ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭން އެމްޑީއެން ހިމެނޭހެން 9 ޖަމިއްޔާއަކުން ގޮވާލައިފި

ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭން 9 ޖަމިއްޔާއަކުން މި ސަރުކާރަށް ގޮވާލައިފިއެވެ. މި ބަޔާން ނެރުނު ރާއްޖެއިން ބޭރުގެ އެ 9 ޖަމިއްޔާގެ ތެރޭގައި ރިޕޯޓަކާ ގުޅިގެން 2019 ވަނަ އަހަރު ރާއްޖޭގައި އުވާލާފައިވާ ޖަމިއްޔާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ހިމެނެއެވެ. އެ ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ވަނީ މަރުގެ އަދަބު އެއްކޮށް އުވާލުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، ވަގުތުން ވަގުތަށް މަރުގެ އަދަބު ކަނޑައަޅާފައިވާ ހުރިހާ ހުކުމްތަކެއް ބަދަލުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ. […]