އެފް.އެސް.އެމް އިން ވިއްކާ ޕެޓްރޯލް ގަޑުބަޑުވެފައި ކަމަށް ބުނެ ޝަކުވާތައް އިތުރުވަނީ

ބ. ހިތާދޫއަށް ފޯރުކޮށްދިން ޕެޓްރޯލްގައި މައްސަލަޖެހި އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ބުނެ ޝަކުވާތައް އަންނަނީ އިތުރުވަމުންނެވެ. ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ބ. އަތޮޅުގެ ބައެއް ރަށްތަކަށް ފޯރުކޮށްދީފައިވާ ޕެޓްރޯލްގެ ފެންވަރު ދަށްވެ، އޭގައި އިތުރު ކެމިކަލްތަކެއް ހުރިކަމަށް ބެލެވިގެން ގިނަ އަދަދެއްގެ އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށްބުނެ ޕެޓްރޯ ވިއްކާފަރާތަކާއި ގަންނަފަރާތްތަކާއި ދެމެދު މައްސަލަތައް އިތުރުވެ ޒުވާބު އުފެދޭގޮތްވަނީ ވެފައެވެ. ގަނެ ބޭނުންކުރާ ފަރާތްތަކުން ބުނެ ޝަކުވާ ކުރަމުން އަންނަނީ […]