ހަވާލުވިއިރުވެސް އެހާ ގިނަ ދުވަހު އެ މަގާމުގައި ހުރުމުގެ ޝައުޤުވެރިކަމެއް ވެސް ނެތް: މަޢުރޫފް

މެނޭޖިންގ ޑިރެކްޓަރުކަމާ ހަވާލުވެވަޑައިގަތްއިރުވެސް އެ މަގާމުގައި ގިނަ ދުވަހު ހުންނެވުމުގެ ވިސްނުންފުޅު ނެތްކަމަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު މަޢުރޫފް ޖަމީލް ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މަޢުރޫފް ވިދާޅުވީ، އޭނާ މި މަޤާމާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޚާއްސަ ފުރުސަތެއްގެ ބޭނުން ހިއްޕެވުމަށްޓަކައި ކަމަށެވެ. އަދި ހަވާލުވެވަޑައިގަތީ މުހިންމު ލަނޑުދަނޑިތަކެއް ހާސިލުކުރެއްވޭނެކަމުގެ އުންމީދުގައި ކަމަށާއި، މީގެތެރޭން ގިނަ ކަންކަން ހާސިލުވެވަޑައިގެންފައި ވާކަމަށް އޭނާ ވިދާޅުވިއެވެ. ހުޅުމާލެ […]

ކުލި ނުދައްކާ ފްލެޓްތަކުގެ ވެރިންނަށް ނޯޓިސް ފޮނުވަން ފަށައިފި

ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ހުޅުމާލޭން ދޫކޮށްފައިވާ ފްލެޓްތަކުގެ ތެރޭން ކުލި ނުދައްކާ ފްލެޓްތަކުގެ ވެރިންނަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނޯޓިސް ފޮނުވަން ފަށައިފިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ކޮންމެ ތިން މަހަކުން އެއްފަހަރު މި ނޯޓިސް ފޮނުވަމުންދާނެއެވެ. މިއީ ކުލި ދައްކަން ހަނދާންކޮށްދިނުމުގެ ގޮތުން ފޮނުވާ ނޯޓިސްއެކެވެ. ހުޅުމާލޭގެ 5000ށްވުރެ ގިނަ ފްލެޓުން ގަވައިދުން ކުލި ނުދައްކާ ކަމަށް އެޗްޑީސީން ބުނެފައިވާއިރު، މި އަހަރުގެ ފެބްރުއަރީ 28އާ ހަމައަށް އެޗްޑީސީއަށް ލިބެންޖެހޭ ކުލީގެ ތެރެއިން 728،193،616.18 […]

އީދު ބަންދުގައި އެޗްޑީސީގެ ކަސްޓަމަރ ކެއަރ ބަންދުވާނެ

ހައްޖު ދުވަހާއި އަޟްޙާ އީދާ ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކަސްޓަމަރ ކެއަރ ބަންދުވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ. އެޗްޑީސީން މިހެން ބުނެފައިވަނީ އެ ކޯޕަރޭޝަންގެ ފޭސްބުކް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. އެޗްޑީސީން ބުނީ ހައްޖު ދުވަހާއި އަޟްޙާ އީދާ ގުޅިގެން މި ޖޫން މަހުގެ 5ން 9ށް އެ ކޯޕަރޭޝަނޫގޭ ކަސްޓަމަރ ކެއަރ ބަންދުވާނެ ކަމަށެވެ. ހައްޖު ދުވަހާއި އީދު ބަންދުގެ 4 ދުވަހާއެކު މިއަހަރު ސަރުކާރު ބަންދުކުރުމަށް ހަމަޖެހިފައިވަނީ މި ޖޫން […]

ޖާހުގެ ފްލެޓްތައް ނިންމަން އާރްސީސީއާ ހަވާލުކޮށްފި

ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހަދަމުން އަންނަ ”ދަ ގާޑަންސް“ ފްލެޓްތަކުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމަށް އާރްސީސީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މި މަސައްކަތް އާރްސީސީއާ ހަވާލުކޮށްފައި މި ވަނީ 20 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތާގުޅޭ އެއްވެސް ތަފުސީލެއް އެޗްޑީސީން އަދި މީޑިއާއާ ހިއްސާކޮށްފައެއް ނުވެއެވެ. މި ފްލެޓްތަކަކީ 2017 ވަނަ އަހަރު ހަދަންފެށި ފްލެޓްތަކެކެވެ. އެއީ 2 އަހަރުދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ނަމަވެސް މަސައްކަތް ނުނިމި ލަސްވާތީ، […]

އެޗްޑީސީގެ އެމްޑީއަކަށް މަޢުރޫފް ޖަމީލު

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މ.ދޫރެސް މުޙައްމަދު މަޢުރޫފް ޖަމީލު މިއަދު އައްޔަންކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށް މަޢުރޫފް އައްޔަން ކޮށްފައިވާ ކަމަށެވެ. މަޢުރޫފަކީ ހުޅުމާލެ ހިއްކުމާއި ތަރައްގީކުރުމުގެ ޕްރޮޖެކްޓުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިބްރާހިމް […]

ފޭސް 3 އިން ގޯތި ލިބުނު މީހުންނަށް ޖެނުއަރީ މަހުގެ ނިޔަލަށް ގޯތިތައް ހަވާލުކޮށް ނިންމާނަން: ފަޒުލް

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ފޭސް 3 އިން ގޯތި ލިބުނު މީހުންނަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ގޯތިތައް ހަވާލުކޮށް ނިންމާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރޭ ވިދާޅުވެއްޖެއެވެ. ފަޒުލް މިހެން ވިދާޅުވީ އެ ކުންފުނީގެ މުހިންމު ޕްރޮޖެކްޓްތަކެއް އިފުތިތާހުކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. ފަޒުލް ވިދާޅުވީ ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް މިހާރު މެދުކެނޑިފައި އޮތަސް ވަރަށް އަވަހަށް އަލުން […]

ޝަކުވާ ބޮޑުވެ ހިޔާ ފްލެޓްގެ ދާއިމީ ލިސްޓު ނެރުން ލަސްކޮށްފި

ހިޔާ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު މި މަހުގެ ތެރޭގައި އިއުލާން ނުކުރެވި ދިގުލައިގެން ދަނީ، ދިރިއުޅުމުގެ ހާލަތު ބެލި މިންގަނޑަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދޭން ޖެހުމުން ކަމަށް ފްލެޓު ކޮމިޓީން އިއްޔެ ވިދާޅުވެއްޖެއެވެ. އެ ކޮމިޓީން ކުރިން ވިދާޅުވެފައި ވަނީ ހުރިހާ ކެޓަގަރީއެއްގެ ވެސް ދާއިމީ ލިސްޓު މި ޑިސެމްބަރ މަހު ނެރޭނެ ކަމަށެވެ. ނަމަވެސް. ދިރާސާކޮށްފައިވާ ދާއިމީ ލިސްޓުތައް ދެން ނެރޭނީ ހުރިހާ ޝަކުވާތަކެއް ބަލައި ލިއުމުން ޖަވާބު ދިނުމަށް ފަހު […]

ހިޔާ ފްލެޓްތަށް މަރޗް މަހު ހަވާލުކުރަން މަސައްކަތް ކުރަނީ

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް އަންނަ މަރޗް މަހު ހަވާލުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހްމަދު ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވެފައިވަނީ 25 ބުރީގެ ޓަވަރުތަކުގައި މިހާރު ކުރަނީ ތަޅުން އެޅުމުގެ މަސައްކަތްކަމަށެވެ. އަދި އެއީ، ކުރަން ހުރި އެންމެ ފަހުގެ މަސައްކަތް ކަމަށާއި ކަރަންޓާއި ފެން ވައިރުކޮށް ފެބްރުއަރީގެ ނިޔަލަށް މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތާ އެކު ޕާކިން އާއި ލޭންޑް ސްކޭޕިންގެ މަސައްކަތް […]