ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުވައިފި

މިއަހަރުގެ ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު މިއަދު ހެނދުނު ހުޅުވައިފިއެވެ. ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މައުރަޒު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި މައުރަޒު ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ މައުރަޒު ބައްލަވައިލައްވާފައެވެ. މި މައުރަޒުން ފެނިގެންދާނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެ ދުވަހު ނަސްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރެވެ. މީގެއިތުރުން މި މައުރަޒުގެ މައިގަނޑު […]