އީ-ވިސާއަށް އެދި ހުށަހެޅޭނީ މި މަހުގެ 23ވަނަ ދުވަހުން ފެށިގެން: އިމިގްރޭޝަން

އީ-ވިސާއަށް އެދި ހުށަހެޅޭނީ މި މަހުގެ 23ވަނަ ދުވަހުން ފެށިގެން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. އީ-ވިސާގެ ޚިދުމަތް ތަޢާރަފްކުރުމާއި ގުޅިގެން އިމިގްރޭޝަނުން ނެރުނު ދެންނެވުމެއްގައި ވަނީ 10ނޮވެންބަރު 2025ގައި ރަސްމީކޮށް ތަޢާރަފްކުރެވިފައިވާ އީ-ވިސާގެ ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މަރުޙަލާއަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން، އީ-ވިސާއަށް އެދި ހުށަހެޅޭނީ 23 ނޮވެންބަރު 2025 އިން ފެށިގެން ކަމަށެވެ. ެއެގޮތުން މި މުއްދަތުގެ ތެރޭގައި އީ-ވިސާއަށް އެދި ހުށަހެޅުމަށް ޢަމަލުކުރަންޖެހޭ ގޮތުގެ ތަފްސީލީ ޓިއުޓޯރިއަލްތައް […]

ސުންދަރަލިންގަމް ކޫޑަލިންގަމްއަކީ ދިވެހި ރައްޔިތުކަން އޮންނަ މީހެއް ނޫން: އިމިގްރޭޝަން

މަޝްހޫރު ލަވަކިއުންތެރިއަކަށް ޖިންސީގޯނާކުރި މައްސަލައިގައި އިނގިރޭސިވިލާތުގެ ކޯޓަކުން ޙުކުމްކޮށްފައިވާ ސުންދަރަލިންގަމް ކޫޑަލިންގަމްއަކީ ދިވެހި ރައްޔިތުކަން އޮންނަ މިހެން ނޫންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. އިމިގްރޭޝަނުން މިހެން ބުނެފައިވަނީ، އެ މީހާއަކީ ދިވެއްސެއްކަމަށް އަޑުފެތުރުމާއެކު، ކަމުގެ ޞައްޙަ މަޢުލޫމާތު ނުހޯދައި ދިވެހި ބައެއް ނޫސްތަކުގައި އެއީ ދިވެއްސެއްކަމަށް ދޭހަވާގޮތަށް ޚަބަރު ފަތުރާފައިވާތީ، އެކަމާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ. ޚަބަރުތައް ބުނާގޮތުގައި އެމީހާއަކީ އިނގިރޭސިވިލާތުގެ މަސާޖުޕާލާއެއްގައި މަސައްކަތްކުރާ މީހެކެވެ. އޭނާ މި ޢަމަލު ހިންގާފައިވަނީ މަސާޖުކުރުމުގެ ތެރޭގައި ކަމަށްވެސް ބުނެފައިވެއެވެ. […]

އިމިގްރޭޝަންގެ ގުދަނުން ވަގަށް ނެގި ތަކެތި ވިއްކަން އުޅެނިކޮށް މީހަކު ހައްޔަރުކޮށްފި

އިމިގްރޭޝަންގެ ގުދަނުން ވަގަށް ނެގި ތަކެތި ވިއްކަން އުޅެނިކޮށް މީހަކު ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަން ގުދަނުން ވައްކަންކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އެ މައްސަލައާ ގުޅިގެން، ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫ / ދިލްބަހާރުގެ، އަޙްމަދު ނިއުޝަމް (36އ) އެވެ. ފުލުހުން މިއަދު ބުނީ އޯކިޑް ބިލްޑިންގގައި ހުންނަ، މޯލްޑިވްސް އިމިގްރޭޝަންގެ ގުދަނުން ވައްކަންކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ ތަކެތި […]

ޖޫން 26ގައި ސަރުކާރު ބަންދު ނަމަވެސް މާލޭ ސަރަހައްދުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ

ހިޖުރީ އާ އަހަރު ފެށުމާ ގުޅިގެން ޖޫން 26ވާ ބުރާސްފަތި ދުވަހު ސަރުކާރު ބަންދުވީނަމަވެސް، މާލޭ ސަރަހައްދުގެ އޮފީސްތަކުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމަށް، މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. މިގޮތުން ޚިދުމަތްދޭނެ ވަގުތުތަކަކީ: މީގެ އިތުރުން އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށްވެސް މޯލްޑިވްސް އިމިގްރޭޝަނުން ބުނެއެވެ.

ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުންދިޔަ 25 ބިދޭސީން ހައްޔަރުކޮށްފި

ސައްޚަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުންދިޔަ 25 ބިދޭސީން ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަނުން ބުނީ މި މަހުގެ 29ވަނަ ދުވަހުގެ ރޭ ވަނީ ބިދޭސީން ދިރިއުޅޭ 2 ތަނެއް ބަލައި ފާސްކޮށްފައި ކަމަށެވެ. އެގޮތުން މި އޮޕަރޭޝަންގައި ޖުމަލް 102 ބިދޭސީން ޗެކްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ. ”ހެންވޭރުގައި ހުންނަ ގެއަކުން 7 ބިދޭސީންނާއި، މާފަންނު ހަވީރީ ގޯޅީގައި ހުންނަ ބިދޭސީން ދިރިއުޅެމުންދިޔަ ތަނަކުން 18 ބިދޭސީންނާއެކު ޖުމްލަ 25 ބިދޭސީން ވަނީ ސައްޚަ ލިޔެކިޔުން ނެތި ރާއްޖޭގައި […]

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރަން އެދިއްޖެ

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރަން މޯލްޑިވްސް އިމިގްރޭޝަނުން އެދިއްޖެއެވެ. އިމިގްރޭޝަނުން މިއަދު ވަނީ ރާޢްޖޭގައި މަސައްކަތް ކުރާ ބިދޭސީ ފަރާތްތަކުން ރާއްޖެއިން ބޭރަށް ދަތުުރުކުރާ އިރު ޕާސްޕޯޓުގައި ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީން ކުރުމަށް އެދިފައެވެ. ސައްހަ ވޯކް ވިސާއެއް އޮތްކަން ޔަގީންކުރުމަށް އިމިގްރޭޝަނުން އެދިފަވާއިރު ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމުގެ ޚާއްސަ އޮޕަރޭޝަނެއް ދާޚިލީ ވުޒާރާ އާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި […]

ކެފޭއެއް ބަލައި ފާސްކޮށް 11 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

 މާލޭގެ ކެފޭއެއް ބަލައިފާސްކޮށް، 11 ބިދޭސީއެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން ރޭ ބުނީ ގަވާއިދާ ހިލާފަށް ރާއެްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކު ފޯހުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި، ރޭ މާލޭގައި ހުންނަ ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަަމަށެވެ. އަދި އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ހިންގަމުންދިއަ އެ ކެފޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 11 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ބުނެފައި ވެއެވެ. އިމިގްރޭޝަނުން ރޭ ބަލާ ފާސްކޮށްފައި ވާ […]

ވިސާ ނެތި 12 އަހަރު ވަންދެން ރާއްޖޭގައި ދިރިއުޅެމުން އަންނަ ފްރާންސް އާއިލާއެއް ފޮނުވާލަނީ

ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ވަންދެން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ފްރާންސްގެ އާއިލާއެއް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ. މި އާއިލާ މިހާރު ދިރިއުޅެނީ ތ.ވޭމަންޑޫގައެވެ. ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާ ޚިލާފަށް ފަރަންސޭސިވިލާތަށް ނިސްބަތްވާ 6 މީހުންގެ އާއިލާއެއް ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މައުލޫމާތު ’އިމިގްރޭޝަން ވޮޗް‘ އަށް މިދިޔަ ޖުލައި 18 ގައި […]

މިއަހަރުގެ ތެރޭގައި އޮޅުވާލައިގެން ރާއްޖެއަށް ވައިގެ މަގުން ވަންނަން އުޅުނު 45 މީހަކު ހުއްޓުވައިފި

މިއަހަރުގެ ތެރޭގައި އޮޅުވާލައިގެން ރާއްޖެއަށް ވައިގެ މަގުން ވަންނަން އުޅުނު 45 މީހަކު ހުއްޓުވާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އިމިގްރޭޝަނުން މިއަދު ވަނީ މިއަހަރުގެ ފުރަތަމަ ތިން ކުއާޓަރުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮޅުވާލައިގެން ރާާއްޖެއަށް އެތެރެވާން މަސައްކަތް ކުރި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ހުއްޓުވާފައިވަނީ ތިންވަނަ ކުއާޓަރުގައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮޅުވާލައިގެން ވައިގެމަގުން ރާއްޖެއަށް އެތެރެވާން އުޅުނު ޖުމްލަ 45 މީހުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ […]

ހުޅުމާލޭގައި ހިންގި މާސް އިންސްޕެކްޝަންގައި 28 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް

ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް އިއްޔެ ހުޅުމާލޭގައި ހިންގި މާސް އިންސްޕެކްޝަންގައި ޖުމްލަ 314 ތަން ބަލައި ފާސްކޮށް، 28 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންދިޔަ 28 ބިދޭސީންގެ ތެރޭގައި ހިމެނެނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީންނެވެ. އިމިގްރޭޝަންގެ 200 އަށްވުރެ ގިނަ އޮފިސަރުން ބައިވެރިވި މި އޮޕަރޭޝަނުގައި 769 ބިދޭސީންނާ ސުވާލުކުރެވުނެވެ. އަދި ވިސާ […]