ޣައްޒާ ހަނގުރާމާއާ ގުޅޭ ގަރާރަށް ޔޫ އެން ސެކިއުރިޓީ ކައުންސިލްގެ ވޯޓް

ގާއްޒާގެ މުސްތަގްބަލާބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހުށައަޅާފައިވާ ގަރާރަށް ޔުނައިޓެޑް ނޭޝަންސްގެ ސެކިއުރިޓީ ކައުންސިލުން ވޯޓަށް އަހަން އެންމެ ދުވަހަކަށް ވެފައި ވަނިކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދުމަށް މަގު ބަންދުކުރާނެކަން އިސްރާއީލުގެ ބޮޑުވަޒީރު އިއުލާންކޮށްފިއެވެ. އެމެރިކާގެ ރައީސް ހުށައަޅުއްވާފައިވާ ގަރާރުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފަންކުރުމުގެ ފުރުސަތު ވަނީ ވަރަށް ފަނޑުގޮތަކަށްހުޅުވާދީފައެވެ.ނަތަންޔާހޫގެ ޒުވާބަކީ އިސްރާއީލާ އިންވެގެން ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުން ހަމާސް ބޭނުންގޮތަކަށް ކަންތައްކުރުމުގެ މަގު ފަހިވެގެން ދިޔައީއެވެ. އެހެންނަމަވެސް މިފަހަރު ޔޫ […]
ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލާދޭޝްގައި އިދިކޮޅުފަރާތްތަކުން މިދިޔަ އަހަރު ކުރިޔަށް ގެންދިޔަ މުޒާހަރާތަކާގުޅިގެން ސަރުކާރު ސިފައިން ބަޑިޖަހާ އެއްހާހަށްވުރެގިނަ މީހުން މަރުވެފައިވާ މައްސަލައިގައި ކުރީގެ ބޮޑުވަޒީރު ޝޭއިހް ހަސީނާ ގެ މައްޗަށް ކުށްސާބިތުވެ މަރަން ހުކުމް ކޮށްފިއެވެ. ހަސީނާގެ މައްޗަށް ޝަރިއަތް ކުރެވިފައިވަނީ ޚާއްސަ ޓްރައިބިއުނަލް އެއްގައެވެ. އަޑުއެހުން ތަކުން ހާމަވެފައިވާ ގޮތުގައި ކިޔަވާކުދިން އިސްވެ ފެށި އިދިކޮޅު މުޒާހަރާތަކުގައި ބައިވެރިވި މީހުން ތެރެއިން 1400 މީހުން ވަނީ ބަޑިޖެހުމުގެ ސަބަބުން މަރުވެފައެވެ. މިއަދަދު ވަނީ އދން ވެސް ކަށަވަރު ކޮށްދީފައެވެ. […]
ސައޫދީ ވަލީއަޙްދުގެ އަނބިކަނބަލުން، ހަކުރުބަލީގެ ކުދިންނަށް އެހީވާ ފަންޑަށް 10މިލިއަން ރިޔާލަ ހަދިޔާ ކުރައްވައިފި

ސައޫދީ ވަލީއަޙްދުގެ އަނބިކަނބަލުން ސާރާ ބިންތު މަޝްހޫރު، ސައޫދީ އަރޭބިޔާގައި ޓައިޕްވަން ޑައެބެޓިސް ޖެހިފައިވާ ކުދިންނަށް އެހީވާ ފަންޑަށް 10މިލިއަން ސައޫދީ ރިޔާލަ ހަދިޔާ ކުރައްވައިފި އެވެ. ކޮންމެ އަހަރެއްގެވެސް ނޮވެމަބަރުމަހުގެ 14 ވަނަ ދުވަސް ފާހަގަކުރަނީ ވަރލްޑް ޑައެބެޓިސްޑޭ ގެ ގޮތުގައެވެ. އެދުވަހުގެ ހަރަކާތްތަކުގެ ތެރޭން ވަލީއަޙްދުގެ އަނބިކަނބަލުން ސާރާ ހަދިޔާކުރެއްވި ފައިސާ ބޭނުން ކުރެވޭނީ ހަކުރުބަލި ޖެހިފައިވާ ކުދިންނަށް އެންމެ ފަހުގެ ފަރުވާ ފޯރުކޮށްދިނުމަށާ،އެކުދިންނަށް ދިރިއުޅުމުގައި ދިމާވެފައިވާ އެކިއެކި ދަތިތައް ފިލުވާދިނުމަށާއި އަދި އެ […]
މިއަދުގެ ބައެއް ނިއުސް ބްރީފިންގ
ގަލްފުގެ އަރަބި ގައުމުތަކުން ގުޅިގެން ސެކިއުރިޓީ ބެލެހެއްޓުމުގެ ވިސްނުމެއް

ފާއިތުވެގެން މިދާ ދިގު ޒާމަނުގައި ހުޅަނގުގެ ގައުމުތަކަށް ބަރޯސާވެގެން ތިބުމަށްފަހު ގަލްފުގެ އަރަބި ގައުމުތަކުން ގުޅިގެން ސެކިއުރިޓީ ބެލެހެއްޓުމުގެ ވިސްނުމެއްގައި ކުލަޖެހޭތަން ފެންނަން ފަށައިފިއެވެ. މިހާރުވެސް ގަލްފުގެ ގައުމުތަކުގައި އެމެރިކާއާއި އިނގިރޭސި ވިލާތައި އަދި ފަރަންސޭސި ވިލާތުން ތިބީ ގަލްފުގެ ގައުމުތަކަށް ބޭރުންނާއި އެތެރޭން އަންނަ ގޮންޖެހުންތަކާއި ހަމަލާތަކުން ސަލާމަތްކޮށްދިނުމުގެ ވައުދާއެކު އެގައުމުގައި މިލިޓްރީ ބޭސްތައް ގާއިމްކޮށް ފައިހަރުކޮށްގެންނެވެ. އެހެންނަމަވެސް މިލިޓްރީ ބޭސްތަކުގެ ވައުދާއި ކަންހިނގަމުންދާގޮތް ވަރަށް ތަފާތެވެ.ޗައިނާއާއި ފައިހަމަކުރަން އެމެރިކާއިން ބޭނުންވާތީ އެހެން ހުރިހާ ސަރަހައްދަކަށްވުރެން […]
ފާއިތުވި 25 އަހަރުވެސް ނުފެތުރޭވަރަށް އެފްރިކާގައި ކޮލެރާ ފެތުރެނީ

ފާއިތުވި 25 އަހަރުވެސް ނުފެތުރޭވަރަށް އެފްރިކާގެ ބައެއް ގައުމުތަކުގައި ކޮލެރާ ފެތުރެމުން އެބަދާ ކަމަށް މެޑިކަލް އެކްސްޕަރޓުންނާ ހަވާލާދީ ލިބޭހަބަރުތައް ބުނެފިއެވެ. އެފްރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލުން ބުނި ގޮތުގައި މިއަހަރުގެ މިހާތަނަށް 300،000މީހުންނާ ކުދިންނަށް ބަލިޖެހުނުކަން ވަނީ ޔަގީން ކުރެވިފައެވެ. މިއީ މިދިޔަ އަހަރުގެ ރެކޯޑްތަކަށް ވުރެ އިތުރު އަދަދެކެވެ. ނެޑިކަލް އޮފިޝަލުން ވިދާޅުވާ ގޮތުގައި މިފަހަރުގެ އައުޓް ބްރޭކް ގައި އެންމެ ގިނައިން ބަލި ރިޕޯޓް ކުރަމުންދަނީ އެންގޯލާ އަދި ބުރުންޑީގައެވެ. އެފްރިކާގެ […]
އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކެއް ނުހިންގަން: ޝެއިޚް ހަސީނާ

ބަންގްލާދޭޝްގެ އިދިކޮޅު ފަރާތްތަކުން މިދިޔަ އަހަރު ހިންގި ހަރަކާތް މައިތިރިކުރުމަށް އިންސާނިއްޔަތާ ޚިލާފް ޖަރީމާ ހިންގަން ސިފައިންނަށް އަމުރު ކުރައްވާފައިނުވާނެ ކަމަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވިދާޅުވެއްޖެއެވެ. ހާލަތު ކޮންޓްރޯލުން ނެއްޓިގެން ދިޔަކަމަށާ އެތައްބަޔެއްގެ ފުރާނަ ގެއްލިގެން ދިޔަކަމަށް އެއްބަސްވެ ވަޑައިގަންނަވާ ކަމަށާ އެހެން ނަމަވެސް ހަތިޔާރެއް ނެތް އާންމުން ގަޔަށް ބަޑިޖަހަށް އޭނާ އަމުރު ނުކުރައްވާ ކަމަށް ހަސީނާ ވިދާޅުވެފައިވެއެވެ. ނަމަވެސް ”ލީތަލް ވެޕަންސް“ ނުވަތަ ފުރާނަޔަށް ގެއްލުންވާފަދަ ހަތިޔާރު ބޭނުން ކުރުމަށް […]
ރައީސް ޓްރަމްޕްގެ އަބުރުފުޅާބެހިގެން 1 ބިލިއަން ޑޮލަރުގެ ބަދަލު ހޯދުމަށް ދައުވާކުރަނީ

ޕަނަރޯމާ ޑޮކިއުމެންޓަރީއާ ގުޅޭގޮތުން ބީބީސީ އިން ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަބުރުފުޅަށް އަރާގެންފައިވަނީ ފްލޮރިޑާގެ އަބުރާބެހުމުގެ ގާނޫނާ ޚިލާފަށް ކަމުގައި ކަނޑައަޅައިދިނުމަށާއި ބަދަލުގައި 1 ބިލިއަން އެމެރިކާ ޑޮލަރ ނަގައިދިނުމަށް އެދި ރައީސް ޑްރަމްޕްގެ ފަރާތުން އެމެރިކާގައި ކޯޓަށް ހުށައަޅަން ގަސްދުކުރާކަން ދަ ހިލްއިން ބުނެފިއެވެ. ޕަނަރޯމާ ޑޮކިއުމެންޓަރީ ކަމަށް ބުނެފައިއެވަނީ 2021 ވަނައަހަރު ކެޕިޓަލް ހިލްގައި ހިނގާދިޔަ ހަމަނުޖެހުންތަކަކީ ރައީސް ޓްރަމްޕް އިސްނަނަގަވައި ހުންނަވައި ހިންގަވާފައިވާ ހަލަބޮލިކަމެއްކަމުގެ ލިއެކިއުންތަކާއި ވީޑިއޯ ތަކަށެވެ. އެ ވީޑިއޯތައް 2024 […]
އަފްޢާނިސްތާންގެ ހަރުކަށި އުސޫލުތަކުން ސަލާމަތްވެ ދުނިޔޭގެ ބޮޑީބިލްޑިންގ މުބާރާތަށް

ދުނިޔޭގެ ފެންވަރުގެ ބޮޑީބިލްޑިންގ މުބާރާތްތަކުގައި ބައިވެރިވަމުންދާ އަފްޢާނިސްތާނުގެ ރޯޔާ ކަރީމީ އަކީ އަފްޢާނިސްތާންގައި އޮންނަ ހަރުކަށި އުސޫލުތަކުން ގަދަކަމުން ސަލާމަތް ވެގެން ނިކުތް ”ޗައިލްޑް ބްރައިޑް“ އެއްކަން ބަލާމީހުންނަށް އިހުސާސްވެސް ނުކުރެވެއެވެ. ގަދަޔަށް މޭކްއަޕް ކޮށް އިސްތަށިގަނޑު ގައި ބްލޮންޑް ކުލަ ޖައްސާފައިވާއިރު، މިހަމަޔަށް އައުމަށް އޭނާކުރި ދަތުރު އޭނާވަނީ ބީބީސީ އަށް ކިޔާދީފައެވެ. އޭނާކިޔާދިން ގޮތުގައި އަފްޢާނިސްތާންގެ އާންމު އުސޫލުގެ މަތިން، އުމުރުން އެންމެ 15 އަހަރުގައި އޭނާ މީހަކާދެވިއެވެ.އަދި ފިރިހެން ދަރިއަކު ލިބިފައި ވެއެވެ.ނަމަވެސް […]
ވައިޓްހައުސްގައި އޮތް ހަފުލާއެއްގައި ރައީސް ޓްރަމްޕްއަށް އަވަހާރަފުޅު ލެއްޕެވިއްޖެ

ވައިޓްހައުސްގައި ބޭއްވުނު ހަފުލާއެއްގައި ރައީސް ޓްރަމްޕްއަށް އަވަހާރަފުޅު ލެއްޕެވިއްޖެއެވެ. އެ މަނިކުފާނުގެ ކުރިން އެމެރިކާގައިހުންނެވި ރައީސް ބައިޑްންއަށްވެސް މިކަހަލަގޮތަކަށް އަވަހާރަފުޅު ލެއްޕެވެމުން އަންނާތީވެ އެ ދުވަސްވަރު މަލާމާތުގެ އިނގިލި ދިއްކުރެވެމުން ދިޔައެވެ. ބަރުދަން ލުއިކުރުމަށްޓަކައި ބޭނުންކުރާނެ ބޭހެއް ތައާރުފް ކުރަން މިދިޔަ ބުރާސްފަތި ދުވަހު ވައިޓްހައުސްގައި ބޭއްވުނު ހަފުލާގައި އެތައްފަހަރަކު ރައީސް ޓްރަމްޕް ގޮނޑިކޮޅުގައި ނިދިޖެހިފައި އިންނަވަނިކޮށް ކެމެރާތަކަށް ފެނިފައިވާކަމަށް ކެލިފޯރނިއާގެ ގަވަރނަރ ނިއުސަމް ގޭވިން އެންމެފަހުން ކުރެއްވި ޕޯސްޓުގައި ފާހަގަކޮށްފައި ވެއެވެ. ރައީސް ޓްރަމްޕް އާއި […]