ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދިރިއުޅުއްވާ ރަސްމީ ގެކޮޅު ކަމަށްވާ މުލިއާގެ ގޮއްވާލާނެ ކަމަށް ބުނި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު މުލިއާގެ ކައިރިން ދިޔަ ދެ މީހަކު އެ މީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނު ބާއި ގުޅިގެން އެ ދެ މީހުން ހައްޔަރުކޮށް ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
އެ ދެމީހުން މުލިއާގެ ގޮއްވާލާނެ ކަމަށް އިންޒާރު ދިނުމާއެކު އެންމެފުރަތަމަ އެދެމީހުން ހިފެހެއްޓީ މުލިއާގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ސިފައިންނެވެ.
އަދި އިރުކޮޅެއްގެ ތެރޭގައި ފުލުހުންގެ ހާއްސަ ޓީމެއް ވަނީ އެސަރަހައްދަށް ގޮސް އެމީހުން ގެންގުޅުނު ފޮށިގަނޑާއި އެކު އެ ދެ މީހުން ހައްޔަރުކޮށްފައެވެ
ފުލުހުން ބުނ އެދެމީހުން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށާ މި ހާދިސާއާ ގުޅިގެން މުލިއާގެ ސަރަހައްދުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މިހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.