ދިޔަދޫއަކީ ނާމާން ކިއްލާއެއް: އެ ހަތަރު މީހުންގެ މަރުގެ ސިއްރު ....؟

Loading

Facebook
Twitter
WhatsApp

http://sandhaanu.today/13295/ އާ ގުޅޭ ….

ދިޔަދޫގެ ފިތުނައިގެ ވާހަކައާއި ސިހުރުގެ ވާހަކައާއި ފަޅުވެ ދިޔަގޮތުގެ ވާހަކައަކީ ދައްކައި ކޮޅުންލާނެ ވާހަކައެއް ނޫނެވެ.

ރައީސް އަލްމަރުޙޫމް މުޙަންމަދު އަމީންގެ ވެރިކަމުގައި ދިޔަދޫގެ މަގުހެއްދެވިއެވެ. އެދުވަސްވަރު ދިޔަދޫގައި ހުންނެވި ވެރިއެއްގެ ސަބަބުން ރަށުގެ ތަރަޢްގީއަށް ކޮންމެވެސް ކުރިއެރުންތަކެއް ލިބިގެންދިޔައެވެ. މުޅި ދިޔަދޫ ބިނާވެފައިވަނީ ހަތަރު ޢާއިލާއެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނޭ ބޮޑު ދެ ޢާއިލާއަކީ ރަށުގެ އެންމެ ތަނަވަސް ދެ ޢާއިލާއެވެ. ޢިލްމީގޮތުންވެސް މިދެންނެވި ދެ ޢާއިލާއަކީ ރަށުގެ އެންމެ ފުންނާބު އުސް ދެ ޢާއިލާ މެއެވެ. މި ދެ ޢާއިލާގެ މެންބަރުން ވަނީ ކައިވެނީގެ ގޮތުން ގުޅި ލާމެހިފައެވެ. މީގެ ތެރެއިން ވެރިކަން ކުރަނީ އެއް ޢާއިލާއިންނެވެ. އެހެންކަމާއެކު އަނެއް ޢާއިލާގެ ބޭނުމަކީ ވެރިކަން ކުރާ ޢާއިލާ ދުއްވާ ލުމެވެ.

މިދެންނެވި ފަރާތްތަކަކީ ދުނިޔެ ދޫކުރައްވާފައިވާ ފަރާތްތަކަކަށް ވާތީ ނަންތައް ހާމައެއް ނުކުރާނަމެވެ. ކޮންމެއަކަސް މިދެންނެވި ފިތުނައިގެ ތެރޭގައި ދެ ޢާއިލާ އުޅެމުން އަންނަނިކޮށް އިނގިރޭސީން މަޝްހޫރު އައްޑޫ ރަދުންގެ ބޮލަށް އެރި ހުވަދޫ ކަނޑުގެ ދެކުނުފަޅީގައި ވަކި ވެރިކަމެއް އެކުލަވައި ލުމަށް ކުރެވުނު މަސައްކަތުގެ ތެރެއަށް ދިޔަދޫ ވެރިކަންކުރާ ޢާއިލާ ވަދެ، އައްޑޫ ރަދުންނާ ބައިޢަތު ހިފި ހިސާބުން އަނެއް ޢާއިލާއިން ބޮޑުވަޒީރު އަލްމަރުޙޫމް އިބްރާހީމް ނާސިރާ ގުޅުނެވެ.

އެދުވަސްވަރު ހުވަދުއަތޮޅު އޮތީ އެއް އަތޮޅެއްގެ ގޮތުގައި ކަމުން އަތޮޅުވެރިކަން ކުރަނީ ހަވަރު ތިނަދޫގައެވެ. އަތޮޅުގެ އެންމެން ވިޔާފާރި ކުރާ ވިޔާފާރީގެ މައި މަރުކަޒަކީ ވެސް ހަވަރު ތިނަދޫ އެވެ. ތިނަދޫ ބަޣާވާތުގެ ލީޑަރުންގެ ގޮތުގައި ތިއްބެވީ ހަވަރު ތިނަދޫ މަހުޖަނު ހިރިހަމައިތި ކިލެގެފާނުގެ ދެ ދަރިކަލުން ކަމުގައިވާ ޢަބުދުﷲ ކަތީބު އާއި ސަޢީދު ކަތީބެވެ. މި ދެ ބޭފުޅުންނަކީ އައްޑޫ ރަދުންގެ އަރިސް ދެ ބޭފޫޅުންކަމަށް ވުމާއެކު ދިޔަދޫގެ ވެރިކަންކުރާ ޢާއިލާ ވެސް ވަނީ މި ދެ ބޭފުޅުންނާ ބައިޢަތު ހިފައި އައްޑޫގައި ވަކި ސަރުކާރެއް އުފެއްދުމުގެ މަސައްކަތުގައި ޝާމިލް ވެފައެވެ.

ދިޔަދޫގެ އިދިކޮޅު ޢާއިލާއިން އިބްރާހިމް ނާސިރުގެ އޯޑަރަށް ދިޔަދޫ ކަތީބު ޖަލަށް ގެންގޮސް ވަނީ މަރާލާފައެވެ.

ދިޔަދޫން ދަތުރުކޮށްފައިވާ ދޯންޏެއް: ވެރިކަމުގެތެރޭގައި ކޯޅުން ބޮޑުވި ރަށެއް

ކޮންމެއަކަސް މިދެންނެވި ދިޔަދޫގެ އިދިކޮޅު ޢާއިލާގެ އަންހެނަކާ ވެރިކަންކުރި ޢާއިލާގެ މީހަކާ ކައިވެނީގެ ގޮތުން ގުޅުނު ހިސާބުން ކުރިންވެރިކަން ކުރި ޢާއިލާއަށް، ވެރިކަން ލިބުނެވެ. އެ ޢާއިލާއަށް ވެރިކަން ލިބި ދިޔަދޫގައި ދެންތިބި އެންމެން އެ ޢާއިލާއާ ގުޅެން މަޖުބޫރު ވެއްޖެވެ. މިގޮތުގައި ޒަމާންތަކެއް މާޒީއާ އެކުވެ ގޮސްފައި ވަނިކޮށް ރަތަފަންދޫގެ ހަތަރު މީހަކު ވިޔާފާރިކުރަމަށް އަތޮޅު ރަށްރަށަށް ކުރި ދަތުރެއްގައި އެދަތުރުގެ ބައިވެރިން ފަހުން ވެރިކަމަށް އައި އާއިލާގެ މަހުޖަނު ލިއުއްވައިގެން އުޅޭ ފަޅުރަށަކުން ވަގުރުކު އެޅިކަމުގެ ތުހުމަތުގައި އެ ހަތަރު މީހުންނާ އެމީހުން ދަތުރުކުރި ދޯނި ވެރިކަމުގެ ފަރާތުން ރަޙީނުކޮށް ގުދަނަށްލައި އަނިޔާ ކުރުމަށްފަހު އެމީހުން ޖުރިމާނާކޮށް އެޖުރީމާނާ ދެއްކުމުން ދޫކޮށްލިއެވެ. އެމީހުން ދިޔަދޫން ފުރަމުން ބުނިކަމަށް ވަނީ އެބުނާ ފަޅުރަށުން އެ ހަތަރު މީހުން ވަގުރުކު ނައަޅާ ކަމަށާ، އެހެނަސް މިގޮތަށް ޢަމަލު ކުރީތީ އެރަށުން އަދި ކާށި އަޅާނެ ކަމުގައެވެ. މިއުރެން އެހެން ބުނުމާ ގުޅިގެން ދިޔަދޫއާ އެއްފަޅުގައި އޮންނަ އެފަޅުރަށަށް އެމީހުން އަރާތޯ ރަށްވެރިފަރާތުން ކަތިވަޅިޔާއެކު ފޯރީމަރަންފެށިއެވެ.

ކޮންމެއަކަސް މިދެންނެވި ވިޔާފާރި ދޯނި އެ އަތޮޅުގެ ރަށްށަށްގޮސް ވިޔާރި ދަތުރުނިންމައި އެނބުރި ރަށަށް ދާން ފުރީ އެއަތޮޅު ދެއްވަދޫންނެވެ. ފުރިތަނާ އައި ކޮޅިގަނޑެއްގައި ޖެހި ރިޔާ ފަޅައިގެން ދިއުމާއެކު އަނބުރާ ދެއްވަދޫއަށް ލަފައި ރިޔާ ފަހައިގެން ފުރި ޚަބަރު ލިބުނެވެ. އޭގެފަހުން އެ ދޯނީގެ ޚަބަރެއްނުވެއެވެ.

އޭގެ ހަތް ދުވަސް ފަހުން ދިޔަދޫއިން ވަދާ ނުކުތް ބަޔަކަށް އެ ދޯނި ފެނުނީ ކުރިން އެދޯނީގެ މީހުން ކާށިއެޅިކަމަށް ބުނާ ރުއްގަނޑާދިމާލުމޫދުގައި ހުރި ކުރަދި ހާއްޔެއްގެ ތެރެއަށް ވަދެފައި ހުއްޓައެވެ. ދޯނި ފެނުނުއިރު ދޯނީގައި މަޅެއް ނެތެވެ. ކުނބާއި ރިޔަލާއި ފަރުމާނެއްވެސް ދޯންޏަކު ނެތެވެ. ދޯނީގެ މަތިކަނުގައި ފަނޑުވެފައިވާ ލޭގެ އަސަރު ހުއްޓެވެ.

މިދެންނެވި ހަތަރު މީހުން ހޯދުމަށް ސިފައިން ކޯސްޓްގާޑުގައި މުޅިސަރަހައްދު ބަލައި ޑައިވިންކޮށް ހެދިއެވެ. އެހެނަސް އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ބާކީ މާދަމާ… …

 

Loading

One Response

  1. ތީހަމަ ހަގީގީ ވާހަކަ ތީ ހަމަ ދެދުވާހަކަ ކަމަށް ގަބޫލުކުރެވޭ މަޝަކީވެސް ދިޔަދޫމީހެއް ފަހުން ކަންތައްވިގޮތް މަށަށް ރަނގަޅަށްވެސް އިނގޭ

Leave a Reply to މަހޭޝް Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް