއެވެ. ނަމަވެސް މާބޮޑު އަޅާލުމެއް ނެތި އާދައިގެ ރޯގާއެއް ކަމަށް ބަލައި އެދުވަހު އޭނާ ދޫކޮށްލިޔެވެ. އެއަށްފަހު ޖުލައި 23 އާ ހަމަޔަށް އައިއިރު ވެސް އެބިދޭސީ މީހާގެ ހާލަތު ރަނގަޅުނުވުމުން، އެތަނުގެ ޑޮކްޓަރުގެ ލަފާގެ މަތިން އޭނާ މަލޭ އައި.ޖީ.އެމް.އެޗް އަށް ފޮނުވާލާ ކޮވިޑަށް ޓެސްޓް ކުރުމުން އޭނާ ބައްޔަށް ފައްސިވެފައިވާކަން އެނގުނީ ޖުލައި 25 ގައެވެ.

”ޕޮސިޓިވް މީހާ އެއީ އެންމެ ފުރަތަމަ ގެނައި ޕްރޮޖެކްޓް ސްޓާފުން ތެރެއިން މީހެއް. އޭގެ މާނައަކީ މަރޗް މަހު އޭނަ ގެނެއްސިޔޭ. އެހެންކަމަށް ވާނަމަ މިހާ ހިސާބަށް ހަތަރުވަރަކަށް މަސް މިވީ. އޭގެ މާނައަކީ ގަބޫލުކުރެވޭ ގޮތުގައި، އޭގެ ފަހުން ގެނައި ޕްރޮޖެކްޓް ސްޓާފުންގެ ތެރެއިންނޭ އޭނަޔަށް ޖެހިފައި އެހުރީ. އެހެންވީމާ ސީދާ ކޮންޓެކްޓް ޓްރޭސިން ހަދަން ވަރަށް އުނދަގޫ ވާނެތާ! މިކަންވަނީ އެޗްޕީއޭ އަށް އެންގިފާ. އެހެނަސް އެޗް.ޕީ.އޭ ގްރޫޕެއް މިއައީ 26 ވަނަ ދުވަހު“ އޭނާ އިތުރަށް ކިޔައިދިނެވެ.

އެޗް.ޕީ.އޭގެ ގްރޫޕުން އެރަށަށް އައިސް ވަނީ ރޭންޑަމް ސާމްޕަލް ނަގައިފައެވެ. އޭގެތެރޭގައި ސްޓާފުންގެ 15 އަދި ޕްރޮޖެކްޓް ސްޓާފުންގެ 20 ސާމްޕަލް ނެގި އިރު، 3 ޕްރޮޖެކްޓް ސްޓާފެއް އެބުރުގައި ފައްސިވި ކަމަށް އޭނާ ބުންޏެވެ. އެހިސާބުން ކޮންޓެކްޓް ޓްރޭސިން ހަދައި ޖުލައި 28ގައި އަނެއްކާވެސް ސާމްޕަލްތަކެއް ނެގިއެވެ. އޭގެތެރެއިންވެސް އެކަކު ފައްސިވިއެވެ. އަނެއްކާވެސް މީގެ ދެދުވަހެއްގެ ކުރިން އެވަނީ އިތުރު ކޭސްއެއް ފެނިފައެވެ.

”އެމީހުން ބޭނުންވަނީ މި މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓް ހުއްޓާނުލާ ކުރިޔަށް ގެންދަން. މިތަނުގެ ސްޓާފުންނަކަށް އެއްވެސް ބެލުމެއް ނެތް!“ އެ ދިވެހި މުވައްޒަފު މީހާ ވަރަށް ކަންބޮޑުވުމާއި އެކު ކިޔައިދިނެވެ. ”ކޮންޓްރެކްޓަރުންގެ ތެރޭގައިވެސް އުޅޭނެތާ މެނޭޖްމަންޓް ލެވެލް މީހުން. އެމީހުން ކައި ހަދަނީ ސްޓާފް ކެންޓީނުން. އެމީހުންވެސް މަސައްކަތްކުރާނީ އެހެން މުވައްޒަފުންނާވެސް އެކީގައިތާ!“ އެތަނުގެ ތިބި އެހެން މުވައްޒަފުންގެ ނުތަނަވަސްކަން އޭނާ ހިއްސާ ކުރިއެވެ.

މިކަމާ ބެހޭގޮތުން އެޗް.ޕީ.އޭގެ އިރުޝާދަކީ ކޮބައިތޯ އެހުމުން އޭނާ ބުނީ އަދިވެސް ތަނުގެ މަސައްކަތް ނުހުއްޓުވާ ކަމަށާއި، ހަމައެކެނި ހުޢްޓުވާފައިވަނީ އެންމެ ފުރަތަމަ ޕޮސިޓިވްވީ ސަބް-ކޮންޓރެކްޓަރ ގެ މަސައްކަތްތައް ކަމަށެވެ. އެހެންނަމަވެސް މާދަމާއިން ފެށިގެން އަނެއްކާވެސް އާދައިގެ މަތިން ހުރިހާ މަސައްކަތެއް ފަށަންއުޅޭ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އެޗް.ޕީ.އޭ އިން ރަށަށް އަރާ ފޭބުން މަނާ ކޮށްފައިވަނިކޮށް އެތަނުގެ މެނޭޖްމަންޓްގައި މަސައްކަތްކުރާ މރ.ފިލިކްސް ކިޔާ މީހަކު ރ.އަލިފުށީގައި ހުރެފައި އަނބުރާ އައިސްފައިވާކަމުގެ މައުލޫމަތުވެސް ވަނީ ލިބިފައެވެ.

މިކަމާއި ގުޅިގެން މުވައްޒަފުންގެ ކަންބޮޑުވުން ވަނީ އިންތިހާ ދަރަޖައަށް ގޮއްސައެވެ. އެކި މަސައްކަތުގަޔާއި ކެއިން ބުއިމުގައި ރިސޯޓު މުވައްޒަފުންނާއި ޕްރޮޖެކްޓް ސްޓާފުން ކައިރިވެ އުޅެމުން ދާއިރު، ކަމާބެހޭ ފަރާތްތަކުން މިކަމާ އެއްވެސް ފިޔަވަޅެއް އަޅަމުން ނުދާތީ ހުރިހާ މުވައްޒަފުން ތިބީ ބިރުވެރި ކަމެއްގެ ތެރޭގައެވެ.

Loading

4 Responses

  1. އަހަރެންގެ ވވ ގާތް ރައްޓެއްސަކު ސީސައިޑް ފިނޮޅުގަ މަސައްކަތް ކުރޭ . އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސް އިން ފެށިގެން މިއަދާ ހަމައަށް އޭނަގެ ހާލު އަދި ތަނުގެ ހާލު ބަލަމުން އަހަރެންް މިއަންނަނީ. މި އާރޓިކަލްގަ މިވަނީ ހަމަ %100 ތެދު ވާހަކަ ތަކެއް. މިއީީ ދޮގު ކަމަށް ބުނާމީހުން ނިކަން ބުނެބަލަ އެންމެ ފުރަތަމަ ޕޮޒިޓިވް ވީ ކޮން ގައުމެއްގެ މީހެއްކަން އަދި މިވަގުތު ކިތައް ޕޮޒިޓިވް ކޭސް އުޅޭކަން.

  2. އަޅެ ދެން ޙަގީގަތާއި ޚިލާފު ވާހަކަ ވިއްޔާ ޙަގީގަތް ލިޔެލައްވަންވީނު. އަދި އަމިއްލަ ނަމުގައި ޙަގީގަތް ބުނެދޭންވީނު. އޭރުން ކިޔާމީހުނަށް ތިބާއަށް އެނގޭ ޙަގީގަތް ބުނެދެވޭނެ ނޫންތޯ؟ މުޅިން ޙަގީގަތާއި ޚިލާފުކަމުގައި ކޮމެންޓުކޮށްލުމަކުން ނުފުދޭ ދޮއްތޯ؟

  3. އަޅުގަނޑަކީ ޢެއް މެއިން ކޮންޓްރެކްޓަރ. ގުޅޭނެ ނަންބަރު 9935641
    ތީގައި ލިޔެފައި ތިހުރި ވާޙަކަތަކުން ބައެއް ރަނގަޅު. އެކަމަކު ގިނައީ ބުހުތާނު ދޮގު. މިތާގައި ޜައްކާތެރިވުމަށްޓަކައި ދުނިޔޭގައި އެންމެ މޮޅަށް އަޅަމުން އަންނަ ހުރިހާ ފިޔަވަޅުތަކެއް ވަނީ ޢަޅާފައި. ސަރުކާރުން ޜައްޔިތުން ބަނޑަން ނުޖެހި ދިރިއުޅުން ކުރިއަށް ގެންދިޔުމަށް ނިއު ނޯމަލް ގައި ތަންތަން ހުޅުވާލީ. މެނޭޖްމެންޓް ވަރަށް ގާތުން ސްޓާފުންގެ ރައްކާތެރިކަމަށް ފިޔަވަޅުތަށް އަޅާ. ކިތަންމެ ބިރުގަތަސް މި ކޮވިޑް ޢާއި ޢެކު ޢުޅުން ނޫންގޮތެއް ދުނިޔެއަކަށް ނެތް. އެމީހަކު އެކަންވިސްނައިގެން މަސައްކަތް ކުރަންވީ.

Leave a Reply to Haqeeqaiyy Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް