އިސްރާއިލުގެ ހަމަލާތަކުގައި ލުބުނާނުގެ އިސްވެރިންތަކެއް ޝަހީދުވެއްޖެ

އިސްރާއީލުގެ ހަމަލާތަކެއްގައި ލުބުނާނުގެ އަސްކަރިއްޔާގެ އިސްވެރިންތަކެއް ޝަހީދުވެ، މެދުއިރުމަތީގެ މަސްރަހު އަލުން ގޯސްވެއްޖެއެވެ. އިސްރާއީލާއި ލުބުނާނާ ދެމެދު ގާއިމުކޮށްފައިވާ ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާމެދު ސުވާލު ވަނީ އުފެދިފައެވެ. އިއްޔެ، ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިސްރާއީލުން ދިން ނުރައްކާތެރި ހަމަލާތަކެއްގައި، އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ މަތީ ފަންތީގެ ބައެއް އޮފިސަރުން ހިމެނޭހެން މަދުވެގެން 10 މީހުން ވަނީ ޝަހީދުވެފައެވެ. އެންމެ ނުރައްކާތެރި ހަމަލާ އަމާޒުވީ ޚަރްދަލީ-ނަބަޠިއްޔާ މަގުން ދަތުރުކުރި ލުބުނާނު އަސްކަރިއްޔާގެ އުޅަނދަކަށެވެ. ލުބުނާނުގެ އަސްކަރިއްޔާއިން […]

ހިޒްބުﷲގެ އަސްކަރީ ސައިޓްތައް ނައްތާލަން ކަމަށް ބުނެ އިސްރާއީލުން ލުބުނާނަށް އަރައިފި

ލުބުނާންގެ ދެކުނުގެ ސަރަހައްދުގައި ތިބި ހިޒްބުﷲ މުޖާހިދުންގެ އަސްކަރީ ސައިޓްތައް ނައްތާލަން ކަމަށް ބުނެ ޒަޔަނިސްޓް އިސްރާއީލު ސިފައިން އެއްގަމު މަގުން ލުބުނާނަށް އަރައިފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބޮމުގެ ހަމަލާތަކެއް ދިނުމަށްފަހު އިސްރާއީލު ސިފައިންތައް އެއްގަމު މަގުން ލުބުނާނަށް އެރީ ރޭ ދަންވަރު އެވެ. އިސްރާއީލުގެ އަސްކަރިއްޔާއާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން އިސްރާއީލު ސިފައިން ވަނީ ހިޒްބުالله އަށް އަމާޒުކޮށްގެން ލުބުނާނުގެ ދެކުނުގައި ”ލިމިޓެޑް ގްރައުންޑް އޮޕަރޭޝަނެއް“ ފަށާފައެވެ. އަސްކަރީ އުޅަނދުތަކާއި ބުލްޑޯޒަރުތަކާއެކު […]