އިންޑޮނީޝިއާގެ އޮފީސް އިމާރާތެއްގައި ރޯވެ 22 މީހުން މަރުވެއްޖެ

އިންޑޮނީޝިއާގެ އޮފީސް އިމާރާތެއްގައި ހިނގި އަލިފާނުފެ ހާދިސާގައި 22 މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައި ހުންނަ ހަތް ބުރީގެ އޮފީސް އިމާރާތެއް ކަމަށްވާ ޓެރާ ޑްރޯން އޮފީސް އިމާރާތުގައެވެ.ޑްރޯން އުފައްދާ ކުންފުންޏަކުން ބޭނުންކުރަމުން އައި އެ އިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވެފައިވަނީ އެއިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުރި ބެޓަރީ އެއްގައި ރޯވެގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.ސެންޓްރަލް ޖަކާޓާގެ ފުލުހުންގެ ވެރިޔާ ސުސަޓޯ ޕުރްނޯމޯ ކޮންޑްރޯ ވިދާޅުވީ، މިހާތަނަށް 22 […]

ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގެ އެއްބަސްވުމަކާ ހަމައަށް އައުމަށް އޮތީ މައިގަނޑު 2 މައްސަލައެއް: ކީތު ކެލޮގް

ޔޫކްރެއިން އާއި ރަޝިޔާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް އެއްބަސްވުމަކާ ހަމައަށް އައުމަށް އޮތީ މައިގަނޑު ދެ މައްސަލައެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔޫކްރެއިންއަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު، ކީތު ކެލޮގް ވިދާޅުވެއްޖެއެވެ. . ެއޭނާ މިހެން ވިދާޅުވީ ކެލިފޯނިއާގައި ހުންނަ ރޮނަލްޑް ރޭގަން ޕްރެޒިޑެންޝަލް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި ފޯރަމެއްގައި ވާހަކަ ދައްކަވަމުންނެވެ. މަންދޫބު ކީތު ކެލޮގް ވިދާޅުވީ، ޔޫކްރެއިންގެ މައްސަލަ ހައްލު ކުރަން ކައިރިވެފައިވާ ކަމަށާއި ނަމަވެސް ޒަޕޯރިޒްޒިއާ […]

އިންޑޮނީޝިއާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 914 މީހުން މަރުވެއްޖެ

އިންޑޮނީޝިއާގެ ސުމަޓްރާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި 914 މީހުން މަރުވެއްޖެއެވެ. އެ ގައުމުގެ ނޭޝަނަލް ޑިޒާސްޓާ މިޓިގޭޝަން އޭޖެންސީ (ބީއެންޕީބީ) އިން ވަނީ އިންޑޮނީޝިއާގެ ސުމަޓްރާގެ ތިން ޕްރޮވިންސެއްގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 914 މީހުން މަރުވެފައިވާކަން ހާމަކޮށްފައެވެ. ބީއެންޕީބީގެ ޑޭޓާ، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ސެންޓަރުގެ ވެރިޔާ އަބްދުލް މުހާރީ ވިދާޅުވީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހާ ހަމައަށް މަރުވި […]

އިންޑިއާގެ ގޯއާގެ ނައިޓްކްލަބެއްގައި އަލިފާންރޯވެ ޓުއަރިސްޓުން ހިމެނޭހެން 25 މީހުން މަރުވެއްޖެ

އިންޑިޔާގެ ގޯއާގެ މަގްބޫލް ނައިޓް ކްލަބެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި 25 މީހުން މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. މަރުވި މީހުންގެތެރޭގައި ޓުއަރިސްޓުން ހިމެނޭ އިރު ދެން ގިނައިން ހިމެނެނީ އެތަނުގެ މުވައްޒަފުން ކަމަށް ވެއެވެ. ހޮނިހިރު ދުވަހުގެރޭ ދަންވަރު 12 ޖަހާ އެހާކަންހާއިރު މިހާދިސާ ހިނގަން ދިމާވެފައިވަނީ ބަދިގޭގައި ބޭނުންކުރާ ގޭސް ސިލިންޑަރެއް ގޮވައިގެން ކަމަށް ގަބޫލުކުރެވޭ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި އަލިފާންގަނޑު ބޮޑަށް ފެތުރިފައިވަނީވެސް ބަދިގެޔާ ބަދިގެ ވަށައިގެންވާ ސަރަހައްދުތަކުގައި […]

ބާރުގަދަ ސައިކްލޯން އާއި ގުޅިގެން ސްރީލަންކާގައި ވޮލަންޓިއަރ ކުރުމުގެ ރޫހެއް ފެށިގެން ކުރިޔަށް ދަނީ

ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ބާރުގަދަ ތޫފާން ޑިޓުވާ ގެ ސަބަބުން ބޮޑެތި ސަރަހައްދުތަކެއްގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު، ހާލުގައި ޖެހުނު މީހުން ނަށް އެހީވުމުގެ ރޫހެއް އެގައުމުގައި ފެތުރިފައިވާކަމަށް ޚަބަރުލިބެއެވެ. މިގޮތުން ތޫފާނުގެ އަސަރު ނުކުރާ ހިސާބުތަކުން އެތައް ހާސް މީހުން އެހީގެ މަރުކަޒުތަކަށް ޖަމާވެ އެހީގެ މަސައްކަތުގައި ވޮލަންޓިއަރ ކުރަމުން ދާއިރު ތަކެތި ފޮނުވުމުގެ ރޫހެއްވެސް ފެށިފައިވާ ކަމަށް ވެއެވެ. އެހީވާން ނިކުމެފައިވާ މީހުންގެ ތެރޭގައި ސްރީލަންކާގެ އެކިއެކި މަޝްހޫރު ފަރާތްތައްވެސް […]

އިސްރާއީލުން ޣައްޒާއަށް ދިން ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ ނޫސްވެރިއަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ޣައްޒާއަށް ދިން ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ ނޫސްވެރިއަކު ޝަހީދުކޮށްލައިފިއެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުކޮށްލާފައި ވަނީ ފަލަސްތީނުގެ ފޮޓޯ ޖާނަލިސްޓެކެވެ. އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ޝަހީދުކޮށްލާފައި ވަނީ މަހްމޫދު ވާދީ ނަމަކަށް ކިޔާ ފަލަސްތީނުގެ ނޫސްވެރިޔެކެވެ.އިޒްރޭލުން ޣައްޒާއަށް އެ ގައުމުން ބޭރުގެ ނޫސްވެރިން އެތެރެވުން މަނާކޮށްފައި އޮތުމުން، ފަލަސްތީނުގެ ނޫސްވެރިންނަކީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުން އަންނަ ޖަރީމާތައް ދުނިޔެއަށް ތިލަ ކޮށްދީ ހަނގުރާމަ ހިނގަމުން އަންނަ ސަރަހައްދުތަކުން ސީދާ […]

ސްރީލަންކާއަށް މިކުރިމަތިވީ މުޅި ތާރީޚްގައިވެސް ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިސާ: އަނުރާ ކުމާރަ ޑިސަނާޔަކަ

ސްރީލަންކާއަށް މިވަގުތު ކުރިމަތިވެފައިވާ ގުދްރަތީ ކާރިސާ އަކީ އެގައުމުގެ މުޅި ތާރީޚްގައިވެސް ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިސާ ކަމުގައި އެގައުމުގެ ރައީސް އަނުރާ ކުމާރަ ޑިސަނާޔަކަ ވިދާޅުވެއްޖެއެވެ. ރައިސް އަނުރާ ވިދާޅުވީ މިކަމުން އަރައިގަތުމަށްޓަކާ ހުރިހާ ޔުޓިލިޓީ ކުންފުނިތަކާ ސަރުކާރުގެ އިސް އިދާރާތައް ގުޅިގެން ބާރަށް މަސައްކަތް ކުރަމުންދާކަމަށާ ވަރަށް ކުޑަމުއްދަތެއްގެތެރޭގައި މިކަމުން އަރައިގަތުމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައިވެއެވެ. ރައީސް ޑިސަނާޔަކަ ވިދާޅުވީ ލިބިފައިވާ ގެއްލުން ބޮޑުކަމުން އަލުން އާރާސްތު ކުރުމަށް ހިނގާނެ ޚަރަދު މިވަގުތު އަންދާޒާ […]

ީރައީސް ޒެލެންސްކީ ނިކުމެވަޑައިގަންނަވަން މިޖެހުނީ ރައީސް ޓްރަމްޕްގެ ދުއްރައިގެ ކުރިމައްޗަށް

ގިނަ ދުވަސްތަކަކަށް ދެމިގެން ދިއުމަށްފަހު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިންމުމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ދުއްރައިގެ ކުރިމައްޗަށް ޔޫކްރެއިން ރައީސް ޒެލެންސްކީ ނިކުމެ ވަޑައިގަންނަވަން މި ޖެހިވަޑައިގަތީ ހަމައެކަނި 2 ޗޮއިސް އަކަށެވެ. ފުރަތަމަ ޗޮއިސްއަކީ ނޯ ޗޮއިސް އެވެ. ދެވަނަ ޗޮއިސްއަކީ އެންމެ ގޯސް ޗޮއިސް އެވެ. ރައީސް ޓްރަމްޕް ބޭނުންފުޅުވަނީ ސުލްހަވެރި ހައްލެއް ގެނައުމަށެވެ. އެކަމަކު އެމަނިކުފާނުގެ ޚާއްސަ މުޝީރު ސްޓީވް ވިކްޓޯފް މޮސްކޯގައި ކުރިއަށް ގެންދަވާ މާޝްވަރާތަކުގެ އަލީގައި އެނގި ހާމަވެގެންދަނީ ހަނގުރާމަ […]

އީރާނާއެކު ޕާކިސްތާނުން ގުޅުން ބަދަހިކުރަންޖެހޭ

އީރާނުގެ ސުޕްރީމް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރި ބްރިގޭޑިއަރ ޖެނެރަލް ޑޮކްޓަރ އަލީ ލަރްޖާނީ ރަސްމީ ދަތުރުފުޅެއްގައި މިދިޔަ ހޯމަދުވަހުގެރޭ ޕާކިސްތާނަށް ވަޑައިގެންނެވި ޚަބަރު ޕާކިސްތާނުގެ މީޑިއާއިން ގެނެސްދީފިއެވެ. ޕާކިސްތާނާނުން އީރާނާއެކު ގުޅުން އިތުރަށް ބަދަހި ކުރަން ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ފީލްޑް މާޝަލް ސައީދު އާސިމް މުނީރު ގޮވާލައވައިފިއެވެ. ސަރަހައްދުގައި ފެތުރެމުންދާ ޓެރަރިސްޓް ހަރަކާތްތައް ނިމުމަކަށްގެނެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އީރާނާއެކު އިތުރަށް ގުޅުން ބަދަހި ކުރަންޖެހޭ ކަމަށް ރާވަލްޕިންޑީގައި ހުންނަ ޖެނެރަލް ހެޑްކުއާރޓަރގައި އީރާނުގެ ސެކްރެޓަރީ […]

ވެނެޒޫލާގެ ރައީސް ހައްޔަރުކުރެވިދާނެ މައުލޫމާތު ދިންފަރާތަކަށް 50 މިލިއަން ޑޮލަރު

ވެނެޒޫލާގެ ރައީސް ނިކޯލަސް މަޖޫރޯ ހައްޔަރު ކުރެވިދާނެ މައުލޫމާތު ފޯރުކޮށްދިންމީހަކަށް 50 މިލިއަން ޑޮލަރުގެ ރިޝްވަތެއް އެމެރިކާ ސަރުކާރުން ހުށައަޅައިފިކަމަށް އަލްޖަޒީރާގެ ޚަބަރުގައި ބުނެފިއެވެ. މިއީ އެމެރިކާގެ ތާރީޚުގައި ގައުމެއްގެ ރައީސަކު ނުވަތަ އެމެރިކާއިން ކޮންމެހެން ހައްޔަރުކުރަން ބޭނުންވާ މީހަކަށް ހުށައަޅާފައިވާ އެންމެ މަތީ ރިޝްވަތު ކަމުގައިވެސް ބުނެފައިވެއެވެ. މި ބޮޑު ރިޝްވަތުގެ ސަބަބުން ރައީސް ޓްރަމްޕް އާއި ރައީސް މަޖޫރޯގެ ދުޝްމަނީ ވަރަށް ރަނގަޅށް ހާމަވެގެން ހިނގައްޖެއެވެ. މީގެކުރިން އެ މަނިކުފާނު ހައްޔަރުކުރުމަށް އެހީ ފޯރުކޮށްދިން […]