އިންޑިޔާގެ މުމްބާއީ އަށް ބޯކޮށް ވާރޭވެހި އާންމު ދިރިއުޅުން ހުއްޓުމަކަށް އައިސްފައި

އިންޑިޔާގެ ފައިނޭންޝަލް ކެޕިޓަލްގެ ނަމުން ނަންދީފައިވާ މުމްބާއީ އަށް ބޯކޮށްވާރޭވެހި މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ކުރިމަތިވި ހާދިސާތަކުގައި 21 މީހުން މަރުވެފައިވާކަމަށް ޚަބަރު ލިބެއެވެ. ފެންބޮޑުވުމާއި ގުޅިގެން އާންމު ދިރިއުޅުމުގެ ކަންކަންވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިގޮތުން އެތައް މިލިއަން މީހުންގެ ދިރިއުޅުމުގެ ކަންކަމަށް އަސަރު ކޮށްފައިވާއިރު ފަންސާހަކަށް ފްލައިޓްކެންސަލްކޮށް ނުވަތަ ފަސްކޮށްފައިވާއިރު، ގިނަ އަދަދެއްގެ ރޭލު ދަތުރުތައްވެސް ކެންސަލް ކުރަން ޖެހުނު ކަމަށް ޚަބަރުތައް ބުނެއެވެ. މުމްބާއީގެ ގިނަ މަގުތަކެއްގައި އުނަގަނޑު ތާފެނަށް ފެން […]
އެމެރިކާއިން މެކްސިކޯއަށް ހަމަލާދިނުމަށް ވައިޓް ހައުސް އިން ޕެނެޓަގަންއަށް ހުއްދަ ދީފި

ލެޓިން އެމެރިކާގައި ޑްރަގް ވިޔަފާރީގެ ގަދަ ބާރުކަމަށް ބެލެވޭ މެކްސިކޯއާ ދެކޮޅަށް މިލިޓްރީ ބާރު ބޭނުންކުރަން ވައިޓްހައުސް އިން ޕެންޓަގަންއަށް ހުއްދަ ދީފިއެވެ. ރައީސް ޓްރަމްޕް ބޭނުންފުޅުވާގޮތަށް އަމަލު ކުރަން ދެކޮޅު ހަދާނަމަ މެކްސިކޯއަށް މިލިޓްރީ ބާރުން ހަމަލާދިނުން ހުއްދަ ދީފައިވާ ކަމަށް އެމެރިކާ ސަރުކާރުގެ މައުލޫމާތު އެނގޭ ފަރާތްތަކަކުން ރޯލިންގ ސްޓޯނަށް ޚަބަރު ދީފައި ވެއެވެ. އަދި އެއީ މެކްސިކޯ ހިފުން ނޫންކަމަށްވެސް ސަރުކާރުގެ އޮފިޝަލުން ބުނެފައި ވެއެވެ. އެމެރިކާއިން ބޭނުންވާ ގޮތަށް މެކްސިކޯ ސަރުކާރުން […]
މެލޭޝިއާ މިހާރު ފެންނަނީ އިންވެސްޓްމަންޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި!

ސިޔާސީ ހަމަޖެހުމާއި، ފަންނީ ވަޒީފާގެ ބާރާއި އަގުތަކުގެ ވާދަވެރިކަމުގެ ސަބަބުން އޭޝިއާގެ ކުރިއަރަމުން އަންނަ މާކެޓްތަކުގެ ތެރެއިން މެލޭޝިއާ ފާހަގަކޮށްލެވެނީ އެޓްރެކްޓިވް އިންވެސްޓްމެންޓް މަންޒިލެއްގެ ގޮތުގައެވެ. ސިޓިބެންކްގެ މެނޭޖިން ޑިރެކްޓަރު އަދި އޭޝިއާ ސައުތުގެ ހެޑް އޮފް މާކެޓްސް ސޫ ލީ ސްޓާބިޒްއަށް ވިދާޅުވީ، މި ކަންތައްތަކުގެ ސަބަބުން މެލޭޝިއާ އަކީ ސްޓްރެޓެޖިކް އިންވެސްޓްމަންޓްތަކަށް އިސްކަންދޭ ޗޮއިސްއަކަށް މިހާރު ވެފައިވާކަމަށެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި ކުރިއެރުމުގެ ފުރުސަތުތަކާއި، ގައުމީ ހަމަޖެހުން ބެލެންސް ކުރުމުގެ ގާބިލްކަން ހުރި ގައުމެއްކަން […]
އަންނަ ސެޕްޓެމްބަރ މަހު އިތުރު ގައުމުތަކުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލު ކުރާނެ

ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ނުފޫޒުގައި ފަލަސްތީނުގެ ދައުލަތެއް ރަސްމީގޮތުން މިވަގުތު އިއުލާން ކުރެވިފައިނެތް ކަމުގައި ވިޔަސް އެ ދައުލަތް އޮންނަން ޖެހޭނެކަމަށް ދުނިޔޭގެ ގިނަ ޤައުމުތަކުން ގަބޫލުކުރެއެވެ. ހައިރާންވެ އަންތަރީސް ވަނީ ދުނިޔޭގެ އެންމެ ބާރުގަދަ މުއައްސަސާއިން ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ އިންފާރު ކަނޑައަޅައި ނިންމުމަށްފަހު އެހެންބަޔަކު އެތަނަށް ވެރިވެ ގަނެ އާބާދު ކުރަމުން ދާއިރު އެކަން ހުއްޓުވަން އެ ބާރުގަދަ މުއައްސަސާއިން ނުކުޅެދިފައިވާ ކަމެވެ.ފަލަސްތީނުގެ ދައުލަތަކަށް މަސައްކަތް ކުރަމުން ގެންދާއިރު ފަލަސްތީނަށް ނިސްބަތްކުރެވޭ ބިމުގައި އެހެން […]
ކޮތަރަށް ކާން ދިނުން މަނާ ކުރުމުން މައްސަލަ ހޫނު ބަހުސަކަށް

އިންޑިޔާގެ މުމްބާއީގައި އާދަޔާޚިލާފަށް ކޮތަރު ގިނަވެފައިވުމާއި އެކު އާންމު ތަންތަނުގައި ކޮތަރަށް ކާން ދިނުން ސަރުކާރުން ދާދި ފަހުން މަނާކުރުމާއި ގުޅިގެން ސިވިކް އިދާރާތަކާއި ޕަބްލިކް ހެލްތު އެކްޓިވިސްޓުން އަދި ދޫންޏަށް ލޯބިކުރާފަރާތްތަކުގެ މެދުގައި ހޫނު ބަހުސެއް ފެށިފައިވާކަމަށް ޚަބަރު ލިބެއެވެ. އާންމުތަންތަނުގައި ކޮތަރަށް ކާންދިނުން މަނާކުރުމާއި ގުޅިގެން އެކަމާ ދެކޮޅަށް ނިކުތް ފަރާތްތަކާ ފުލުހުންނާ ދެމެދު މިމަހުވެސް ދެފަހަރެއްގެ މަތިން ކުރިމަތިލުންތައް ވަނީ ހިނގާފައެވެ. ކޮތަރަށް ކާންދޭ ތަންތަން ބެއްދުމަށް އަޅާފައިވާ ރަބަރު ޝީޓް ތައް […]
މެލޭޝިއާ އިން މިއަހަރުގެ މެދާއި ހަމައަށް 3.29 ބިލިއަން ރިންގިޓްގެ އޭއައި އިންވެސްޓްމަންޓްސް ހޯދައިފި

މެލޭޝިއާ ސަރުކާރުގެ ”ޑިޖިޓަލް މެލޭޝިއާ“ އިސްނެގުމުގެ ދަށުން މިއަހަރުގެ ޖޫން މަހާއި ހަމައަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާއަށް 3.29 ބިލިއަން ރިންގިޓްގެ އިންވެސްޓްމަންޓް މެލޭޝިޔާއިން ރެކޯޑްކޮށްފިއެވެ. މި އިންވެސްޓްމަންޓްތަކުގެ ސަބަބުން 6،920 އާއި ގާތްކުރަ އަދަދަކަށް ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެކަމަށް މެލޭޝިއާގެ ޑިޖިޓަލް މިނިސްޓަރު ގޯބިންދު ސިންގް ޑިއޯ ވަނީ ވިދާޅުވެފައެވެ. ގޯބިންދް ވިދާޅުވީ އިންވެސްޓްމަންޓްތައް ލިބުމާއެކު ސަރަހައްދީ އޭއައި ހަބެއްގެ ގޮތުގައި މެލޭޝިއާއަށް ވަރުގަދަ އިތުބާރެއް ލިބިފައިވާ ކަމަށާއި، މިއީ ދުނިޔޭގެ ޑިޖިޓަލް އިގްތިޞާދުގެ […]
އަސްކަރިއްޔާއިން ބްލެކް ހޯކް ހެލިކޮޕްޓަރު ގަތުމަށް ކުރާ މަސައްކަތް މެލޭޝިއާގެ ރަސްގެފާނު ހުއްޓުވައިފި

ރައްކާތެރިކަމުގެ ފެންވަރު ދަށްކަމާއި، މެލޭޝިއާ ސިފައިންނާއި އެކަށޭނަ އެއްޗެއް ނޫންކަމަށް ވިދާޅުވެ، މެލޭޝިއާގެ ރަސްގެފާނު ސުލްތާން އިބްރާހިމް އިސްކަންދަރު ވަނީ ދުވަސްވީ ބްލެކް ހޯކް ހެލިކޮޕްޓަރުތައް ގަތުމުގެ ޕްލޭންތައް ހުއްޓުމަށް އަސްކަރިއްޔާއަށް އަމުރުކުރައްވާފައެވެ. ”އަހަރެމެން ބޭނުންތަ އަހަރެމެންގެ ޕައިލެޓުން އުދުހޭ ސަންދޯކުގައި ބައިތިއްބަން؟ އަމިއްލައަށް ވިސްނާލަބަލަ،“ ސްޕެޝަލް ސާވިސް ރެޖިމެންޓަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ޖޯހޯރުގެ މެރސިންގ ޑިސްޓްރިކްޓްގައި ބޭއްވި ޕެރޭޑެއްގައި ވާހަކަފުޅު ދައްކަވަމުން ސުލްތާން ވިދާޅުވި އެވެ. އޭނާގެ ވާހަކަފުޅުން އެމެރިކާއިން އުފައްދާ، މުސްކުޅިވެ […]
އެމެރިކާގައި ކުށްކުރާ މީހުން ހޯދައި، ކުށުގެ ވެށި ކުޑަކުރުމަށް ޓްރަމްޕް ފެޑެރަލް އޮފިސަރުން ނެރެފި

ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ”ޒުވާން ޖޯޝުގައި ހިންގާ މާރާމާތީއާއި އަނިޔާވެރިކަން“ ހުއްޓުވުމަށް ކުރާ ކަމެއްގެ ގޮތުގައި ގިނަ އަދަދެއްގެ ފެޑެރަލް ލޯ އެންފޯސްމަންޓް އޮފިސަރުން ވޮޝިންޓަން ޑީސީއަށް ފޮނުވުމަށް އަމުރު ކުރައްވާފަ އެވެ. މި އޮޕަރޭޝަންގައި އެފްބީއައި، ޑީއީއޭ، އޭޓީއެފް، ޔޫއެސް މާޝަލްސް އަދި ޕާކް ޕޮލިސްގެ އެޖެންޓުން ވެރިރަށް ޕެޓްރޯލްކޮށް ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ކޯޑިނޭޓްކޮށް ކުރިއަށް ގެންދާނެ އެވެ. މި ފިޔަވަޅަކީ ފުރާވަރުގެ ސިޔާސީ އެއިޑްއަކަށް ދިން ހަމަލާ ހިމެނޭ ގޮތަށް މަތީ […]
ޕާކިސްތާނަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުން މަރުވި މީހުންގެ އަދަދު 300އަށް ވުރެމައްޗަށް

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި ގުގުރައިވިދައި، ފެން ބޮޑުވުމާއި ހޮނު އެޅުންފަދަ ހާދިޘާތަކުގައި މަރުވި މީހުންގެ އަދަދު 300އަށް ވުރެމައްޗައް އަރައިފި ކަމަށް ޚަބަރުލިބެއެވެ. މިހާތަނަށް 307 މީހުން މަރުވެފައިވާކަން ވަނީ ޔަގީން ކުރެވިފައެވެ. ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސުގައި އިމާރާތްތައް ވެއްޓުމުގެ ހާދިޘާތައް ވެސް ކުރިމަރިވެފައިވެއެވެ. މީގެ އިތުރުން މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވި ހެލިކޮޕްޓަރެއް ވެސް ވެއްޓިފައިވެއެވެ. ވެއްޓުނު ހެލިކޮޕްޓަރަކީ ފެން ބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ ބަޖައުރުގައި ޙާލުގައި ޖެހިފައިވާ ބަޔަކަށް ސާމާނު ހިފައިގެން […]
ޔުކްރެއިންގެ ހަނގުރާމައާއެކު ފަލަސްތީނުގެ މައްސަލައަށްވެސް ސުލްހަވެރި ހައްލެއް ގެނެވެން ޖެހޭނެއެވެ.

ރަޝިޔާގެ ރައީސް ލަޑިމީރ ޕޫޓިން އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ނިސްބަތްކޮށް ”ހަނގުރާމައިގެ ޖަރީމާ ހިންގަމުންގެންދާ މީހަކަށް ރަތް ދޫލައިގެ މަރުހަބާ“ ކީ ކަމަށް ބުނެ ޔޫ އެސް އޭ ޓްޑޭ އިން މަލާމާތް ކޮށްފިއެވެ. ދެ ލީޑަރުންގެ އަލަސްކާ ސަމިޓްގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހުންނެވީ ރައީސް ޕޫޓިން އަރިހުގައި ކިތަންމެހާވެސް ރަނަގަޅަށް ކުޑަކޮށްލާފައިކަން ދޭހަވެގެން ދިޔައެވެ. ރައީސް ޕޫޓިން ގެންދެވީ އެމަނިކުފާނަކީ ރަޝިޔާގެ ރައީސްކަން ފާޅުކުރައްވުމާއެކު ވަރަށް ރަނގަޅަށް އެމަނިކުފާނުގެ ޝަޚްސިއްޔަތު ހާމަކުރައްވަމުންނެވެ. ރައީސް […]