ސްކޭމްތަކުގެ ސަބަބުން ގެއްލުނު ތިންލައްކަ އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ސްކޭމްތަކުގެ ސަބަބުން ގެއްލުނު ތިންލައްކަ އަށްޑިހަ ހާހަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ. އެ ސެންޓަރުން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި، މި އަހަރުގެ މޭ މަހުގެ 13ވަނަ ދުވަހުން ފެށިގެން 19ވަނަ ދުވަހާ ދެމެދު ސްކޭމްގެ 45 މައްސަލައެއް ހުށަހަޅާފައިވެއެވެ. މި ސްކޭމްތަކުގެ ސަބަބުން ގެއްލިފައިވާ ޖުމްލަ 481,520.67 (ހަތަރުލައްކަ އަށްޑިހައެއްހާސް ފަސްސަތޭކަ ވިހި ރުފިޔާ، ފަސްދޮޅަސް ހަތްލާރި)ގެ ތެރޭން 383,610.08 (ތިންލައްކަ އަށްޑިހަތިންހާސް ހަސަތޭކަ ދިހަ ރުފިޔާ، […]