ރަޝިޔާއާއި އުތުރު ކޮރެޔާ އެއްގަމު މަގުން ގުޅާލަނީ

                                                                           ރަޝިޔާއާއި އުތުރު ކޮރެއާ އެއްގަމު މަގުން ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ މި 2 ގައުމު އެއްގަމު މަގުން ގުޅާލެވޭ އެންމެ ފުރަތަމަ ފަހަރެވެ. ރަޝިޔާގެ ޚައްސާން ޓައުންގެ ބޯރޑަރުގައި ޓޫމެން ކޯރުގެ އައްސޭރިފަށުގައި އެ ބްރިޖް އެޅުމުގެ މަސައްކަތް ކުރެވެމުންދާކަން ސެޓެލައިޓް ފޮޓޯތަކުން ވަނީ ކަށަވަރު ކުރެވިފައެވެ.                                                               ބްރިޖް އެޅުން ފެށުމުގެ ރަސްމިއްޔާތުގައި ވީޑިއޯ ލިންކް މެދުވެރިކޮށް ރަޝިޔާގެ ބޮޑުވަޒީރު މިޚައިލް މިޝުސްޓިން ބައިވެރިވެ ވަޑައިގަތެވެ. އުތުރު ކޮރެއާއާއި ރަޝިޔާގެ ގުޅުމުގައިވެސް އެޅިގެންދާނެ […]

ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަކުރާ އުތުރު ކޮރެއާ ސިފައިންނަށް މެހެމާންދާރީ ހުޅުވާލައިފި

ރަޝިޔާއާ އެކުގައި ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމައިގާ ބައިވެރިވަމުންދާ އުތުރު ކޮރެއާގެ ސިފައިންނަށް ޔޫކްރެއިނުން މެހެމާންދާރީ ހުޅުވާލައިފިއެވެ. ޔޫކްރެއިނުން ބުނެފައިވަނީ ރަޝިޔާގެ ލަޝްކަރުތަކުން ވަކިވެ ޔޫކްރެއިނަށް އަންނަ އުތުރު ކޮރެއާގެ ސިފައިންނަށް ތިންއިރުގެ މީރު ކެއުމާއި އަރާމުގައި ނިދާލެވޭނެ އެނދާއި ތަންމަތި ފޯރުކޮށްދޭނެ ކަމަށެވެ. މިކަމަށް އެދޭ މީހުންނަށް ޚާއްސަ ކިޔޫ އާރް ކޯޑަކާއި އަދި ހޮޓްލައިނެއް ވެސް މިހާރު ވަނީ ހުޅުވާދީފައެވެ. އަދި ކޮރެއާގެ ބަހުން “ ކަލޭމެން އައިސް ތިޔަ ތިބީ ޕޫޓިންގެ ވެރިކަމަށްޓަކައި ހަނގުރާމަކުރާށެވެ. […]

ވަރުދެރަވެ ހަކަތަ ނެތިފައިވަނިކޮށް އުތުރު ކޮރެޔާގެ ދިދަ ފެނުމުން ހިތަށް ބިރުވެރިކަން ވަދެއްޖެ

މަތީގައި އެވަނީ އިއްޔެ ހަވީރު ދަ ޓެލިގްރާފުގެ ރިޕޯޓަރ އަންނާ ކޮންކްލިންގް ދީފައިވާ ޚަބަރުގެ ސުރުޚީން ތަންކޮޅެކެވެ. ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުތަކުން ރަޝިޔާ ސިފައިން ގޮއްވާލާފައިވާ ތަންތަނުގައި ރަޝިޔާގެ ތިންކުލައިގެ ދިދައާއެކު އުތުރު ކޮރެއާގެ 5 ތަރި ހިމެނޭ ރެޑް، ބްލޫ ކުލައިގެ ދިދަ ވިހުރުވެމުން ދިއުމަކީ ޔޫކްރެއިން ސިފައިންނަށް މީގެ ކުރިން ފެނިފައިވާ މަންޒަރެއް ނޫނެވެ. އަދި އެއީ ޔޫކްރެއިން ސިފައިން ދެކެން ބޭނުންވާ މަންޒަރެއްވެސް ނޫނެވެ. އަދި އެއީ ހަނގުރާމައިގެ ތެރޭގައި ގިނަ ދުވަސްތަކެއް […]

އުތުރު ކޮރެއާގެ މީހަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ބުނެ، ކުއްލި ހާލަތަށް

އުތުރު ކޮރެއާއިން ކޮވިޑް-19 ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހަކު ފެނިފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާ ކޭސިއެންއޭއިން މިއަދު ރިޕޯޓުކޮށްފި އެވެ. ކޭސީއެންއޭގައިވާ ގޮތުން އެގައުމުން ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވެނީ މީގެ ތިން އަހަރު ކުރިން ގަވާއިދާ ހިލާފަށް ދެކުނު ކޮރެއާއަށް ދިޔުމަށް ފަހު މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު އަނބުރާ އުތުރަށް ދިޔަ މީހެކެވެ. އެ ހާދިސާއާ ގުޅިގެން ލީޑަރު ކިމް ޖޮންގް އުން ވަނީ އުތުރު ކޮރެއާގެ ބޯޑަރުގައި އޮންނަ […]