ނިއު ޔޯކްގެ މެޓްރޮޕޮލިޓަން ސަރަހައްދަށް 3.0 މެގްނިޓިއުޑްގެ ބިންހެލުމެއް އަރައިފި

ހޮނިހިރު ދުވަހުގެ ރޭ 10:18 ހާއިރު ނިއު ޖާޒީގެ ހާސްބްރޫކް ހައިޓްސް ހިސާބުގަނޑަށް 3.0 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ރިޕޯޓުކޯށްފިއެވެ. މި ބިންހެލުން އައިސްފައިވަނީ ގާތްގަނޑަކަށް ބިމުގެ 6.2 މޭލު (10 ކިލޯމީޓަރު) ގެ އަޑިންނެވެ. ނިއު ޖާޒީގެ އުތުރު، ނިއުޔޯކް ސިޓީގެ، މެންހަޓަން، ބްރޫކްލިން، އަދި ސްޓޭޓެން އައިލެންޑް ހިމެނޭ ގޮތަށް އަދި ކޮނެކްޓިކަޓްގެ ބައެއް ހިސާބުތަކަށް ބިންހެލުމުގެ އަސަރުކޮށްފައިވާއިރު، އާންމުންގެ އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ އިމާރާތަކަށް […]
ބުރުކީނާ ފާސޯގެ މިލިޓްރީ ބޭސްއަކަށް ހަމަލާދީ 50 ސިފައިން މަރާލައިފި

ބުރުކީނާފާސޯގެ ހަތިޔާރު އެޅި ޖަމާއަތަކުން އެ ގައުމުގެ އުތުރު ސަރަހައްދުގެ މިލިޓްރީ ބޭސްއަކަށް ހަމަލާދީ 50 ސިފައިން މަރާލައިފި ކަމަށް އެ ސަރަހައްދުގެ ކޮމިއުނިޓީ ލީޑަރުންނާއި ރައްޔިތުންގެ ފަރާތުން މައުލޫމާތު ދީފިއެވެ. ބައުލްސާ ސަރަހައްދުގެ ޑަރްގޯގެ މިލިޓްރީ ބޭސް އަށް ދިން އެ ހަމަލާއަކީ ޖަމާއަތު ނަސްރުލް އިސްލާމް ވަލް މުސްލިމީން އިން ދީފައިވާ ހަމަލާއެއް ކަމަށް ތުހުމަތު ކުރެވޭކަމަށްވެސް އެސޯޝިއޭޓެޑް ޕްރެސްއަށް ލިބުނު މައުލޫމާތުގައި ބުނެފައި ވެއެވެ. ޖަމާއަތު ނަސްރުލް އިސްލާމް ވަލް މުސްލިމީން […]
ރެޑްސީ ތެރެއަށް ފައްތާލި އެޓަރނިޓީ ސީއިން ރަހީނުކުރި ފަޅުވެރިން ދައްކާލައިފި

މި މަހު ކުރީކޮޅު ހޫތީ މުޖާހިދުން ދިން ހަމަލާގައި ރެޑްސީތެރެއަށް ފައްތާލި ގުރީކުގެ އެމް. ވީ. އެޓަރނިޓީ ސީ އު=ިން ކަނޑަށް ފުންމާލި ފަޅުވެރިންގެ ތެރެއިން ހޫތީ މުޖާހިދުން ސަލާމަތްކުރި 10 ފަޅުވެރިންގެ ވީޑިއޯ އެއް ހޫތީ މުޖާހިދުންގެ ފަރާތުން 28 ޖުލައިގާ މީޑިއާއަށް ހާމަކޮށްފިއެވެ. ހޫތީ މުޖާހިދުން ދައްކަންބޭނުންވަނީ އިސްރާއީލުން ކިތަންމެ ބާރުގަދަ ހަމަލާތަކެއް ޔަމަނަށް ދިން ކަމުގައި ވިޔަސް އެ ޖަމާއަތުގެ ވިސްނުމަށް ބަދަލެއް ނާންނާނެ ކަމެވެ. އެ ވީޑިއޯ އާ ބެހޭގޮތުން […]
ފަލަސްތީނު މިނިވަން ދައުލަތަކަށް ކުރަމުންގެންދާ ދަތުރު

ފަލަސްތީނުގެ މިނިވަންދައުލަތަކަށްޓަކައި އެންމެ ބޮޑަށް ޖިހާދު ކުރަމުން ގެންދަނީ ހަމާސް އިން ކަމާދޭތެރޭ އެއްވެސް މީހަކު ޝައްކު ނުކުރާނެއެވެ. އެކަމަކު މިއަދު ބައިނަލް އަގްވާމީ ދުނިޔެއިން ފެންނަ މަންޒަރު ތަކަށް ބަލާއިރު ހަމާސް އަކީ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް މެދުވެރިވެފާ އޮތް ހަމައެކަނި ހުރަސް ކަމަށްވެސް މިއޮތީ ވެފައެވެ. ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ތާއީދުކޮށް ދެކެވޭ ވާހަކަތަކުގައި އެންމެ ބާރުގަދަ ޝަރުތަކަށް ވެފައި މިއޮތީ ހަމާސް އިން އިސްރާއީލާ ދެކޮޅަށް ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ކުރަމުން […]
ސެޕްޓެމްބަރުމަހު ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް ކެނެޑާއިންވެސް ބުނެފި

ކެނެޑާއިންވެސް ފަލަސްތީންގެ ދައުލަތް ބަލައިގަންނަ ކަން ސެޕްޓެމްބަރުމަހު އިއުލާނު ކުރަން ގަސްތު ކުރާކަމަށް ބޮޑުވަޒީރު މާކް ކާނޭ ވިދާޅުވެއްޖެއެވެ. ކެނެޑާ އަކީ މިގޮތަށް ނިންމިކަން ދެހަފްތާއެއްހާ ދުވަހުގެތެރޭ އިއުލާން ކުރި ޖީ ސެވަންގެ ތިންވަނަ ގައުމެވެ. ނަމަވެސް ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ ކެނެޑާއިން މިކަން ކުރުން ބިނާވާނީ ފަލަސްތީނިއަން އޮތޯރިޓީން ގެންނަ އިސްލާހީ ރިފޯމް ތަކެއްގެ މައްޗަށް ކަމުގައެވެ. މިގޮތުން ހަމާސް ޖަމާއަތް ނުހިމެނޭ ގޮތަން އަންނަ އަހަރު އިންތިޚާބް ބޭއްވުމަށް އެއްބަސްވާން ޖެހޭނެ ކަމަށް ވިދާޅުވެފައި […]
ޗައިނާގައި އާބާދީ އިތުރުކުރަން ބާރު އެޅުމުގެ ގޮތުން ފަނަރަސަތޭކަ ޑޮލަރާ ހަމަޔަށް ފައިސާގެ އިނާޔަތް ދެނީ

ޗައިނާގައި އާބާދީ އިތުރު ކުރުމަށް ބާރު އެޅުމުގެ ގޮތުން އާއިލާތަކުގައިތިބި 3 އަހަރުން ދަށުގެ ކުދިންނަށްދޭ ދޭޚާއްސަ އިނާޔަތެއްގެ ގޮތުގައި އަހަރަކު ކޮންމެ ކުއްޖަކަށް 500 ޑޮލަރު ދޭނެކަން ސަރުކާރުން އިއުލާން ކޮށްފިއެވެ. މިގޮތުން 1500ޑޮލަރާ ހަމަޔަށް އިނާޔަތް ދޭނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. އާބާދީ ކޮންޓްރޯލް ކުރުމަށް ކުރިން އެގައުމުގައި އެޅި ފިޔަވަޅުތައް މީގެ ދިހަވަރަކަށް އަހަރު ކުރިން ކޮމިޔުނިސްޓްޕާޓީން އުވާލާފައިވީނަމަވެސް އާބާދީ އިތުރުވުން އައީ ދަށް ވަމުންނެވެ. ދައުލަތުގެ މީޑިޔާއިން ބުނެފައިވާ ގޮތުގައި […]
ސާދަ އަހަރު ތެރޭވެސް އައި އެންމެ ބާރުގަދަ ބިންހެލުން ރަޝިޔާ އަށް މިއަދު އައިސްފި

ފާއިތުވި 14 އަހަރުތެރޭވެސް ދުނިޔެއަށް އައި އެންމެ ބާރުގަދަ ބިންހެލުން ރަޝިޔާގެ ފާ އީސްޓަށް މިއަދު އައުމާއި ގުޅިގެން ޕެސިފިކް ގެ އެތައް ގައުމަކުން ދަނީ ސުނާމީ އަށް ތައްޔާރު ވަމުންނެވެ. 8.8ގެ ބާރު މިނުގައި ބިންހެލުން އައުމާއި އެކު މިހާރުވެސް ރަޝިޔާ އަދި ޖަޕާނަށް ސުނާމީ އަރާ ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާކަމަށް ޚަބަރު ލިބެއެވެ. ބިންހެލުމާއި ގުޅިގެން ހަވާއީ އަށް ވެސް ރާއްޖޭގަޑިން ހެނދުނުގެ ވަގުތެއްގައި ސުނާމީ އަރާނެކަމަށް ބަލާ ދަނީ ތައްޔާރުތައް ވަމުންނެވެ. […]
ރަޝިއާއަށް އައި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ އަސަރު ރާއްޖެއަކަށް ނުކުރާނެ: މޫސުމާބެހޭ އިދާރާ

ރަޝިއާއަށް އައި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، 8.8 މެގްނިޓިއުޑްގައި އައި މި ބިންހެލުމާ ގުޅިގެން އުފެދިފައިވާ ސުނާމީގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ. މި ބިންހެލުން އައީ ރަޝިއާ ގަޑިން އިއްޔެ ހެނދުނު 8.30 ވަނިކޮށެވެ. ބިންހެލުމާ ގުޅިގެން، ރަޝިއާގެ ކަމްޗަޓްކާ ޕެނިންސުލާ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއްވެ، އެތައް ބަޔަކު ވަނީ […]
ފަތުރުވެރިކަމުގެ ގަވާއިދުތަކާއި ޚިލާފުވެގެން މައްކާގެ 25 ހޮޓަލެއް ބަންދުކޮށްފި

ސައުދީ އަރަބިއާގެ ފަތުރުވެރިކަމާބެހޭ ވުޒާރާއިން ޖުލައި މަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ގަވާއިދުތަކާއި ޚިލާފުވެފައިވާކަމަށް ގަބޫލުކުރެވޭ މައްކާގެ 25 ހޮޓަލެއް ބަންދުކޮށްފިއެވެ. މިތަންތަން ބަންދުކުރީ އަޅުކަމަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ހިމާޔަތްކޮށް، ގަވާއިދުތަކަށް އަމަލުކުރާކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަން ކެމްޕޭންތަކެއްގެ ތެރެއިންނެވެ. މިގޮތުން، ހުންނަންޖެހޭ ލައިސެންސްތަކާއި ހުއްދަތައް ނެތި ހިންގަމުންދިޔަ ތަންތަނާއި، ސާފުތާހިރުކަމުގެ މިންގަނޑުތަކާއި، މެއިންޓެނަންސް ފެންވަރު ދަށް ތަންތަނުގެ އިތުރުން، ހުންނަންޖެހޭ ސަލާމަތީ މިންގަނޑުތަކާއި އެއްގޮތަށް ނުހިންގާ ތަންތަންވެސް އެވުޒާރާއިން ވަނީ ބަންދުކޮށްފައެވެ. ”މީގެއިން ދައްކުވައިދެނީ […]
އާ ސުޕަމޭން ފިލްމުގައި ފަލަސްޠީނަށް ތާޢީދުކުރުމާގުޅުވާ މެސެޖެއް!

އާ ސުޕަމޭން ފިލްމުގައި ފަލަސްތީނަށް ތާއީދުކޮށް މެސެޖެއް ފޮނުވާފައިވާކަމަށް ބުނާ ވާހަކަތަކެއް ފެތުރިއްޖެއެވެ.މިގޮތުން، އެ ފިލްމާއި ގުޅިގެން ބެލުންތެރިން ބުނަނީ މި ފިލްމުގައި ފަލަސްތީނަށް ތާއީދުކުރާ ފޮރުވިފައިވާ މެސެޖެއް އެބައޮތް ކަމަށެވެ. އެއް ބެލުންތެރިއަކު ކަމަށްވާ އިވާން، ލެޓަރބޮކްސްޑްގައި މި ފިލްމަށް ފުރިހަމަ ރޭޓިންއެއް ދީ، ވަރުގަދަ ސްޓައިލެއް ލިބިފައިވާ ފިލްމެއް ކަމަށް ބުނެފައިވާއިރު، ޑައިރެކްޓަރު ޖޭމްސް ގަން އަށް އޭނާ ވަނީ ތައުރީފުވެސް ކޮށްފައެވެ. އިވާން އިތުރަށް ބުނީ އެއީ ހޮލީވުޑްގެ ބޮޑު ފިލްމަކުން ފެނުނު […]