އެންމެ މިރު ބްރައުނީސް ތައްޔާރު ކުރާނެ ގޮތް

Loading

Facebook
Twitter
WhatsApp
brownie-recipe

އެންމެ މީރު ބްރައުނީސް ތައްޔާރު ކުރާނެ ގޮތް! މިއީ ވަރަށް ފަސޭހައިން ގޭގައި ތައްޔާރު ކޮށްލެވިދާނެ އެއްޗެކެވެ.

ބްރައުނީސް ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

ފިހާރަތަކުގައި ވިއްކަން ހުންނަ ބްރައުނީ ފަދައިން މި ބްރައުނީ ބަަހައްޓަން ބޭނުންވާނަމަ ބޭނުންކުރަން ޖެހޭނީ ގްރެނިއުލޭޓެޑް ހަކުރާއި، ގޮދަން ފުށާއި، ލޮނު އަދި ޗޮކުލެޓް ޗިޕްސް އެވެ. އެއަށްފަހު މި އެއްޗެހި އެއްކޮށްލާށެވެ:

2 ބިސް + ފެން – ކުޑަ ފެން ފޮދަކާއި އިތުރު ބިހެއް އެއްކޮށްލުމުން، އެއްވެސް ކެމިކަލަކާ ނުލާ އިސްތިހާރު ތަކުގައި ދައްކާ ބްރައުނީސް ފަދައިން ތެތްކޮށް ހުންނާނެއެވެ. އަދި މިރެސިޕީގައި ބޭކިންގް ޕައުޑަރ ނުހިމެނޭތީ، ރަނގަޅަށް ފިހެވިގެން ދިއުމަށް ބިސް ބޭނުން ވާނެއެވެ.

މުގުރާފަ ހުންނަ ހަކުރު – ފިހާރަތަކުގައި ވިއްކަން ހުންނަ ބްރައުނީސް ފަދައިން މި ބްރައުނީސް ތައްޔާރު ކުރުމުގެ ސިއްރަކީ މިއީ އެވެ! މުގުރާފައި ހުންނަ ހަކުރުގައި ހުންނަ ޒުވާރި ފުށުގެ ސަބަބުން އެއްވެސް ކެމިކަލަކާ ނުލައި ފުށްގަނޑު ބޯވެގެންދެއެވެ.

ފޮނިނުކޮށް ހުންނަ ކޮކޯ ޕައުޑަރ – އެންމެ ރަނގަޅު ވާނީ ހާޝީސް ސްޕެޝަލް ޑާރކް ޑަޗް-ޕްރޮސެސްޑް ކޮކޯ ޕައުޑަރެވެ. (އަހަރެން ބޭނުން ކުރީ ހޯލް ފުޑްސް 365 ކޮކޯ ޕައުޑަރެވެ.) ކޮކޯ ޕައުޑަަރުގައި ގަނޑުތައް ހުރެއްޖެނަމަ ފުރާނާލުން ވަރަށް މުހިންމެވެ.

ތެޔޮ – ގިނަ ރެސިޕީ ތަކުގައި ބޭނުން ކުރަނީ އަންސަލްޓެޑް ބަޓަރެވެ. ނަމަވެސް މި ރެސިޕީގައި ބޭނުން ކުރާނީ، ވިއްކަން ހުންނަ ބްރައުނީސް ފަދައިން ކަނޯލާ ތެލެވެ. ނުވަތަ ޒައިތޫނި ތެޔޮ ވެސް ބޭނުން ކުރެވިދާނެއެވެ.

ވެނީލާ އެސެންސް – ސައިސަމުސަލެއްގެ ދެބައި ކުޅަ އެއްބައި ވެނީލާ އެސެންސް އަޅާލުމުން ވަރަށް މީރުވާނެއެވެ.

މި ހުރިހާ ބައިތަކެއް އެއްކޮށްލުމަށް ފަހު ފިހެލުމުން ބްރައުނީސް ތައްޔާރު ކޮށްލެވުނީ އެވެ. މިއީ އެހާ ވެސް ފަސޭޭޭޭޭހައިން ތައްޔާރު ކޮށްލެވޭ މީރު އެއްޗެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް