ޕީޖީގެ މަގާމަށް ޢައްބާސް އައްޔަންކުރުމަށް ކޮމިޓީން ރުހުންދީފި

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޢައްބާސް ޝަރީފް އައްޔަންކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މިއަދު ފާސްކޮށްފިއެވެ. ޕީޖީގެ މަގާމަށް ޢައްބާސް އައްޔަންކުރުމާގުޅޭ ގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ސިޓީ އިއްވެވީ މަޖިލީހުގެ ދައުރުން ބޭރުން މި މަހުގެ 11 ވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައެވެ އެގޮތުން ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ހަމަ އެރޭ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ. މައްސަލަ […]