އަލީބާބާގެ ވޯކްޝޮޕަށް 448 ދިވެހި ވިޔަފާރިއަކުން ރަޖިސްޓްރީވެއްޖެ

އަލީބާބާގެ ވޯކްޝޮޕަށް 448 ދިވެހި ވިޔަފާރިއަކުން ރަޖިސްޓްރީވެއްޖެއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން، ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ އަލިބާބާ ޑޮޓް ކޮމްއާ ގުޅިގެން، ދިވެހި ވިޔަފާރިވެރިންނަށާއި އީ-ކޮމާރސްއަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ވޯކްޝޮޕަށް ރަޖިސްޓްރީވުމުގެ ފުރުޞަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު، ޖުމުލަ 448 ފަރާތަކުން ވަނީ ވޯކްޝޮޕަށް ރަޖިސްޓްރީކޮށްފައި ކަމަށެވެ. މި ވޯކްޝޮޕަށް ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން ފުރަތަމަ 24 ގަޑިއިރުގެ […]
ނޭވާލާ ނިޒާމުގެ ޒަރީޢާއިން ފެތުރޭ ނުރައްކާތެރި މެނިންގޯކޮކަލް ބަލި ރާއްޖޭން ފެނިއްޖެ

ނޭވާލާ ނިޒާމުގެ ޒަރީޢާއިން ފެތުރޭ ނުރައްކާތެރި މެނިންގޯކޮކަލް ބަލި ރާއްޖޭން ފެނިއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ. އެޗްޕީއޭން ބުނީ ހަލުވިކަމާއެކު ފެތުރޭ މި ބަލީގެ ކޭސްއެއް ފެނުމާގުޅިގެން ކަމާބެހޭ މަޢުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގ ހަދައި، ހައި ރިސްކް ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުމާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. މި ބައްޔަކީ ބެކްޓީރިއާއަކުން ޖެހޭ ސީރިއަސް ބައްޔެއް ކަމަށާއި، ރާއްޖޭން […]
މުޅިޔޫކްރެއިން އެއްކޮށް ހިފަން އުޅުމަކީ ގޯހެއް ކަމަށްބުނެ ޓްރަމްޕް އިންޒާރު ދީފި

ރައީސް ޓްރަމްޕްގެ ޓުރުތު ސޯޝަލްގައި ރައީސް ޒެލެންސްކީއަށް ވަރަށްބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވަމުންވެސް މުޅި ޔޫކްރެއިން އެއްކޮށް ހިފަން ރައީސް ޕޫޓިން އުޅުއްވުމަކީ ރަޝިޔާގެ ވެއްޓުން ކަމުގައި ވެދާނެކަމަށް ރައީސް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ. ރައީސް ޕޫޓިން އަކީ ވަރަށް ކުރިއްސުރެންވެސް އަހަރެންގެ ރަޙްމަތްތެރިއެކެވެ. އެކަމަކު އެމަނިކުފާނު މިހާރު ބަދަލު ވެއްޖެއެވެ. ހީވަނީ މޮޔަފުޅުވީ ހެންނެވެ. ރައީސް ޕޫޓިން އުޅުއްވަނީ މުޅި ޔޫކްރެއިން ބޭނުންވެގެންކަން އަހަރެންނަށް ކުރިންވެސް އެނގެއެވެ. އެކަމަކު އެއީ ރަޝިޔާއަށް ރަނގަޅުގޮތަކަށް ނުވާނެއެވެ. […]
އިންޑިއާ ޕާކިސްތާނުގެ ހަމަލާތައް ޕާކިސްތާނުން ހަމަ ކާމިޔާބު ކުރީ ހެއްޔެވެ؟

ސަންދާނުގެ ކިއުންތެރިންނަށްއަޅުގަނޑުމެން މި ގެނެސްދެނީ އެމެރިކާ މަޝްހޫރު ސިޔާސީ ނިއުސް ޕޭޕަރ، ދަ ހިލް ގައި ޕާކިސްތާނުގެ ޑޯން ނިއުސް ޕޭޕަރ ގެ ކޮލަމްނިސްޓް ރާފިއާ ޒަކަރިއްޔާ ފާޅުކޮށްފައިވާ ޚިޔާލެއްގެ ތަންތަންކޮޅެވެ. އަޅުގަނޑުމެންނަށް މިފަދަ ޚިޔާލުތައް އެނގެން ބޭނުންވަނީ އިންޑިއާ އާއި ޕާކިސްތާނަކީ އަވަށްޓެރި 2 ގައުމު ކަމަށްވެފައި އެ 2 ގައުމުގެ ކޮންމެ ދެކޮޅުވެރިކަމަކީ އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމަކަށް ވާތީއެވެ. އިންޑިއާއާއި ޕާކިސްތާނަކީ ނިއުކްލިއަރ ބާރު ލިބިފައިވާ 2 ގައުމު ކަމަށްވެފައި މި […]