ބަޣުދާދުގެ ޖައްލާދު ޣައްޒާގެ ވަގުތީ ވެރިޔަކަށް

ޣައްޒާގެ ވަގުތީ އިދާރާގެ އިސްވެރިއަކަށް، އެތައް މިލިއަން މުސްލިމުންގެ ލެއިން ފޯވެފައިވާ ޓޯނީ ބްލެއަރ ހުށަހެޅުމަށް ވައިޓް ހައުސްއިން ތާއީދު ކުރަމުންދާ ކަމަށް އިޒުރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. އެ ޕްލޭންގެ ދަށުން، ޓޯނީ ބްލެއަރ އިސްވެ ހުރެ މަސައްކަތް ކުރަން ހަމަޖެހިފައިވަނީ، ”ގާޒާ އިންޓަނޭޝަނަލް ޓްރާންސިޝަނަލް އޮތޯރިޓީ (ޖީ.އައި.ޓީ.އޭ) ގައެވެ. ޣައްޒާގެ އެންމެ މަތީ ސިޔާސީ އަދި ޤާނޫނީ އޮފީހަކަށް ވެގެންދާނީ އެ އޮތޯރިޓީއެވެ. އަދި ފަސް އަހަރު ދުވަހުގެ މުއްދަތަށް ޓޯނީ ބްލެއަރ އިސްކޮށް ހުރެގެން […]
އިންޑިޔާގެ ހައިކޯޓެއްގައި އެއްމިލިއަން ކޭސް ނުބެލި ބެކްލޮގް ވެފައި

އިންޑިޔާގެ އާލްއާބާދުގެ ހައިކޯޓުގައި މިވަގުތު އެއްމިލިއަނަށްވުރެ ގިނަ ކޭސް ނުބެލި ބެކްލޮގް ވެފައިވާކަން ހާމަ ވެއްޖެ އެވެ. އަލާހްއާބާދުގެ ހައިކޯޓަކީ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހްރޫ އެތަނެއްގައި މަސައްކަތް ކުރެއްވުމުގެ ސަބަބުން މަޝްހޫރު ވެގެން ދިޔަ ތާރީޚީ ބިނާއެއްނަމަވެސް މިފަހަރު ހަބަރު ހެޑްލައިން ތަކަށް އަރާފައި މިވަނީ ތަފާތު ސަބަބަކާ ހުރެއެވެ. އަލާހްއާބާދު ހައިކޯޓުގައި ނުބެލި ވިހި ތިރާސް އަހަރުވަންދެން ބެހެއްޓިފައިވާ މައްސަލަ ތަކުގެ ތެރޭގައި ޖިނާއީ މައްސަލަތަކާއި ޕްރޮޕަޓީ އާއި ބެހޭ މައްސަލަ ތަކުގެ އިތުރުން […]
ކުރިޔަށް އޮތް ހައްޖު މޫސުމަށް ތައްޔާރު ވުމަށް ސައޫދީ ސަރުކާރުން 60 ގައުމަކާ ގުޅިގެން މަސައްކަތް ފަށައިފި

ކުރިޔަށް އޮތް 2026 ވަނަ އަހަރުގެ ހައްޖު މޫސުމަށް ތައްޔާރު ވުމުގެ ގޮތުން ސައޫދީ ހައްޖު އެންޑް އުމްރާ މިނިސްޓްރީން މިހާރުން ފެށިގެން ތައްޔާރީތައް ވާން ފަށައިފިއެވެ. މިގޮތުން ހައްޖުގެ އަޅުކަމުގެ ތާރީޚަށް އަދި 8 މަސް ދުވަސް އޮތް ނަމަވެސް މިހާރުވެސް ސައޫދީގެ ކަމާބޭ މިނިސްޓްރީން ވަނީ ފަސްދޮޅަހަށް ވުރެ ގިނަ ގައުމުގެ ހައްޖާބެހޭ އިދާރާ ތަކާއެކު ފަންސާހަކަށް ބައްދަލްވުން ބާއްވާ، ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ފަށާފައެވެ. ހައްޖުވެރިންނަށް އަމާޒުކޮށް މިފަހަރު ވަނީ ޙާއްސަ ބަސްދަތުރުގެ […]
އދ. ގެ ޢާންމު ޖަލްސާގައި ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅުގެ ފަސް މަންޒަރު

އެމެރިކާގެ ރައީސް ދައްކަވާ ވާހަކަފުޅުތަކަށް އެއީ ކިތަންމެ ދޯހަޅި ނުވަތަ މާނައިން ފުރިގެންވާ ވާހަކަފުޅުތަކެއް ނަމަވެސް ދުނިޔޭގެ ސަމާލުކަން ލިބެން ޖެހޭނެއެވެ. ދުނިޔޭގައި މިލިޓްރީ ގޮތުންނާއި އަދި އިގްތިސާދީ ގޮތުންވެސް އެންމެ ބާރުގަދަ ގައުމުގެ ރައީސަށް ވީމައެވެ. ދުނިޔޭގެ ވަރަށްގިނަ ލީޑަރުންނަކީ މާޒީއިންވެސް އެމީހުންގެ ގަދަ ބާރާއި އަނިޔާވެރިކަން އެކި ސިފަސިފައިގާ ރައްޔިތުންގެ މައްޗަށް ޢާންމުކޮށްފައިވާ ބައެކެވެ. ފަހުގެ ތާރީޚުގައި އިސްތިއުމާރީންގެ ދުވަސްވަރު ފާހަގަކޮށްލަން ޖެހެއެވެ. އަދުލު އިންސާފަކީ ވެރިމީހާ އެ ވަގުތަކު ބޭނުންވާ ގޮތެކެވެ. މި […]
ސިޔާސީ ހަރަކާތެއްގައި ބައިވެރިވި މީހުންތެރޭގައި ފިތިގެން 39 މީހުން މަރުވެއްޖެ

ދެކުނު އިންޑިޔާގެ ސްޓޭޓެއް ކަމަށްވާ ޓެމިލްނާޑޫ ގައި ސިޔާސީ އެއްވުމެއްގައި ބައިވެރި މީހުންގެ ތެރޭ ފިތިގެން، ކުޑަކުދިން ހިމެނޭހެން 39 މީހުން މަރުވެއްޖެއެވެ. ހޮނިހިރު ދުވަހު ގިނަ ބަޔަކު އެއްވީ މިހާރު ސިޔާސީ މައިދާނާ ގުޅިފައިވާ އެކްޓަރ ވިޖޭގެ ކެމްޕެއިން ހަރަކާތަކަށް ކަމަށްވެއެވެ. މި ހަރަކާތް އެތައް ގަޑިއިރަކަށް ލަސްކުރަން ޖެހުމުން ގިނަބަޔަކަށް އެކަމުގެ ތަކްލީފް ކުރިމަތިވެ ބައެއްމީހުން އަނބުރައިގަންނަމުންދާ މަންޒަރު ލޯކަލް ޗެނެލް ތަކުން ދައްކާފައި ވެއެވެ. ޓެމިލްނާޑޫގެ ޗީފް މިނިސްޓަރ އެމް ކޭ ސްޓާލިން […]
ފަލަސްތީންގެ ބިން ފޭރި ގަނެ އިޒްރޭލާ އެއްކޮށްލުމުގެ ފުރުސަތު ޔަހޫދީންނަކަށް ނުދޭނަން – ޓްރަމްޕް

ފަލަސްޠީނުގެ ހުޅަގު އައްސޭރި އިސްތިޢުމާރުކޮށް، އެ ބިން ފޭރިގަތުމުގެ ފުރުޞަތު ޔަހޫދީންނަށް ނުދެއްވާނެ ކަމުގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރުކަމަށް ބެލެމުން އަންނަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ އިޒްރާއިލްގެ ބޮޑުވަޒީރު ބެންޔަމީން ނަތަންޔާހޫ ހުކުރުދުވަހު އދ ގެ ޖެނެރަލް އެސެމްބްލީ އާ މުޚާތަބް ކުރެއްވުމުގެ ކުރިން އޯވަލް އޮފީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިޔަށްދާ އދ ގެ ޖެނެރަލް އެސެމްބްލީ ގައި ފަލަސްތީންގެ ދައުލަތް […]
އިންޑޮނީޝިޔާގައި ސްކޫލުން ދިން ކެއުން ކައިގެން ދެހާހަށް ވުރެ ގިނަ ކުދިން ބަލިވެއްޖެ

އިންޑޮނީޝިޔާގައި ސްކޫލުން ދިން މެންދުރުގެ ކެއުން ކައިގެން ދެހާހަށް ވުރެ ގިނަ ކުދިން ބަލިވެއްޖެ އެވެ. އިދާރާ ތަކުން ހާމަ ކޮށްފައިވާ ގޮތުގައި މުޅި މިހަފްތާތެރޭ ކާނާ ވިހަވެގެން ރިޕޯޓް ކޮށް އަދި ފަރުވާ ދެވުނު ކުދިންގެ އަދަދު ވަނީ 1،258 އަށް އަރާފައެވެ. އަދި މިދިޔަ ހަފްތާގައިވެސް ހުޅަގު ޖާވާ އަދި ސެންޓްރަލް ސުލަވވޭސީ ޕްރޮވިންސްގައިވެސް 800އެއްހާ ކުދިންނަށް ވަނީ ކާނާ ވިހަވެގެން ފަރުވާ ދީފައެވެ. އިންޑޮނީޝިޔާގެ ސްކޫލްތަކުގައި ހިލޭ މެންދުރުގެ ކެއުން ދޭންފަށާފައިވަނީ،ސްކޫލް ދަރިވަރުންނަށް […]
13 އަހަރުގެ ފިރިހެން ކުއްޖަކު މަތިންދާބޯޓެއްގެ ލޭޑިންގ ގިއަރ ކޮމްޕާޓްމަންޓް ގައި ފިލާ އިނދެ ދަތުރެއް ކޮށްފި

އަފްޣާނިސްތާނަށް ނިސްބަތްވާ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު މަތިންދާބޯޓެއްގެ ލޭޑިންގ ގިއަރ ކޮމްޕާޓްމަންޓް ގައި ފިލާ އިނދެ ދަތުރެއް ކޮށްފިއެވެ. އެބޯޓަކީ އަފްޣާނިސްތާންގެ ކާބުލް އިން ފުރައިގެން ޑެލްހީ އަށް ދަތުރު ކުރި ”ކާމް އެއާ“ ގެ މަތިންދާބޯޓެކެވެ. އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި ހޯމަ ދުވަހު ކުރި އެދަތުރަށްފަހު،ކުއްޖާ ފެނިފައިވަނީ ބޯޓު ޑެލްހީ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސުމުން އިންތަނުން ފައިބައިގެން ދާނެ ކޮޅެއް ނޭގިގެން ރަންވޭ މަތީގަ އުޅެނިކޮންނެވެ. ކުއްޖާ ފެނުމާއި އެކު ސެކިއުރިޓީ […]
ފިލިޕީންސަށް ސުޕަރ ތޫފާނެއް އަރައިފި

”ރަގާސާ“ ގެ ނަމުން ނަންދީފައިވާ ސުޕަރ ތޫފާން ފިލިޕީންސްގެ އުތުރުގެ ހިސާބުތަކަށް އެރުމާއި ގުޅިގެން އެތައްހާސްބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަމުންދާކަމަށް ޚަބަރު ލިބެއެވެ. މި ހިސާބުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެ، ބޮޑެތި ގެއްލުންތައް ލިބިފައެވެ. ގަޑިއަކު 230 ކިލޯމީޓަރުގެ ބާރު ވަޔާއެކު ސުޕަރ ތޫފާން ”ރަގާސާ“ އުތުރުގެ ބައެއް ޖަޒީރާތަކަށް އަރާފައިވަނީ ހޯމަ ދުވަހު އެތާގަޑިން މެންދުރު ފަހު ތިނެއް ޖަހާ އެހާކަންހާއިރުއެވެ. ތޫފާނާއެކު ދިހަވަރަކަށް ފޫޓުގެ ރާޅުވެސް އަރާނެ ކަމަށް މޫސުމާބެހޭ އިދާރާތަކުގެ […]
ސައޫދީއެރޭބިޔާއާއި ޕާކިސްތާނުން މިލިޓްރީ ގޮތުން ދިފާއީ އެއްބަސްވުމަކަށް

ސެޕްޓެމްބަރ 17 ވަނަ ދުވަހުގެ ދުނިޔެއަށް ފެނިގެން އެ ދިޔައީ ދުނިޔޭގެ ބާރުތައް އަނެއްކާވެސް އެފުށް މިފުށަށް ޖެހުމުގެ ފެށުން ކަމުގައި ބެލެވިދާނެއެވެ. ސައޫދީ އެރޭބިއާއާއި ޕާކިސްތާނާ ދެމެގު ކުރެވުނު މިލިޓްރީ ދިފާއީ އެއްބަސްވުމަކީ ސިޔާސީ ގޮތުން ވެވުނު އާދައިގެ އެއްބަސްވުމެއް ނޫނެވެ. އެއްބަސް ވުމަށްފަހު ސައޫދީ އެރޭބިއާގެ ވަލީއަހްދު މުހަންމަދު ބިން ސަލްމާނު ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހްބާޒު ޝަރީފް ގައިކޮޅުގައި ބައްދާލެއްވުމަކީ އާދައިގެ ބައްދާލުމެއް ނޫނެވެ. އެއީ ދެ ގައުމުގެ އެއްބައިވަންތަކަން ދުނިޔެއަށް ހާމަކޮށްދީ އެކަން ތަމްސީލުކޮށް […]