ޗަައިނާގެ އުފެއްދުންތައް ޔޫރަޕްގެ ބައެއް ގައުމުތަކަށް ފޮނުވާދިނުމުގައި މައިދޮރާއްޓަކަށް އީރާން

ޗައިނާގެ އުފެއްދުން ތަކުގެ ތެރެއިން ޔޫރަޕްގެ ބައެއް ގައުމު ތަކަށް އަހަރަކު އެތެރެކުރެވޭ ކަމަށް އަންދާޒާ ކުރެވިފައިވާ 60 މިލިއަން ޓަނުގެ މުދާ އުފުލުމަށްޓަކައި 6 ގައުމެއް ގުޅިގެން ރޭއިލްވޭމަގެއް ހުޅުވުމަށް އެއްބަސްވެ ޗައިނާއާއި އީރާން އަދި ކަޒަކިސްތާނާއި އުޒުބަކިސްތާން އަދި ތުރުކީ އާއި ތުރުކުމެނިސްތާނުން ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އިސްލާމިކް ރިޕަބްލިކް އޮފް އީރާނަކީ މި ރެއިލްވޭ މަގުގައި ރަންދޮރާށި ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ. މި އެއްބަސްވުމުގައި ބައިވެރިވާ 6 ގައުމުގެ ވިސްނުމަކީ އެ ގައުމުތަކުގެ […]

އިންޑިޔާގައި ތެލަސީމިޔާ ކުދިން އެޗް.އައި.ވީ އަށް ޕޮޒިޓިވްވާ މައްސަލަ ބޮޑުވެފައި

އިންޑިޔާގެ ބައެއް ސްޓޭޓް ތަކުގައި ތެލަސީމިޔާ ކުދިން އެޗް.އައި.ވީ އަށް ޕޮޒިޓިވް ވާ މައްސަލަ އިތުރުވަމުންދާތީ ކަންބޮޑުވުން އުފެދިފައިވާކަން ހާމަވެއްޖެއެވެ. ތެލަސީމިޔާ އަކީ ޖެނެޓިކް ގޮތުން ވާރުތަވާ ލޭގެ ޑިސްއޯޑަރ އަކަށް ވާއިރު ތެލަސީމިޔާޖެހިފައިވާކުދިން އެނީމިޔާ ފަދަ ބަލިތަކަށް ހުށަހެޅުން ދުރުކޮށް އަދި ފުރާނަ ސަލާމަތް ކުރުމަށްޓަކާ ގަވާއިދުން ލޭއަޅަން ޖެހެއެވެ.އިންޑިޔާގެ މަދްޔާ ޕްރަދޭޝްގެ ކަމާބެހޭ އިދާރާތަކުން ބުދަދުވަހު ހާމަކޮށްފައިވާ ގޮތުގައި އުމުރުން ތިންއަހަރާ 15 އަހަރާދެމެދުގެ، ތެލަސީމިޔާ ޖެހިފައިވާ ފަސް ކުއްޖަކު އެޗް.އައި.ވީ އަށް ޕޮޒިޓިވް […]

އެމެރިކާގެ ޓެކްސްއިން ލުއިހޯދުމަށް އިންޑިއާއިން އޮމާނާއެކު ފްރީ ޓްރޭޑް އެއްބަސްވުމަކަށް

އެމެރިކާއިން އިންޑިއާގެ އުފެއްދުންތަކަށް އިމްޕޯރޓް ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކާއި ދުނިޔޭގެ އާންމު ވިޔަފާރިތައް ވެއްޓެމުންދާ ނޭންގުމުގެތެރެއިން ފަރުވާއެއް ހޯދުމަށް ކުރަމުންގެންދާ މަސައްކަތުގެތެރޭން މިދިޔަ ބުރާސްފަތިދުވަހު އޮމާނާއެކު ފްރީޓްރޭޑް އެއްބަސް ވުމެއް އިންޑިއާއިން ގާއިމަކޮށްފިއެވެ. މި އެއްބަސްވުމުގައި އިންޑިއާގެ ފަރާތުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ސޮއި ކުރެއްވި އިރު އޮމާންގެ ފަރާތުން ސޮއިކުރެއްވީ ސުލްތާން ހައިތަމް ބިން ޓާރިގް އެވެ. މިއީ ފާއިތުވެގެންމިދާ ހައެއްކަ މަސްދުވަހުގެ ތެރޭގައި އިންޑިއާއިން ސޮއިކުރި 2 ވަނަ ފްރީ ޓްރޭޑް […]

ޣައްޒާގެ ސްކޫލަކަށް ދިން ހަމަލާއެއްގައި 6 މީހަކު ޝަހީދުވެ 4 މީހުން ޒަޚަމްވެއްޖެ

ފަލަސްތީނުގެ ޣައްޒާގެ އިރުމަތީ އަވަށުގެ ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ދީފައިވާ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ހަ މީހަކު ޝަހީދުވެ ހަތަރު މީހަކު ޒަޚަމްވެއްޖެ އެވެ. އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލު ސިފައިން ޣައްޒާގެ އިރުމަތީ އަވަށުގެ އަލް ތޫފާހް އަވަށުގެ ސްކޫލަކަށް ހުކުރު ދުވަހުގެ ރޭ ދިން ހަމަލާއެއްގައި އަންހެނަކު ހިމެނޭހެން ފަލަސްތީނުގެ ހަ މީހަކު ޝަހީދުވެ ހަތަރު މީހަކު ވަނީ ޒަޚަމްވެފައެވެ.އަލްޖަޒީރާއާ ހަވާލާދީ ލޯކަލް މަސްދަރުތަކުން ބުނި […]

ބަލި ކުދިން ބޭނުންކޮށްގެން ބަޔަކު ނާޖާއިޒު ފައިދާ ނަގަނީ

”އަހަރެންގެ އުމުރަކީ ހަތް އަހަރެވެ. އަހަރެންނަށް ވަނީ ކެންސަރު ޖެހިފައެވެ. އަހަރެންގެ ފުރާނަ ސަލާމަތް ކޮށް ދިނުމަށް އެހީތެރިވެދޭށެވެ.“ ބޮލުގަ އިސްތަށިނެތް ކުޑަ ފިރިހެން ކުއްޖަކު ރޮމުން ރޮމުން ބުނާ ވީޑިއޯ އެއް 2024 ވަނަ އަހަރު އިންޓަރނެޓްގައި ވައިރަލް ވިއެވެ. މިއާއެކު އެކިފަރާތްތަކުން ފައިސާފޮނުވަން ފެށުމާއިއެކު ދާދި އަވަހަށް 27ހާސް ޑޮލަރު ޖަމާވިއެވެ. ނަމަވެސް ވީޑިއޯ ހެދުމުގެ ފީއެއްގެ ގޮތުގައި ފުރަތަމަ ދިން 700ޑޮލަރު ފިޔަވާ އެއްވެސް ފައިސާއެއް ބަލިކުއްޖާ ޚަލީލްގެ އާއިލާއަށް ނުލިބޭ ކަމަށް […]

ޑިޓްވާ ތޫފާނުގެ ސަބަބުން ސްރީލަންކާގެ ހަ ހާހަށްވުރެގިނަ ގެ ހަލާކުވެފައިވޭ

ނޮވެމްބަރުމަހުގެ 27 ވަނަ ދުވަހު ސްރީލަންކާ އަށް ކުރިމަތިވި ޑިޓްވާ ތޫފާނުގެ ސަބަބުން އެގައުމުގެ ހަ ހާހަށް ވުރެގިނަ ގެޔަށް ދިރިނޫޅެވޭ ވަރަށް ގެއްލުންލިބި ގެތައް އެއްކޮށް ހަލާކުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. އެގައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހާމަ ކޮށްފައިވާ ގޮތުގައި 6،164 ގެ، މުޅިން ހަލާކުވެފައިވާ އިރު 112،110 ގެޔަށް ގެއްލުން ލިބިފައިވީނަމަވެސް ސާފުކޮށް، މަރާމާތު ކޮށްގެން އެގެތަކުގައި އުޅެވޭވަރު ވާނެކަމަށް ވަނީ ބެލިފައެވެ. ތޫފާނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ވެފައިވާ ސަރަހައްދުތަކަށް […]

މަޝްހޫރު ”ޝޮޕަހޯލިކް“ ސީރީޒް ގެ ލިއުންތެރިޔާ އުމުރުން 55 އަހަރުގައި މަރުވެއްޖެ

ޒުވާނުންގެ މެދުގައި މަގްބޫލްކަން ލިބިގެންދިޔަ ”ޝޮޕަހޯލިކް“ ސީރީޒް ގެ ލިއުންތެރިޔާ ސޯފީ ކިންސެލާ އުމުރުން 55 އަހަރުގައި މަރުވެއްޖެއެވެ. އޭނާ މަރުވެފައިވަނީ ސިކުޑީގެ ކެންސަރު ޖެހިގެންނެވެ.   ސޯފީ ކިންސެލާގެ ނަމުން މަޝްހޫރުވި ލިއުންތެރިޔާގެ އަސްލުނަމަކީ މެޑަލީން ސޯފީ ވިކްހަމްއެވެ. އޭނާޔަށް ޖެހުނު ބަލި ޑައެގްނޯސް ކުރެވުނީ 2022 ވަނަ އަހަރުއެވެ. މިބަލީގައި އޭނާ މަރުވި ހަބަރު އިއުލާން ކުރަމުން ސޯފީގެ އާއިލާއިން ބުނެފައިވަނީ ޑިސެމްބަރު 11ވަނަ ދުވަހުގެ ހެނދުނު ސޯފީ މަރުވެފައިވާކަން އިއުލާނު ކުރަނީ ހިތާމައިން […]

ސަޢޫދީ އާއި ޤަތަރާ ދެމެދު ހައި ސްޕީޑް ރޭލުން ގުޅާލަނީ

ސަޢޫދީ އާއި ޤަތަރާ ދެމެދު ހައި ސްޕީޑް ރޭލުން ގުޅާލަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ސައުދީގެ ރަސްމީ މީޑިއާގައި ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ”ހައިސްޕީޑް އިލެކްޓްރިކް ޕެސެންޖަރ ރޭލްވޭ“ އިން ރިޔާޒުގެ ކިންގް ސަލްމާން އިންޓަނޭޝަނަލް އެއާޕޯޓާއި ދޯހާގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓާ ގުޅުވައިދޭނެ ކަމަށެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ސައުދީގެ އަލް ހޮފޫފް އާއި ދައްމާމް ވެސް މި ނެޓްވޯކްގައި ހިމެނޭނެއެވެ. އެ ރޭލު ގަޑިއަކު 300 ކިލޯމީޓަރަށް ވުރެ ބާރު މިނުގައި […]

އިންޑޮނީޝިއާގެ އޮފީސް އިމާރާތެއްގައި ރޯވެ 22 މީހުން މަރުވެއްޖެ

އިންޑޮނީޝިއާގެ އޮފީސް އިމާރާތެއްގައި ހިނގި އަލިފާނުފެ ހާދިސާގައި 22 މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައި ހުންނަ ހަތް ބުރީގެ އޮފީސް އިމާރާތެއް ކަމަށްވާ ޓެރާ ޑްރޯން އޮފީސް އިމާރާތުގައެވެ.ޑްރޯން އުފައްދާ ކުންފުންޏަކުން ބޭނުންކުރަމުން އައި އެ އިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވެފައިވަނީ އެއިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުރި ބެޓަރީ އެއްގައި ރޯވެގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.ސެންޓްރަލް ޖަކާޓާގެ ފުލުހުންގެ ވެރިޔާ ސުސަޓޯ ޕުރްނޯމޯ ކޮންޑްރޯ ވިދާޅުވީ، މިހާތަނަށް 22 […]

ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގެ އެއްބަސްވުމަކާ ހަމައަށް އައުމަށް އޮތީ މައިގަނޑު 2 މައްސަލައެއް: ކީތު ކެލޮގް

ޔޫކްރެއިން އާއި ރަޝިޔާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް އެއްބަސްވުމަކާ ހަމައަށް އައުމަށް އޮތީ މައިގަނޑު ދެ މައްސަލައެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔޫކްރެއިންއަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު، ކީތު ކެލޮގް ވިދާޅުވެއްޖެއެވެ. . ެއޭނާ މިހެން ވިދާޅުވީ ކެލިފޯނިއާގައި ހުންނަ ރޮނަލްޑް ރޭގަން ޕްރެޒިޑެންޝަލް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި ފޯރަމެއްގައި ވާހަކަ ދައްކަވަމުންނެވެ. މަންދޫބު ކީތު ކެލޮގް ވިދާޅުވީ، ޔޫކްރެއިންގެ މައްސަލަ ހައްލު ކުރަން ކައިރިވެފައިވާ ކަމަށާއި ނަމަވެސް ޒަޕޯރިޒްޒިއާ […]