ނެލްސަން މަންޑޭލާގެ އަންހެން ދަރިފުޅު ޒިންޒީ އަވަހާރަވެއްޖެ

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ އަންހެން ދަރިފުޅު، ޒިންޒީ މަންޑޭލާ 59 އަހަރުގައި އަވަހާރަ ވެއްޖެއެވެ. ސައުތު އެފްރިކަން ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެސްއޭބީސީ) އިން ހާމަ ކޮށްފައިވާ ގޮތުގައި ދެކުނު އެފްރިކާއިން ޑެމްނާކަށް ކަނޑައަޅާފައިވާ ސަފީރު، ޒިންޒީ އަވަހާރަވެފައިވަނީ ޖޮހަންސްބާގްގެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ޒިންޒީގެ އަވަހާރަވުމާއި ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް އެ މީޑިއާ އިން އަދި ނެލްސަން މަންޑޭލާގެ ފައުންޑޭޝަނުންވެސް ވަކި އެއްޗެކޭ ހާމަ […]