އެއްބަސްވުމަކާ ހަމަޔަކަށް ނުދެވުނު، ނަމަވެސް ކުރިއެރުން ހާސިލްވި- ޓްރަމްޕް

ޔޫކްރޭން ހަނގުރާމަ ހުއްޓާލުމާބެހޭގޮތުން ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އާއި އެކު ބޭއްވި ބައްދަލް ވުމުގައި އެދުނު ލަނޑުދަނޑި ހާސިލް ނުވިކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ދެބޭފުޅުން އެލަސްކާގައި ބޭއްވެވި ބައްދަލްވުން ތިންގަޑިއިރަށް ދެމިގެން ދިޔަނަމަވެސް އެއްބަސްވުމަކަށް ނާދެވުނު ކަމަށާ އެހެންނަމަވެސް ކުރިއެރުން ހާސިލް ކުރެވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ. ބައްދަލްވުމަށްފަހު ޕޫޓިން ވިދާޅުވެފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އިޚްލާސްތެރި ނިޔަތް އެބައޮތް ކަމުގައެވެ.ނަމަވެސް އިތުރު ތަފްސީލް ދެއްވާފައެއް ނުވެއެވެ. ދެބޭފުޅުޅުންވެސް ބައްދަލް ވުމަށްފަހު […]
ރައީސް ޕްރަބޯވޯގެ ”އިންޑޮނޭޝިއާ އިންކޯޕޮރޭޓެޑް“ ތަޞައްވަރަށް ކާދިން އިން ތާޢީދުކޮށްފި

އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯގެ ”އިންޑޮނޭޝިއާ އިންކޯޕޮރޭޓެޑް“ ތަޞައްވުރަށް އެގައުމުގެ އެންމެ ބޮޑު ވިޔަފާރިވެރި ޖަމިއްޔާ، ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ކާދިން) އިން ތާޢީދުކޮށްފިއެވެ. ރައީސް ޕްރަބޯވޯގެ މި ތަޞައްވުރަކީ އަމިއްލަ ވިޔަފާރިވެރީންނާއި ދައުލަތާއި ދެމެދު އޮންނަ ގުޅުން ހީނަރުވިޔަ ނުދިނުމަށާއި، އިތުރަށް ހަރުދަނާވެ ވަރުގަދަވުމުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކުރުވާނެ ތަޞައްވުރެއްކަމަށް ސަރުކާރުން ބުނެއެވެ. ބޮގޯރުގައި ބޭއްވި ރިޓްރީޓެއްގައި ވާހަކަ ދައްކަވަމުން ކާޑިންގެ ޗެއާ އަނިދްޔާ ބަކްރީ ވަނީ ދައުލަތުގެ ސިޔާސަތާއި ސިނާއަތުގެ […]
ދުންފަތުގެ އިސްތިއުމާލުކުރާ މުދައްރިސުންނާއިމެދު އަޅާ ފިޔަވަޅުތައް މެލޭޝިއާއިން ވަރުގަދަކޮށްފި

ސްކޫލުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރަމުން ނުވަތަ ވޭޕް ކުރަމުންދާ ޓީޗަރުން 10،000 ރިންގިޓްއިން ޖޫރިމަނާކުރެވޭނެކަމަށާއި، ނުވަތަ ދެ އަހަރަށް ޖަލަށްލުމުގެ ފުރުސަތު އާންމު ސިއްހަތަށްޓަކައި ދުންފަތުގެ އިސްތިއުމާލު ކުރުން ކޮންޓްރޯލްކުރާ 2024ގެ ގާނޫނުގެ ދަށުން ލިބިގެންވާކަމަށް މެޅޭޝިއާގެ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. މި ފިޔަވަޅަކީ ސްކޫލްތަކުގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ ސިޔާސަތުތައް ވަރުގަދަކުރުމަށާއި، ދަރިވަރުންގެ މެދުގައި ވޭޕިން ސަގާފަތް އިތުރުވަމުންދާތީ އުފެދޭ ކަންބޮޑުވުންތައް ހައްލުކުރުމަށް އެޅުނު ފިޔަވަޅެކެވެ. އެޑިއުކޭޝަން މިނިސްޓަރު ފަދްލީނާ ސިޑެކް ވިދާޅުވީ ސްކޫލް ގޯތިތެރޭގައި […]
ޔޫކްރޭން ހަނގުރާމަ ނިމުމަކަށް ގެނައުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ޓްރަމްޕް، ޕޫޓިން އާއި ބައްދަލު ކުރައްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރާމްޕް އާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންގެ ޚާއްސަ ބައްދަލް ވުމަކަށް ދެ ލީޑަރުންވެސް އެލަސްކާ އަށް ވަޑައިގެންފިއެވެ. މި ބައްދަލުވުމުގެ މައިގަނޑު އެޖެންޑާއަކަށް ވާނީ ޔޫކްރެއިން ހަނގުރާމައާއި ބެހޭ ގޮތުން މަޝްވަރާކޮށް އަދި ހަނގުރާމަ ނިމުމަކަށް ގެނައުމަށް، ނުވަތަ ރަޝިޔާގެ ހަމަލާތައް ހުއްޓާލަން އެއްބަސްވާނެ ޝަރުތު ތަކަކަށް އެއްބަސްވެވޭތޯ ބެލުން ކަމަށް ޚަބަރު ލިބެއެވެ.ބައްދަލުވުން އިއުލާން ކުރެވުމާއި އެކު ޓަރަމްޕް ވިދާޅުވެފައި ވަނީ ޕޫޓިން އޭނާއަށް މަކަރު ނުހައްދަވާނެ ކަމުގައެވެ. އޭނާއަކީ […]
އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވުމާއެކު ސިންގަޕޫރު ސްޓޮކް މާކެޓަށް ރެކޯޑު ކުއާޓަރެއް!

މި ކުއާޓަރަކީ ސިންގަޕޫރު އެކްސްޗޭންޖް (އެސްޖީއެކްސް) އަށް ފާއިތުވި 25 އަހަރުތެރޭގައި ހޯދުނު އެންމެ ރަނގަޅު ނަތީޖާއެއް ހޯދުނު ކުއާޓަރުކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. އިނިޝަލް ޕަބްލިކް އޮފަރިންގްސް (އައިޕީއޯ) ޕައިޕްލައިން ބޮޑުވެ، ޕޮޓެންޝަލް ލިސްޓިން އަށް 30 އަށް ވުރެ ގިނަ ކުންފުނި ތައްޔާރުވަމުން އަންނައިރު، 10 އަށް ވުރެ ގިނަ ކުންފުނި މިހާރުވެސް ދަނީ ރެގިއުލޭޓަރުންނާއެކު މަޝްވަރާ ކުރަމުންނެވެ. މިއީ ފާއިތުވި އަހަރުތަކުގައި ސިންގަޕޫރުގެ މާކެޓަށް ހައި ޕްރޮފައިލް އިންވެސްޓްމަންޓްތައް ހޯދުމަށް އުނދަގޫވި އިރާއި އަޅާބަލާއިރު […]
އެމެރިކާގެ ޓެރިފަށް އިންޑިއާގެ ރައްދު

އެމެރިކާއަށް އެތެރެކުރާ އިންޑިއާގެ އުފެއްދުންތަކަށް ޓެރިފް ބޮޑުކުރުމާ ގުޅިގެން އިންޑިއާއަށް އެތެރެކުރާ އެމެރިކާއަށް ނިސްބަތްކުރެވޭ އުފެއްދުންތައް މަނާކުރަން ބާރު އަޅުއްވައި އިހްތިޖާޖު ކުރުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތާއީދު ކުރައްވާ ބިޒްނަސް އެގްޒެކެޓިވް އަކު ގޮވާލައްވައިފިއެވެ. އިންޑިއާގައި ބޭނުންކުރާ އެމެރިކާއަށް ނިސްބަތްކުރެވޭ ބޮޑެތި އުފެއްދުންތަކުގެ ތެރޭގައި މެކް ޑޮނާލްޑް އާއި ކޮކާ ކޯލާއާއި އެމޭޒަން އަދި އެޕަލްގެ އުފެއްދުންތައްވެސް ހިމެނެއެވެ. އިންޑިއާގެ ވޯވް ސްކިން ސައެންސްގެ ކޯ-ފައުންޑަރ މަނިޝް ޗައުދަރީގެ ވީޑިއޯ މެސެޖުގައި އިންޑިއާގެ ދަނޑުވެރިންނަށް […]
29 ގައުމަކުން ޕާސްޕޯޓް ސްޓޭމްޕް އުވާލުމަށް ތައްޔާރުވެއްޖެ

އޮކްޓޫބަރު 12 އިން ފެށިގެން ޔޫރަޕުގެ 29 ގައުމަކުން ދަތުރުވެރިންގެ ޕާސްޕޯޓުގައި ސްޓޭމްޕް ޖެހުން ހުއްޓާލުމަށް ތައްޔާރުވެއްޖެއެވެ. މިގޮތުން، ބައިބަޔަށް ބަހާލައިގެން ސްޓޭމްޕްގެ ނިޒާމު ދޫކޮށްލައި، ”އެންޓްރީ/އެގްޒިޓް ސިސްޓެމް (އީއީއެސް) ނިޒާމަކަށް 2026 ވަނަ އަހަރުގެ އޭޕްރީލް މަހާއި ހަމައަށް އެއްކޮށް ބަދަލުކޮށް ނިމޭނެކަމަށް މިގައުމުތަކުން ލަފާކުރެއެވެ. ބޯޑަރު ބެލެހެއްޓުމުގެ ކަންކަން އިތުރަށް ފުރިހަމަކޮށް، ޑިޖިޓަލައިޒްކުރުމުގެ މަޤްޞަދުގައި، ޔޫރަޕަށް އެތެރެވާ ބޭރުގެ ފަތުރުވެރީންގެ އިނގިލީގެ ނިޝާނާއި، މޫނު ހިމެނޭގޮތަށް ބަޔޮމެޓްރިކްސް މައުލޫމާތު ރެކޯޑުކުރެވޭ މިނިޒާމަކީ ޝެންގެން ސަރަހައްދުގައި […]
ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގައި އަރަބި ގައުމުތަކުގެ ނުރުހުން ހަމާސް އަށް

އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ބައިނަލް އަގްވާމީ ގޮތުން ކުރެވެމުންދާ މަސައްކަތުން ހާސިލު ކުރެވިދާނެ ނަތީޖާއާއި ގުޅޭގޮތުން ތަޖްރިބާކާރުން ފާޅުކުރަމުންގެންދާ ޚިޔާލުތަކާއި ރައުޔުތަކުން ކުޑަމިންވަރެކެވެ. އެ ބޭފުޅުން ފާޅުކޮށްފައިވާ ވިސްނުންފުޅުތަކަށް ބަލާއިރު އެމެރިކާއާއި އިސްރާއީލުން ދެކޮޅު ހަދަމުންގެންދާއިރު ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދިގެން އައުމަށް އަދިވެސް މުހުލަތެއް ނަގާނެއެވެ. އެންމެ ފަހުގެ ޚަބަރު ތަކުން އެނގޭ ގޮތުގައި މީޑިއާގެ މިނިވަންކަން ލިބިފައިވާ މިޒަމާނުގައިވެސް ގައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ އަނިޔާވެރިކަން ދުނިޔެއަށް ހާމަކޮށްފާނެތީވެ […]
އެއީ ވާ އެއްޗެކެވެ. އަދި ނުވާ އެއްޗެކެވެ. އަމުދުން ވާ ނުވާ ނޭނގޭ އެއްޗެކެވެ.

މި ދުވަސްވަރު މީޑިއާތަކުން އެންމެ ކުލަ ގަދަކޮށް ފެންނަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމާއި އެ ދައުލަތް ގިނަ ގައުމުތަކަކުން ގަބޫލުކުރަން ރާވަމުން ގެންދާ މައުޟޫއެވެ. އަޅުގަނޑުމެންގެ ކިއުންތެރިން އެކަން ހިނގަމުންދާގޮތް އެނގެން ބޭނުންވާނެ ކަމަށް ދެކެމެވެ. ސުރުޚީގައި އެވަނީ ފަހަކަށް އައިސް ދިވެހިން އުފައްދައިގެން ކިޔާއުޅުނު ފާޑެއްގެ މުހާވަރާ އިބާރާތެކޭ ބުނެވިދާނެއެވެ. އަޅުގަނޑުމެންގެ މިލިއުމާ ގުޅުން ހުރިކަމަށް ފެންނާތީ ބޭނުން ކޮށްލީއެވެ.ފަލަސްތީނުގެ މިނިވަން ދައުލަތެއް މިހާރަކު ނެތެވެ. އެކަމަކު ދުނިޔޭގެ އެންމެ ބާރުގަދަ ޖަމާއަތް ”ދަ […]
ތައިލެންޑް-ކެމްބޯޑިއާ ސުލްހައިގެ އެއްބަސްވުމާއެކު މެލޭޝިޔާއިން އަސިއަންގެ ހިންގުން ހަރުދަނާކޮށްފި

ތައިލެންޑާއި ކެމްބޯޑިއާގެ ބޯޑަރު ކޯޅުން ހައްލުކުރުމުގައި އިސް ދައުރެއް އަދާކޮށް، އާސިއަން ސަރަހައްދުގައި މެލޭޝިއާގެ ޑިޕްލޮމެޓިކް ބާރު ވަރުގަދަކޮށްފި އެވެ. މިގޮތުން ޖުލައި މަހުގެ ފަހުކޮޅު ފެށި ފަސްދުވަހުގެ މުއްދަތަކަށް ދެމިގެންދިޔަ ހަމަނުޖެހުންތަކުގައި މަދުވެގެން 43 މީހުން މަރުވެ އެތައް ހާސް އާންމުންގެ ގެދޮރު ވަނީ ގެއްލިފައެވެ. މިހާރު އާސިއަންގެ ޗެއާމަންކަމުގެ މަގާމު އަދާކުރާ މެލޭޝިޔާއިން ވަނީ ޖުލައި 28 ވަނަ ދުވަހު ޕުޓްރަޖަޔާގައި ކުއްލި މަޝްވަރާތަކެއް ބާއްވާފައެވެ. ތައިލެންޑުގެ އެކްޓިން ބޮޑުވަޒީރު ފުމްތަމް ވެޗަޗައި އާއި […]