ސިންގަޕޫރުން އަޖައިބުކުރަނިވި ޚަބަރެއް

Loading

Facebook
Twitter
WhatsApp

ސިންގަޕޫރު ފާހަގަ ކުރެވިފައި ވަނީ ކޮވިޑް-

19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި ކާމިޔާބީ ހޯދި ގައުމެއްގެ ގޮތުގައެވެ. ދާދި ފަހުން އެ ގައުމުން ވަނީ މި އާލަމީ ވަބާ އާއި ކުރިމަތި ލާން އެ ގައުމުން ގަސްތުކުރާގޮތް އިއުލާނުކޮށްފައެވެ.

އެ ގައުމުން ނިންމާފައިވާ ގޮތުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންނާމެދު މީގެ ފަހުން އަމަލު ކުރެވޭނީ ހަމަ އާދައިގެ ރޯގާ ޖެހޭ މީހުންނާ މެދު އަމަލު ކުރެވެމުންދާ ގޮތަށެވެ. މިގޮތުން އާންމުން ކަރަންޓީނު ކުރުމާއި ކޭސް ޓްރާންސްމިޓް ވާ ވަރު ބެލުން ހުއްޓާލަން އެ ގައުމުން ވަނީ ނިންމާފައެވެ. ނަމަވެސް ޓެސްޓު ހެދުމާއި ސިއްހީ ފަރުވާ އާއި އެހެނިހެން ހިދުމަތްތަކުގެ ފެންވަރަށް ބަދަލެއް ނާންނާނެއެވެ. އަދި ބޭރުން އެ ގައުމަށް އެތެރެވާ މީހުން ކަރަންޓީނުވެ ސާމްޕަލް ދޭން ޖެހޭނެއެވެ. ސިންގަޕޫރުގެ ސީނިއާރ މިނިސްޓަރުން ވިދާޅުވެފައިވަނީ މިއީ ކޮރޯނާ ވައިރަހާ އެކު ދިރިއުޅުމުގެ ތެރެއިން ނިއު ނޯރމަލް އަކަށް ދިޔުމަށް އެ ގައުމުން ކަނޑައަޅާފައިވާ މާސްޓަރ ޕްލޭންއެއް ކަމަށެވެ.

މި ޕްލޭންގައި ވާ ގޮތަށް އަމަލުކޮށްފިނަމަ ދުވަހަކުވެސް ކޮރޯނާ ވައިރަހުގެ ވަބާއިން މުޅިއަކުން ސަލާމަތެއް ނުވެވޭނެއެވެ. ނަމަވެސް ކޮރޯނާ ވައިރަހާއި އެހެނިހެން ބަލިތަކަކީ މުޖްތަމައު އެއްކޮށް ހުއްޓުމަކަށް ގެނުވާނެ ކަމަކަށް ވެގެނެއް ނުދާނެއެވެ.

ދުނިޔޭގެ އެހެން ގައުމު ތަކަކޭ އެއްފަދައިން ސިންގަޕޫރުގައިވެސް މިދިޔަ އަހަރު ވަނީ ކޮވިޑް-19 ގެ ކޭސްތައް ގިނަވުމުގެ ސަބަބުން މުޅި ގައުމުގެ އިކޮނޮމީ ހުއްޓުން އަރާފައެވެ. އެ ގައުމުގައި އެންމެ ގިނަ އަދަދަކަށް މީހުން ފައްސިވެފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުއެވެ. ނަމަވެސް އެ ގައުމުން ވައިރަސް ކޮންޓްރޯލުކުރުމުގެ ގޮތުން އަޅާވާފައިވާ ގިނަގުނަ ފިޔަވަޅުތައް ވަނީ ކާމިޔާބުވެފައެވެ.

ވެކްސިން ޖެހުމުގެ މަޝްރޫޢު އެ ގައުމުން ވަނީ ވަރަށް ކާމިޔާބުކަމާއެކު ކުރިޔަށް ގެންގޮސްފައެވެ. މިގޮތުން ގައުމުގެ ޖުމްލަ އާބާދީގެ ތިންބައިކުޅަ ދެބައި މީހުންވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި ބައެއް މީހުން އެ ގައުމުން ވެސް ކޮވިޑް-19 އަށް ފައްސިވެފައިވާކަން ފާހަގަކުރެވިފައިވެއެވެ. ނަމަވެސް ބަލީގައި މާ ބޮޑުވަރު ނުވެ އެމީހުން ވަނީ ސަލާމަތްވެފައެވެ.

މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް އެ ގައުމުން ނިންމާފައިވަނީ ފައްސިވާ މީހުންގެ އަދަދު އިއުލާނު ކުރުންވެސް ހުއްޓާލާށެވެ. އަދި ވައިރަހަށް ފައްސިވާ މީހުންގެ އަދަދު ބެލުމުގެ ބަދަލުގައި ބަލީގައި ބޮޑުވަރުވާ މީހުންނާއި އެމީހުންނަށް ފަރުވާ ދިނުމުގެ އިންތިޒާމު ހަމަޖައްސާނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރުމަށްވެސް އެ ގައުމުން ވަނީ ނިންމަވާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް