ރައީސް ނަޝީދު މަޖިލީހަށް ފޮނުއްވި ސިޓީ: ރާއްޖެ ވަޑައިގަތުމަށް ޖެހިލުންވެ ވަޑައިގަންނަވާ

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކެނެރީގޭ މުޙައްމަދު ނަޝީދު އިނގިރޭސިވިލާތުގައި ހުންނަވައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲއަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ރައީސް ނަޝީދު ފޮނުއްވި ސިޓީ މިއަދު މަޖިލީހުގައި ބޭއްވި ޖަލްސާއަށް ވަނީ އިއްވަވާފައެވެ.

ތިރީގައި އެވަނީ އެ ސިޓީގެ މުހިއްމު ބައިތަކެވެ.

”މި ސިޓީއަކީ ސަރުކާރާއި ދައުލަތުގެ އިދާރާއަކާ ނުރުހިގެން އަޅުގަނޑު ފޮނުވާ ސިޓީއެއް ނޫނެވެ. މިއީ މިވަގުތުގެ ޙާލަތަށް ރިޢާޔަތްކޮށް އިޚްލާޞްތެރިކމާއެކު ދަންނަވާ ދެންނެވުމެކެވެ.

ހައެއް މޭ 2021 ވަނަ ދުވަހު އަޅުގަނޑަށް ދިން ޙަމަލާ ރާވައި ހިންގި ފަރާތްތަކުގެ ތަޙުޤީޤު އަދި ނުނިމި ކުރިއަށްދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ. އެ ތަޙުޤީޤު ނިމި، އެކަން ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި އަޅުގަނޑު ރާއްޖެ ދިއުމަކީ އަޅުގަނޑުގެ އާއިލާއާއި އަޅުގަނޑަށް ހެއުއެދޭ އެތައް ބަޔަކާއި އަޅުގަނޑުވެސް ޖެހިލުންވާކަމެކެވެ.

ވީމާ މި ޢިއްޒަތްތެރި މަޖިލީހުގެ ކިބައިން އަޅުގަނޑު އެދެނީ އަޅުގަނޑުގެ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވައި، އަޅުގަނޑު ރާއްޖެއިން ބޭރުގައި ދިރިއުޅުމަށްހިތް ޚަލާޞްކުރައްވައި، އެ ފުރުސަތު ފަހިކޮށްދެއްވުމަށެވެ. އަޅުގަނޑު ރާއްޖެއިން ބޭރުގައި ހުންނަ އިރު މަޖިލީހުގެ އެންމެހާ ކަންކަން ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ އިދާރާއިން ހިންގާނެކަމީ އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް އުފެދޭކަމެއް ނޫނެވެ. އަޅުގަނޑު ރާއްޖެއިން ބޭރުގައި ހުންނައިރު ރައްޔިތުންގެ މަޖިލީހަށާއި ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގައި މަސައްކަތް ކުރިއަށް ގެންދާނަމެވެ. ޚާއްޞަ ގޮތެއްގައި އިންޓަރޕާލަމެންޓްރީ ޔޫނިއަންއާއި، ކޮމަންވެލްތު އެސޯސިއޭޝަން މެދުވެރިކޮށް ހިންގާ މަސައްކަތްތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކްލައިމެޓް ވަލްނަރަބްލް ފޯރަމާއެކު މަސައްކަތްތައް ކުރިއަށް ގެންދާނަމެވެ.“

ރައީސް ނަޝީދު އޭނާގެ ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲއަށް ފޮނުއްވި ސިޓީފުޅުގެ ކޮޕީއެއް ވަނީ ނަޝީދުގެ ޅިއަނު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް ފޮނުއްވާފައެވެ.

ނަޝީދު މަޖިލީހުގެ ނައިބު ރައީސަށް ފޮނުއްވި ސިޓީފުޅުގައި އެމަނިކުފާނު އިނގިރޭސިވިލާތުގައި މިވަގުތު ހުންނެވީ ބޭސްފަރުވާއަކަށް ކަން އެނގޭ ފަދަ އެންމެ ލަފުޒެއް ވެސް ނެތެވެ. ނަމަވެސް އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އެމަނިކުފާނަށް އަމާޒުކޮށް ބަޔަކު ދިން ބޮމުގެ ހަމަލާއިން ލިބިވަޑައިގެންނެވި ގެއްލުންތަކަށް ފަރުވާ ހޯއްދެވުމުގެ ނަމުގައެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު އިނގިރޭސިވިލާތުގައި ހުންނަވާއިރު އެމަނިކުފާނަށް ކުރީގެ ރައީސަކަށް ދައުލަތުން ދޭންޖެހޭ އެތައް ލައްކަ ރުފިޔާއެއްގެ އިނާޔަތާއި މަޖިލީހުގެ މުސާރަޔާއި އިނާޔަތްތައް ލިބިވަޑައިގަތުމުގެ އިތުރަށް ބޭސްފަރުވާގެ ނަމުގައި ދައުލަތުން އެމަނިކުފާނަށް އެތައްހާސް ރުފިޔާއެއް ޚަރަދު ކުރައްވަމުން އެބަގެންދަވައެވެ.

 

Loading

5 Responses

  1. މިދެން ގައުމަށް ދިމާވި ވަރަށްބޮޑު މައްސަލައެއް. މައުމޫނުގެ ވެރިކަން ދަމަހަށްޓަވަން އޭނާ ކުރި އަނިޔާއާއި ދެކޮޅަށް ބަޔަކު އެވެރިކަން ބަދަލުކުރަށް ކަނުވެގެން އެހެން އެއްވެސް އޭންގަލަކުން ނުވިސްނާ ޖެއްސިޖެއްސުން ކާމިޔާބުވެ ވެރިކަން ބަދަލުވެ ދެން އެއައި ބަދަލުގައި މީނަޔަށް ސަޕޯޓް ކުރިގިނަމީހުން މިހާރު ތިބެނީ ލިބުނު ކާމިޔާބުގެ ހިތިކަންފެނި ދެރަވެފައެވެ. ގެނެވުނު ޑިމޮކްރަސީ އެއީ ހިޕޮކްރެސީ އެެއްކަމުގައި ކިތަންމެ ބަޔަކު އެބަބުނެތެވެ. އަދި ދީނީ މީހުންވެސް އިލްޔާސް އާއި އިމްރާންމެން ޚާއްސަގޮތެއްގައި ހަކުރުދެންޏާ ބޮޑުބޭބެ ތިއަރީން ކަރަޕްޝަން ތެރަށްފައިބާ އަވަދިވީމާ ދެން އިނގިލީގައި ދަތް އަޅައިގެން ތިބޭމީހުންވެސް މަދެއްނޫނެވެ.
    ނަޝީދަށް ފުރިހަމަ ސިއްހަތަކަށް އެދެމެވެ. ހަމަ އެހެންމެ ދެން ދިވެހިންނަށް ބަލާއަކަށް ނުވެ ކާފަރު މަޖޯރިޓީ އޮތް ގައުމުތަކުގައި ހަމަޖަހިލަައިގެން ހެޕީ ހެޕީ ކޮށް އުޅުއްވުން އެދެމެވެ. މަގޭ ކިބައިން ދިވެހިންނަށް ސަލާމަތެއް ނުވެވޭނޭ، މަގޭހުރި ނުލަފާކަން ދައްކާލާނަމޭ، މަށޭ ޕޕއމްގައި ފަނިއެޅުވީ، އަބަދަކު ހަމަބުއްދީގައި ތިބޭކަށް ނުޖެހެއޭ، ހަރާމަށް ވިހާ ހުރިހާ އަންހެނުންނާއި މައިންނުމޭ ޙައްލަކީއޭ، ……ބުލާ ބުލާ ބުލާ…. ޖައްސަން ނަހައްދަވާށެވެ.
    ހަމަ ބުއްދީގައި ތިބެގެން ގައުމުހިންގަފާނެ މީހުން ބައިވަރެވެ.

  2. އާޓިކަލާއި ގުޅޭގޮތުން ޖަހާފައިވާ ފޮޓޯއަކީ ވަރަށް ބޮޑަށް ނަޝީދަށް ޒާތީ ޙަސަދަވެރިކަން އޮތް މިންވަރު ދައްކައިދޭ ފޮޓޯއެއް. ނޫހުގެ އަގު ވަރަށްބޮޑަށް ވެއްޓިއްޖެ.

  3. ޖޯން އޮފް ކެނެޑީ އަކީ އެމެރިކާގެ އެންމެ މަގްބޫލު ރައީސެވެ. އެ ގައުމުގެ 35 ވަނަ ރައީސެވެ. ބަޑިން ހަމަލާދީ 1963 ނޮވެމްބަރ 22 ގައި ވަނީ
    އަވަހާރަ ކޮށްލާފައެވެ. ރައީސްގެ މަގާމުގައި ހުއްޓައެވެ. މިހާ ޒަމާންވީ އިރުވެސް ކެނެޑީގެ ގާތިލުން ވަނީ ނުހޯދިފައެެވެ. ފަންޑު ކުރި މީހުުން ވެސް ވަނީ ނުހޯދިފައެެވެ.
    ކެނެޑީގެ ގެ ގާތިލުން ނުހޯދެނީސް މަގުމައްޗަށް ނުނިކުންްނާނަމޭ، ފެންނުވަރާނަމޭ، ބަތްނުކާނަމޭބުނެ އެމެރިކާގެ އެއްވެސް ވެރިއަކު ބޮޑާނަހާކައެވެ. އަނެއްކާވެސް ސެކިއުރިޓީ ވަރުގަދަކޮއްގެން ޖެހެނީ ކުރިއަށް ދާށެވެ. ސިޔާސީ މަގާމްތައް ފުރާމީހުނަށް އަބަދުވެސް ހަމަލާތައް އާދެ އެވެ.
    އިންދިރާ ގާނދީ، ރަޖީވް ގާނދީ އަދި މިސްރުގެ އަންވަރުއްސާދާތު މެންފަދަ ޒައީމުންވެސް ހަމަލާތަކުގެ ޝިކާރައަކަށް ވެގެން ދިޔައީއެވެ. މިކަން މިގޮތައް ހިގިއަސް ވެސް އެމެޖެންސީ ހިންގާ، ސެކިއުރިޓީނިކުމެ، ހަރުކަށި މީހުންކޮބައިތޯބަލާ، އެއްވެސް ބެލުމެއްނެތި މީހުން ހައްޔަރުކޮށެއް ވެސް ނަަަހަދައެވެ. ތަހުޒީބީ މުޖްތަމައުތަކުގައި ކަންކުރާ ގޮތައް އަޅުގަނޑުމެން ވެސް ކަންކުރަމާތޯއެވެ.

Leave a Reply to ޒުހޭރު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް