މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާނެ

މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާނެކަމަށް، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އަޙުމަދު ސަޢުދީ ވިދާޅުވެއްޖެއެވެ. އާރްޓީއެލްގެ ޚިދުމަތް ދިނުމަށް ނިންމާފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިގޮތުން، މި ޖޫން މަހު ރ. އަތޮޅުގައި ޚިދުމަތް ފަށާއިރު، ޖުލައި މަހު ބ. އަތޮޅުގައި ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިހާތަނަށް އައިއިރު 9 އަތޮޅެއްގެ 81 ރަށް ފެރީގެ ނިޒާމުން ވަނީ ގުޅައިލާފައެވެ. މިއީ […]
ގުރައިދޫގައި އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއަށް

ތ.އަތޮޅު ގުރައިދޫގައި އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ ކޮންސްޓްރަކްޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ޠަޢާމު މުޙައްމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަޙްމަދު ސައުދީއެވެ. މި އެއްބަސްވުމުގެ ދަށުން ބިން ހިއްކުމަށާއި، ހިއްކި ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ޝޯ ޕްރޮޓެކްޝަންގެ […]