ފިހާރައަކުން ސެންޓު ފުޅިއެއްނަގައި އަގުނުދައްކައި ދާން އުޅުނު މީހަކަށް 18000 ރުފިޔާގެ ޖޫރިމަނާއެއް

Loading

Facebook
Twitter
WhatsApp

 

ރެޑްވޭވް ފިހަރައަކުން ސެންޓްފުޅިއެއް ނަގައި އަގުނުދައްކައި ފިހާރައިން ނުކުންނަން އުޅުނު މީހަކަށް އަދަބެއްގެ ގޮތުގައި 18000 ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ތ. ތިމަރަފުއްޓަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ފިރިހެނަކަށެވެ.

އޭނާގެ މަށްޗަށް ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ މަޖީދީމަގު ގަލޮޅު ދަނޑު ތިރީގައި ހިންގަމުންދާ ރެޑްވޭވް ފިހާރައިން އަރިސް ބްރޭންޑްގެ ސެންޓްފުޅިއެއް 25 ނޮވެމްބަރު 2017 ވަނަދުވަހު ނަގައި އޭނާ ލައިގެން ހުރި ޖިންސާއި ހަށިގަނޑާއި ދޭތެރެއަށް ލުމަށްފަހު ސެންޓްފުޅީގެ އަގު އަދާނުކޮށް ފިހާރައިން ނުކުންނަން އުޅެފައިވާކަމަށެވެ.

އޭނާގެ މަށްޗަށް ދައުލަތުން އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މަށްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ ދައުލަތުން އޭނާގެ މަށްޗަށް ކޮށްފައިވާ ދައުވާ އޭނާގެ އިއުތިރާފުން ޝާރީއަތަށް ސާބިތުވާކަމަށެވެ.

މިހާރުވެސް ޖަލުގައި އަދަބެއް ތަންފީޒުކުރަމުންދާ އެ މީހާގެ މަށްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ހުކުމަކީ ތިންމަސްދުވަހުގެ ޖަލުހުކުމެކެވެ. ނަމަވެސް އޭނާގެ އޭނާގެ ފަރާތުން ބުނެފައިވަނީ އޭނާ އެކުށްތައް ކުރިން ކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރާތީ ކަމަށާއި، ވީހާވެސް ކުޑައަދަބެއް ދިނުމަށް މަށެވެ. އަދި ޖޫރިމަނާގެ އަދަބަކަށް ބަދަލުކުރާނަމަ ހަ މަސްދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދެއްކޭނެކަމަށްވެސް ދައުވާ ރައްދުވާފަރާތުން އެދިފައިވެއެވެ.

ކްރިމިނަލް ކޯޓުން ބުނީ މި މަސްސަލާގައި އޭނާގެ މަށްޗަށް އަންނާނެ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރާ ހާލަތުގައި އޭނާއަށް އެފައިސާ ދެއްކޭނަމަ ޖޫރިމަނާގެ އަދަބަކަށް ބަދަލުކުރުމަށް ދައުލަތުން އިއްތިރާޒެއްނެތްކަމަށް ފާހަގަކޮށްފައިވާކަމަށެވެ.

އަދި ކުށްވެރިޔާ ކުށްކުރި ހާލަތާއި ކުށްވެރިޔާގެ ޒާތީ ހައިސިއްޔަތުތަކާއި މުޖުތަމައުގެ ބޭޏުންތަކަށް ބަލައި ކުށްވެރިޔާގެ މަށްޗަށް ޖަލަށް ލުމުގެ އަދަބުފިޔަވައި އެހެން އަދަބެއް ގާނޫނު އުގޫބާތުން ކަނޑައެޅޭނެކަމަށާ، އޭނާ އެކަހެރިކުރުމުގެ ބަދަލުގައި މުޖުތަމައުއަށް ފައދާ ކުރުވަނިވި މީހަކަށް ވުމުގެ ފުރުސަތު ލިބޭފަދަ އަދަބެއްގެ ގޮތުން ޖޫރިމަނާ ކުރަން ޝަރީއަތުން ނިންމީކަމަށެވެ.

ގާޒީ އާދަމް މުހައްމަދު މިމަހު 14ގައި ކުރި އެ ހުކުމުގައި ބުނެފައިވަނީ އެދުވަހުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ޖޫރިމަނާގެ ފައިސާގެ ގޮތުގައި ކަނޑައެޅި 18000 ރުފިޔާ ދެއްކުމަށެވެ.

 

Loading

2 Responses

  1. Eba rangalhu vey. Sentu hunnaanee vas duvaa varah mihaaru jehifa .thivaru ves adhi kuda . Thi fihaara in jobb eh deyn feney . Musaara free koh.Jaluga maa izzahtheri koh kaan deefa ethibenee dooni thakeh hen baithihbaafa

  2. Vahkan kurun varah goas.
    2017 ga bust vee. Mahsalaiga hukum kurevuni 2021. Adhulu insaaf baaru speed gai hukun kurumah 4 aharu.
    Hahaha mie haalathu

Leave a Reply to Adindaa19 Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް