ޑިމޮކްރެސީގެ ފުރަތަމަ އެޓޮމިކް ބޮމުން ނާގަސާކީއަށް ލިބުނު ޒަޚަމްތަކުގެ ލަކުނު

ސަންދާނުގެ ކިއުންތެރިންނާއެކު މިއަދު އަނެއްކާވެސް މި ފީނާލަނީ މީގެ 80 ވަރަކަށް އަހަރު ކުރީގެ ތާރީޚެއްގެ ތެރެއަށެވެ.އިއްތިފާގުން ދިމާވިގޮތުން މިއަދަކީ ( 9 އޯގަސްޓް 2025 ) އެ ނުރައްކާތެރި ތާރީޚަށް 80 އަހަރު ފުރުނު ދުވަހެވެ. 1945 ވަނައަހަރު އޯގަސްޓް މަހުގެ 9 ވަނަ ދުވަހަކީ އެމެރިކާގެ ބީ-29 މަރުކާގެ ބޮންއަޅާ މަތިންދާބޯޓުން ޖަޕާނުގެ ނާގަސާކީއަށް ފެޓްމޭންގެ ނަންދީފައިވާ ޑިމޮކްރެސީގެ ފުރަތަމަ ޕުލޫޓޯނިއަމް އެޓޮމިކް ބޮން ވައްޓާލި ދުވަހެވެ. ނަތީޖާއަކަށްވީ ހަތްދިހަ ހާހަށްވުރެން ގިނަ އިސްނާނުންގެ […]
އިޒްރޭލު އުފެދުނީ ކިހިނެއް؟

ވިހި ވަނަ ޤަރުނުގެ ކުރީކޮޅު 400 އަހަރު ވަންދެން ހިޖާޒުކަރައިގެ ބިންތައް ފަލަސްޠީނު ގެ ސަރަހައްދު ވެސް ހިމެނޭގޮތުން އޮތީ ޢުޘްމާނީ ޚިލާފަތުގެ ބާރުގެ ދަށުގައެވެ. އެދުވަސްވަރު މައްކާގެ އަމީރަކަށް ހުންނެވީ ޝަރީފް ޙުސައިން ބިން ޢަލީއެވެ. މިގޮތަށް ހުންނަވަނިކޮށް ފުރަތަމަ ބޮޑު ހަނގުރާމަ އަށް ފަހު އިނގިރޭސިވިލާތުން ޢަރަބި ޤަބީލާތަކުގެ ވެރިންނަށް އެހީތެރިވެދީގެން ޢުޘްމާނީ ޚިލާފަތާއި ދެކޮޅަށް ބަޣާވާތެއް ޢަރަބިން ގެނައެވެ. ބަޣާވާތަށް އެހީތެރިވުމަށް އިނގިރޭސިން ހިޖާޒު ކަރައަށް އޭރުގެ ސައޫދީއަށް ފޮނުވީ ތޯމަސް ހެރިސަން […]
ޣައްްޒާއަށް ހަމަލާދޭން ޖަރުމަނުން ހަތިޔާރު ނުވިއްކާނެކަމަށް ބުނުމުން ނަތަންޔާހޫ ރަތަށް

ސީ ބީ އެސް ޝިކާގޯ ޚަބަރު ދީފައިވާ ގޮތުގައި ޖަރުމަނުގެ ޗާންސެލަރ ފްރެޑްރިކް މާރޒް އަކީ މުޅިއުމުރުގައިވެސް އިސްރާއީލަށް ތާއީދުކުރުމުގައި ދެމިހުންނެވި ބޭފުޅެކެވެ. އެ މަނިކުފާނު ގަބޫލުކުރައްވާގޮތުގައި އިސްރާއީލަށްވެސް އެ ގައުމު ދިފާއުކުރުމުގެ ހައްގު ލިބިފައި ވެއެވެ. އެކަމަކު މި ވަގުތު އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަށްވުރެން އިސްކަން ދޭންޖެހޭ އެހެން ކަމެއް އޮތްކަމަށް ގަބޫލެއް ނުކުރައްވައެވެ. މީގެ ކުރިން ބަރލިންގެ ވިސްނުންހުރީ ޔޫރަޕްގެ ބައެއް އެހެންގައުމުތަކުގައި ސަފުގައި އިސްރާއީލް އިތުރަށް އެކަހެރިކުރަން ތައްޔާރަކަށް ނޫނެވެ. […]
ސައޫދީ އަންހެނަކު އޭނާގެ ފިރިމީހާގެ ދެވަނަ އަނބިމީހާއަށް އޭނާގެ ލިވަރ ގެ 80 އިންސައްތަ ހަދިޔާކޮށްފި

ހަމްދަރުދީ އާއި އޯގާތެރިކަމުގެ ލާމަސީލު މިސާލެއް ދައްކަމުން ސައޫދީއަރަބިއްޔާގެ އަންހެނަކު އޭނާގެ ފިރިމީހާގެ ދެވަނަ އަނބިމީހާ އަށް އޭނާގެ ލިވަރގެ 80 އިންސައްތަ ހަދިޔާކޮށްފިއެވެ. އޭގެ ކުރިން ފިރިމީހާ ވަނީ އަމިއްލަ އެއް ކިޑްނީ ހަގު އަނބިމީހާ އަށް ހަދިޔާކޮށްފައެވެ.މިއާއެކު ހަގު އަނބިމީހާ އެތައް އަހަރެއް ވަންދެން ތަހައްމަލް ކުރަމުން އައި ”ކިޑްނީ ފެއިލިއާ“ ބަލިން ވަނީ ސަލާމަތް ވެފަކަމަށް ޚަބަރު ލިބެއެވެ.ސައޫދީއަރަބިއްޔާގެ ޠާއިފް އަށް ނިސްބަތްވާ މާޖިދު ބަލްދާ އަލް ރޫގީ ކިޔާ ފިރިހެނެއްގެ ފުރަތަމަ […]
އިޒްރޭލުގެ ހަމަލާތަކުގައި މަރުވާ މީހުން ގިނަވެ، ޣައްޒާގައި ލޭ ލިބުމުގެ ދަތިކަން އިތުރުވެއްޖެ

ބޯހިޔާވަހިކަން ގެއްލި މަގުމަތިވެފައިވާ އާއިލާތައް ދިރިއުޅޭ ވަގުތީ ހިޔާވެހިތަކާއި، އަނިޔާވެފައިވާ ބަލިމީހުންނަށް ފަރުވާދޭ ކްލިނިކްތަކަށް އަމާޒުކޮށް އިޒްރޭލުންދޭ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ބްލަޑްބޭންކުތަކުން ލޭ ލިބުމުގެ ދަތިކަން ކުރިމަތިވުމާއެކު ހާލުގައި ޖެހިފައިވާ ޣައްޒާގެ ސިއްހީ ނިޒާމު އިތުރަށް ފުނޑުފުނޑުވެއްޖެއެވެ. ޣައްޒާގެ ސިއްހީ ޚިދުމަތްތެރީން ބުދަ ދުވަހު ބުނެފައިވާ ގޮތުގައި، ބަނޑުހައި ހޫނުކަން އިތުރުވުމުގެ ސަބަބުން ލޭދޭން ތިބި މީހުންގެ ހަށިގަނޑުންވެސް މިހާރު ލޭ ނުލިބެއެވެ. ބަ ނޑުހައި ހޫނުކަމުގައި ޖެހި 193 މީހަކު މިހާތަނަށް ޝަހީދުވެފައިވާއިރު، ފާއިތުވި […]
އާއިލީ ގުޅުންތަކާއި، އޮފްޝޯރ ފަންޑުތަކާއި ގުޅިގެން އިނގިރޭސިވިލާތުގެ އެންޓި-ކޮރަޕްޝަން މިނިސްޓަރަށް ފާޑުކިޔުން އަމާޒުވެއްޖެ

އިނގިރޭސިވިލާތުގެ އެންޓި-ކޮރަޕްޝަން މިނިސްޓަރު ޓިއުލިޕް ސިއްދީގު ދިރިއުޅުއްވި ގެއަކީ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަށުން މުއްސަނދިކަން ހޯދި އެކަމަނާގެ އާއިލީ ބޭފުޅެއްގެ އޮފްޝޯ ކުންފުންޏަކުން ގަނެފައިވާ ލަގްޒަރީ ގެއެއްކަން ހާމަވާ ޕްރޮޕަޓީ ރެކޯޑްތަކެއް ލީކުވެއްޖެއެވެ. އޭގެ ފަހުން އިނގިރޭސިވިލާތުގެ ނޭޝަނަލް ކްރައިމް އެޖެންސީން ލަންޑަނުގައި ހަސީނާގެ އާއިލާއާއި ގުޅިފައިވާ އެސެޓްތައް ފްރީޒްކޮށް، ސިއްދީގުގެ ގުޅުމާއި، ލިބިދާނެ މާލީ ފައިދާތަކާ ގުޅޭ ތަހުގީގުތައް ވަނީ ވަރުގަދަކޮށްފަ އެވެ. މިގޮތުން، އިނގިރޭސިވިލާތުގައި އޭނާއަށް ލިބުނު ސިޔާސީ ކުރިއެރުމަކީ […]
ޗައިނާގައި ޗިކުންގުންޔާ ފެތުރެނީ

މަދިރީގެ ޒަރީއާ އިން ފެތުރޭ ބައްޔެއް ކަމަށްވާ ޗިކުންގުންޔާ ޗައިނާގައި ބާރަށް ފެތުރެމުންދާކަމަށް ޚަބަރު ލިބެއެވެ. މިގޮތުން ޗައިނާގެ ގުއަންގޑޮންގ ޕްރޮވިންސްގައި އެކަނިވެސް ނިމުނު ޖުލައިމަހު ހަތްހާހަށް ވުރެގިނަ ޗިކަންގުންޔާ ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް ޚަބަރު ލިބެއެވެ. މިއާއެކު ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް އެޅިފަދަ ހަރުކަށި ފިޔަވަޅު ތައް އަޅަމުން ދާކަމަށް ޚަބަރު ލިބެއެވެ. ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ފޮޝާން ސިޓީގައި ބަލިޖެހޭ މީހުން ދަނީ ހޮސްޕިޓަލް ތަކުގައި އެޑްމިޓް ކުރެވެމުންނެވެ.އަދި މި […]
އިމާމް ޚާމަނާއިގެ ދިރިއުޅުއްވުމުން ލިބިދޭ ފިލާވަޅެއް

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ނަމާއި އެއީ ކުރީގެ ފާރިސްކަރަކަން އަޅުގަނޑުމެން ދަންނަމުއެވެ. ދިވެހިރާއްޖެ އިސްލާމް ވުމުގައި ފާރިސްކަރައިގެ އިލްމުވެރިއެއްގެ ހިއްސާ ހިމެނޭކަމަށް ދިވެހިރާއްޖޭގެ ބައެއް ތާރީޚް އިލްމުވެރިން ފާހަގަ ކޮށްފައި ވެއެވެ. އެހެން ބައެއް ތާރީޚީ އިލްމު ވެރިން ވިދާޅުވެފައިވާ ގޮތުގައި ދިވެހިރާއްޖެ އިސްލާކުރެއްވީ މަޣްރިބް ކަރައިގެ އިލްމުވެރިއެކެވެ. ސައްހަ ރިވާޔަތަކީ ކޮބައިކަން އަޅުގަނޑުމެން ބަހުސް ކުރާކަށް ނެތީމެވެ. އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި 2 ރިވާޔަތުވެސް ސައްހައެވެ. އަޅުގަނޑުމެންގެ މިއަދުގެ ހާލަތުގައިވެސް ތަފާތު އިލްމުވެރިންގެ ދަރުސްތައް ލިބެމުންދާއިރު […]
ބުޅަލަށް އަނިޔާކޮށް ވީޑިއޯ ކޮށް ވިއްކަމުންދާ ނެޓްވާކެއް ހާމަވެއްޖެ

(ބުޅަލަށް ކުރާ އަނިޔާގެ ތަފްސީލް ތައް ހިމެނޭ) ކުދި ބުޅަލާ އަދި ބޮޑެތި ބުޅާތަކަށް އަނިޔާ ކުރާ ވީޑިއޯތައް ނެގުމަށްފަހު އޮންލައިންކޮށް ވިއްކާ ބަޔަކު ހިމެނޭ ނެޓްވާކެއް ހާމަވެއްޖެއެވެ. ބީބީސީގެ ރިޕޯޓެއް ބުނާގޮތުން މި ނެޓްވާކުގައި އިގިރޭސި ބައެއް ރައްޔިތުން ހިމެނޭގޮތުން އެތައް ގައުމަކަށް ނިސްބަތްވާ އެތައްހާސް ބަޔަކު ހިމެނެއެވެ. ބީބީސީގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި މި ގްރޫޕް ގައި ހިމެނޭ މީހުން ބުޅާ ކަރަންޓުގައި ޖެއްސުމާއި،ބަޑަށް ބޭތިއްބުމާއި ގުނަން ބުރިކުރުމާ އައި ގެނބިގެން މަރުވާން ދޫކޮށްލުންފަދަ […]
ފަލަސްތީނަށް ތާއީދުކޮށް އޮސްޓްރޭލިޔާގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

ފަލަސްތީނަށް ތާއިދުކޮށް އޮސްޓްރޭލިޔާގައި އެތައް ހާސްބަޔަކު ހިނގާލުމެއް ބާއްވައިފިއެވެ. ސިޑްނީ ހާބަރ ބްރިޖް ހުރަސްކޮށް އާދީއްތަ ދުވަހު ހިނގާލުން ބާއްވާފައިވަނީ 2023ވަނަ އަހަރުން ފެށިގެން މިފަދަ އެއްވުންތަކަށް ބްރިޖް ބަންދު ކޮށްފައި އޮތުމަށްފަހު ސުޕްރީމް ކޯޓުން ހިނގާލުން ބާއްވަން ހުއްދަ ދިންތާ އެއްދުވަސް ފަހުންނެވެ. ”މާޗް ފޯ ހިއުމެނިޓީ“ ގެ ނަމުގައި ބޭއްވި ހިނގާލުމުގައި ބައިވެރިވި މީހުން ވަނީ ހަނގުރާމަ އަވަހަށް ހުއްޓާލާ އަދި ފަލަސްތީނުގެ ރައްޔިތުންނާދެކޮޅަށް އިޒްރޭލުން ހިންގަމުންގެންދާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ގޮވާލާފައެވެ. އިޒްރޭލާއި […]