އަސަދުގެ ގަނޑުވަރުންވެސް ފެނުނީ ލަގްޒަރީ ކާރުތަކުގެ ފްލީޓެއް

ވެރިކަމުން ގަދަކަމުން ދުރުކުރެވި މިހާރު ގައުމު ދޫކުރައްވާ ފިއްލަވާފައިވާ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ގަނޑުވަރަށް އިދިކޮޅު ހަނގުރާމަވެރިން ވަދެފައިވާއިރު އެތަނުން ވަރަށް ގިނަ އަދަދެއްގެ އަގުބޮޑެތި ކާރު ތައް ޖަމާކޮށްފައި ހުއްޓާ ފެނުނުކަމަށް ޚަބަރުތައް ބުނެއެވެ. މީގެތެރޭގައި މާސިޑީސް، ޕޯޝް، ފެރާރީ އަދި އޮޑިސް ކާރުތައް ގިނަ އަދަދަކަށް ހުރިކަމަށް ވެއެވެ. ވައިރަލް ވެފައިވާ ވީޑިއޯ ތަކުން ފެންނަ ގޮތުގައި ގަނޑުވަރަށް ވަން މީހުން ވަނީ ގަނޑުވަރުގެ ބޮޑު ގަރާޖުގައި ދެކޮޅަށް ދުވެ ހުރިހާ ތަނެއްބަލާ […]

ސޫރިޔާގެ ވެރިކަން ވެއްޓިއްޖެ

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ނިމިއްޖެ ކަމަށް އިދިކޮޅު ހަނގުރާމަވެރިން އިއުލާން ކޮށްފިއެވެ. އިދިކޮޅު ހަނގުރާމަވެރިން ވަނީ ވެރިރަށް ދިމިޝްގުގެ އިތުރުން ތިންވަނަޔަށް އެންމެ ބޮޑު ހޮމްޒް ސިޓީ ހިފާފައެވެ. އަދި ގެންދަނީ މަގުތަކާއި އާންމު ތަންތަނުގައި އުފާފާޅުކުރުމުގެ ހަރަކާތްތައް ހިންގަމުންނެވެ. އަނެއްކޮޅުން ރައީސް ބައްޝާރުލް އަސަދު ވަނީ ގައުމުދޫކޮށް ފުރާވަޑައިގެންފައެވެ. ވަޑައިގެންނެވި ވަކި ތަނެއް ނޭނގޭކަމަށް ޚަބަރުތައް ބުނެއެވެ. ބައްޝާރުގެ ކިބައިން ގައުމު މިނިވަންވެއްޖެކަން އިއުލާން ކުރެވުމާއެކު ބައެއް ބޮޑެތި ޖަލުތައް ހުޅުވާ އިދިކޮޅު […]