ގެޔެއް ގަތުމުން ބައެއް ކެރީބިއަން ޖަޒީރާތަކުން ޕާސްޕޯޓް ލިބޭ  

ކެރީބިއަންގެ ބައެއް ޖަޒީރާތަކުން ގަންނަން ލިބެންހުރި ގެތައް ބެލުމަށް އިންޓަނެޓް ހާވާލާއިރު، ގަންނާނެ މީހުން ޝައުގުވެރި ކުރުވުމަށް ރީތި ބީޗްތަކާ ހިތްގައިމު މޫސުމުގެ އިތުރަށް މިހާރު މުހިންމު އެހެން ކަމެއްވެސް ހުށައަޅަން ފަށައިފިއެވެ. މިގޮތުން ޕްރޮޕަޓީ ލިސްޓިންގ ތަކުގައި ގެޔެއް ގަތުމުން އެގައުމުގެ ޕާސްޕޯޓް ލިބޭނެ ކަމަށް ބުނާ ކެރީބިއަންގެ ޖަޒީރާތައް ދަނީ މަޑުމަޑުން އިތުރު ވަމުންކަމަށް ޚަބަރު ލިބެއެވެ. އަދި އެމެރިކާގެ މިވަގުތުގެ ސިޔާސީ ހަމަނުޖެހުން ތަކުގެ ސަބަބުން މިކަމަށް އެދޭ މީހުން އިތުރު ވަމުންދާ […]