ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ބޮޑުކުރުމުގެ ޕްރޮޖެކްޓަށް ކުވައިތު ފަންޑުން އަނެއްކާވެސް 771 މިލިއަން ރުފިޔާގެ (15 މިލިއަން ކުވައިތު ދީނާރު)ގެ ލޯނު އެއްބަސް ވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އަމީރެވެ. އަދި ކުވައިތު ފަންޑުގެ ފަރާތުން ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ފޯ ފައިނޭންސް އެންޑް އެޑްމިން ނިދަރަލް އަލް އޮލަޔާނެއެވެ.
Minister @iameeru and Deputy Director General for Admin & Finance Affairs Mr. Nedhal A Al-Olayan of @KuwaitFund signed an additional financing of KWD 15million for the Expansion & Upgrading of VIA Project pic.twitter.com/LEtljaqkXZ
— Ministry of Finance (@MoFmv) July 12, 2021
އެއާޕޯޓު ތަރައްގީ ކޮށް ބޮޑުކުރުމުގެ ޕްރޮޖެކްޓަށް މީގެ ކުރިން 2016 ވަނަ އަހަރު ވެސް ކުވައިތު ފަންޑުން 770 މިލިއަންރުފިޔާގެ ލޯނެއް ނަގާފައިވެއެވެ. އެއީ 20 އަހަރު ދުވަހުން އަބުރާ ދައްކާގޮތަށް ދިން ލޯނެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކޮށް ތަރައްގީކުރުމަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ހަރަދުކުރަން ހަމަޖެހިފައިވެ އެވެ. މި ޕްރޮޖެކްޓްގެ މަސައްކަތްކުރަނީ ސައުދީގެ ބިންލާދިން ކުންފުންޏާ ހަވާލުކޮށްގެންނެވެ.
މި ޕްރޮޖެކްޓްގެ ދަށުން އާ ރަންވޭ އާއި ފިއުލް ފާމެއް، ޕެސެންޖާ ޓާމިނަލް، ސީ ޕްލޭން ޓާމިނަލް އަދި ކާގޯ ކޮމްޕްލެކްސްއެއް ހަދުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން ބައެއް ތަންތަނުގެ މަސައްކަތް މިހާރުވަނީ ނިމިފައި ވާއިރު ބައެއް މަސައްކަތްތައް މިހާރުވެސް ދަނީ ކުރިއަށެވެ.
އެގޮތުން ވީއައިއޭގައި 3،400 މީޓަރު ދިގު، 60 މީޓަރު ފުޅާ އާ ރަންވޭގެ މަސައްކަތް ނިންމައިފަ އެވެ.
އަދި ފިއުލް ފާމާއި ސީ ޕްލޭން ޓާމިނަލް އާއި އާ ޓާމިނަލް އާއި ކާގޯ ކޮމްޕްލެކްސްގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.