އައިޑީ ކާޑާއި، ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އިފުތިތާހުކޮށްފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އިފުތިތާހުކޮށްފިއެވެ. މި މަޝްރޫއު އިފުތިތާހުކޮށްދެއްވާފައިވަނީ މިކަމަށް ޚާއްސަކޮށް، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައިރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ. މި މަސައްކަތުގެ ދަށުން މާލެ ސިޓީގެ ހުރިހާ ސަރަހައްދެއްގެ އިތުރުން ލ.އަތޮޅާއި ދ.އަތޮޅަށް މި މަސައްކަތް ވަނީ ފުޅާކޮށްފައެވެ. އެގޮތުން ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވައްސާއި، ވިލިމާލެ، ދ.ކުޑަހުވަދޫ، ލ.ފޮނަދޫއިން ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް […]