މިއަންނަ އަންގާރަ ދުވަހުގެ ކުރިން އީރާނުން ހޮރްމުޒް ކަނޑުއޮޅި ހުޅުވަން ޖެހޭނެ

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމަ ދޭތެރެދޭތެރޭން މެދުކަނޑާލަން އެމެރިކާގެ ރައީސް އިއުލާންކުރައްވަމުން ގެންދެވިނަމަވެސް ހަނގުރާމައަށް ހުއްޓުމެއް ނާދެއެވެ. ވަގުތީގޮތުން ހަނގުރާމަ ހުއްޓުވުމަށާއި ސުލްހައިގެ ވާހަކަތަކަށް އެނބުރި އައުމަށް އަންގަވައި އީރާނާ ދެކޮޅަށް ބާރުގަދަ ބަސްތައްވެސް ރައީސް ޓްރަމްޕް ގެންދަވަނީ ބޭނުން ކުރައްވަމުންނެވެ. ސުލްހައިގެ މަޝްވަރާތަކަކީ ދެފަރާތުގައިހުރި މައްސަލަތަކާދޭތެރޭ ހަމަހަމަ ނަޒަރަކުން މުތާލިއާކޮށް އެއްބަސްވުމެއް ހޯދުންކަމަށް ކުރީގެ ރައީސް ބިލް ކްލިންޓަން ބާރުއަޅުއްވަމުން ގެންދަވާ ފަލްސަފާ ރައީސް ޓްރަމްޕްގެ ވިސްނުންފުޅަށް ވަންނަހެން ހީއެއް ނުވެއެވެ. ސުލްހައިގެ […]
ހަންޓާ ވައިރަހުގެ މައްސަލަ އާޖެންޓީނާއިން ބަލަން ފަށައިފި!

އާޖެންޓީނާގެ ކްރޫޒް ޝިޕެއްގައި ފެތުރެމުންދާ ނުރައްކާތެރި ހަންޓާވައިރަސްގެ މައްސަލަ އެ ގައުމުގެ ސިއްހީ އިދާރާތަކުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ބަލި ފެތުރެން ފަށާފައިވަނީ އާޖެންޓީނާގެ ދެކުނު ސަރަހައްދުން ކަމަށް ބެލެވޭއިރު، ބަލި ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.މި ބަލީގެ ސަބަބުން މިހާތަނަށް ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ’އެމް.ވީ ހޮންޑިއަސް‘ ނަމަކަށް ކިޔާ ކްރޫޒް ޝިޕުން ދަތުރުކުރި ނެދަލޭންޑްސްގެ ދެމަފިރިއަކާއި ޖަރުމަނުވިލާތުގެ ފަސިންޖަރެކެވެ. ބަލިޖެހުނު ބައެއް މީހުންނަށް ފަރުވާ […]
ޗައިނާ އަދި އީރާނުގެ ޚާރިޖީ ވަޒީރުން ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވައިފި

ޗައިނާ އަދި އީރާނުގެ ޚާރިޖީ ވަޒީރުން، އީރާނު ހަގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ބައްދަލް ކުރައްވާ މަޝްވަރާތައް ބާއްވަވައިފިއެވެ. ބުދަ ދުވަހު ބޭޖިންގ ގައި ބޭއްވެވި ބައްދަލް ވުމުގައި ޗައިނާގެ ޚާރިޖީ ވަޒީރު ވެންގ ޔީ ވަނީ ވީހާވެސް އަވަހަކަށް ހޮރްމޫސް ކަނޑުއޮޅި ހުޅުވުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން ދެމިގެންދާ ”ސީސްފަޔަރ“ އެއް ހޯދުމަކީ އަރޖަންޓް ”ޕްރަޔޮރިޓީ“ އެއްކަމަށާ މަޝްވަރާތަކުގައި ދެމިތިބުން މުހިންމު ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އަދި މަޝްރަހް ފިނިކޮށް ހާސްކަން ކެނޑުވުމަށް […]
ގަލްފު ހަނގުރާމައިގާ އެމެރިކާގެ ހަރަކާތްތައް ކުރީގެ ރައީސް ކްލިންޓަންގެ ދޫފުޅުން

ޕަރޝިއަން ގަލްފާއި ހޮރްމުޒް ކަނޑުއޮޅި އޮންނާނީ އީރާނުގެ ބާރުގެ ދަށުގައި. އީރާން ނޭވީއެމެރިކާގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ކުރީގެ ރައީސް ކްލިންޓަން މިދިޔަ ހަފްތާގައި ވިދާޅުވެފައިވެއެވެ. ކޮންމެ ހަފުތާއެއްގެ ތެރޭގައި އެމެރިކާގެ ރައްޔިތުންނަށްއެނގެންޖެހޭ އެކަމަކު އެނގުމެއް ނުވާ ބޮޑެތި އެތައް ކަމެއް ސަރުކާރުގެތެރޭގައި ހިނގަމުންދެއެވެ. އޭގެތެރޭން ބައެއްކަންތައް ރައްޔިތުންނަށް ސިއްރުކޮށް ފޮރުވުމަށް ދެއްކޭނެ ބަހަނާއެއްވެސް ނޯންނާނެއެވެ. މިއަދު އެމެރިކާގެ ރައްޔިތުންނަށް އަހަރެން ކިޔާދޭން ޖެހިފައިމިވަނީ ފާއިތުވެގެން ދިޔަ 24 ގަޑިއިރުތެރޭގައި ހިނގާދިޔަ ބޮޑެތި ވާހަކަތެކެކެވެ. ރައްޔިތުންނަށް އެނގުމެއް […]
ރަޝިއާގެ ސިފައިން ހަނގުރާމައިގެ ދަލުގައި ބެދިފައި!

ޔޫކްރެއިން ހަނގުރާމަ ދިގުލައިގެން ދާއިރު، ރަޝިއާގެ އަސްކަރިއްޔާގެ ތެރޭގައި ހިމޭން ނަމަވެސް ކަންބޮޑުވާންޖެހޭ ފަދަ މައްސަލައެއް ދަނީ ފެންމަތިވަމުންނެވެ. މިއީ ހަނގުރާމައިގެ މައިދާނުގައި ހޯދާ ކުރިއެރުންތަކަކާ ގުޅުންހުރި ކަމެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ހަނގުރާމައިން ރެކިގަތުމަށް މަސައްކަތްކުރާ ސިފައިންގެ އަދަދު އިތުރުވުމާ ގުޅޭ މައްސަލައެކެވެ. އަލްޖަޒީރާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުމުރުން 24 އަހަރުގެ އޮލެގްގެ ވާހަކައިން މިކަމުގެ ބިރުވެރިކަން ހާމަވެއެވެ. އޭނާއަށް ވަޒީފާގެ ފުރުސަތު ހުށަހެޅީ ޒަޕޮރިއްޒިއާ ނިއުކްލިއާ ޕަވަރ ޕްލާންޓްގެ ސެކިއުރިޓީ ބަލަހައްޓާ […]
އޭޝިއާގެ ގައުމުތަކުގެ ތެލުގެ ސަޕްލައިއަށް ބުރޫއަރައިފި!

އީރާނާއި، އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، އޭޝިއާ-ޕެސިފިކް ސަރަހައްދުގެ ގައުމުތަކަށް މީގެ ”ނުހަނު ބޮޑު އަސަރެއް“ ކުރަމުންދާކަމަށް ޖަޕާނުގެ ބޮޑުވަޒީރު ސަނޭ ޓަކައިޗީ ވިދާޅުވެއްޖެއެވެ. އޮސްޓްރޭލިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުން ޓަކައިޗީ އިންޒާރު ދެއްވި ގޮތުގައި، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް ހުރަސް އެޅުމުގެ ސަބަބުން، ހަކަތައިގެ ސަޕްލައިއަށް ވަނީ […]
އަރަފާތު ބިން ހިޔާކޮށް ފިނި ކުރުމަށް ޚާއްސަ މަސައްކަތެއް ނިންމާލައިފި

ހައްޖު މޫސުމުގެ ކުރިން މައުންޓް އަރަފާތު ވަށައިގެންވާ ސަރަހައްދުތައް ނުވަތަ އަރަފާތު ބިން ހިޔާކޮށް ފިނި ކުރުމުގެ ޚާއްސަ ޕްރޮޖެކްޓެއްގެ ދެވަނަ ފޭސްގެ މަސައްކަތް ނިންމާލާފައިވާކަމަށް ޚަބަރު ލިބެއެވެ. މި ޕްރޮޖެކްޓާއި އެކު،މިދިޔަ އަހަރު ފިނި ސަރަހައްދު އޮތް ވަރަށް ވުރެ ފަސް ގުނަ އިތުރު ވެފައިވާ ކަމަށް ވެއެވެ.މި ޕްރޮޖެކްޓްގެ ދަށުން 272،000އަކަ މީޓަރުގެ ސަރަހައްދަކަށް ވަނީ ފިނި ވައި ލިބޭގޮތް ހަދާފައެވެ. މިއަހަރު ހިންގި ދެވަނަ ފޭސް ގެ ދަށުން 18 ތަނެއްގައި ކެނޮޕީ […]
އީރާން އެމެރިކާއަށް: ”ކަށްވަޅަށް ދާން ތައްޔާރުވޭ!“

މެދުއިރުމަތީގެ މަސްރަހު އަނެއްކާވެސް ނުތަނަވަސްވެފައިވާއިރު، ހޮރްމުޒް ކަނޑުއޮޅީގެ ކަންކަމާ އެމެރިކާއިން ބެހޭނަމަ އެ ސަރަހައްދަކީ އެމެރިކާގެ ސިފައިންގެ ”ގަބުރުސްތާނަކަށް“ ވާނެކަމުގެ ވަރުގަދަ އިންޒާރެއް އީރާނުން ދީފިއެވެ. މި އިންޒާރު އައިސްފައިވަނީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހިމާޔަތް ދިނުމަށް އެމެރިކާގެ ކަނޑުގެ ސިފައިން ބޮޑު އޮޕަރޭޝަނެއް ފަށަން ނިންމާފައިވާކަން އިއުލާނުކުރުމާ ގުޅިގެންނެވެ. މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅުން ފެށިގެން ބަންދުވެފައިވާ މި ކަނޑުއޮޅީގައި ތާށިވެފައިވާ އުޅަނދުފަހަރު […]
އިސްރާއިލުން އަލުން ގައްޒާއާ ހަނގުރާމަ ފަށާނެކަމަށް އިންޒާރުދީފި!

ގައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވުމުގެ ބިރުބޮޑުވެ، އަލުން ނުރައްކާތެރި ހަމަލާތަކެއްގެ ބިރުވެރިކަން ކުރިމަތިވެއްޖެއެވެ.ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިތާ ހަ މަސްދުވަސް ފާއިތުވެފައިވީ ނަމަވެސް، ގައްޒާގެ މަސްރަހުން ފެންނަނީ އަމާންކަމާ ބީރައްޓެހި މަންޒަރުތަކެކެވެ. ޚާން ޔޫނިސް އާއި ދައިރުލް ބަލަހް ފަދަ ސަރަހައްދުތަކުގައި ޑްރޯންތަކާއި ބޮންގޮއްވުމުގެ އަޑުތައް މެދުނުކެނޑި އިވެމުންދިއުމަކީ، ހަނގުރާމަ މުޅިން ހުއްޓުމުގެ ބަދަލުގައި، އޭގެ ސިފަ ބަދަލުވެފައިވާ ކަމުގެ ހެއްކެކެވެ. އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ވެސް، އިސްރާއީލުގެ […]
ފިއުލް ލިބުން ދަތިވުމާއި ގުޅިގެން ޖުލައިމަހާއި ހަމަޔަށް އެއާ އިންޑިޔާގެ އިންޓަރނޭޝަނަލް ފްލައިޓްތައް ކެންސަލް ކޮށްފި

ފިއުލް ލިބުން ދަތިވުމާއި އެހެންވެސް ބައެއް އޮޕަރޭޝަނަލް ދަތިތަކާއި ގުޅިގެން ޖުލައިމަހާއި ހަމަޔަށް އެއާ އިންޑިޔާގެ އިންޓަރނޭޝަނަލް ފްލައިޓްތައް ކެންސަލް ކޮށްފިއެވެ. ފިއުލްގެ އަގުބޮޑު ވަމުން ދިއުމުގެ އިތުރުން އެއާއިންޑިޔާ ގެ ބޯޓްތަކަށް ވަނީ ކުރީގެ އަގުގައި އެއާސްޕޭސް ލިބުން ދަތިވެފަ ކަމަށް ވެއެވެ.އެހެން ކަމުން ގިނަ އަދަދެއްގެ އިންޓަނޭޝަނަލް ރޫޓްތައް ވަނީ އަތްފޯރާ ވަރަށް ވުރެ އަގުބޮޑުވެފައި ކަމަށް ވެއެވެ.އެހެން ކަމުން ޖުލައި މަހުގެ ނިޔަލަށް އެއާ އިންޑިޔާއިން ވަނީ އިންޓަރނޭޝަނަލް ފްލައިޓްތައް މެދު ކަނޑާލާފައެވެ.މީގެ […]