އީރާނާ ދެކޮޅަށް އެމެރިކާއިން ކުރާ ހޭދަ ބޮޑުވަނީ

އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ އަސްލު ޚަރަދު އަންނަނީ ދުވަހުން ދުވަހަށް ނޭނގޭ މިންވަރަށް އިތުރުވަމުންނެވެ. އަދި މިއީ ރަސްމީ އިދާރާތަކުން ހާމަކުރާ މިންވަރަށްވުރެ މާ ބޮޑު އަދަދެއްކަން ފާހަގަކުރެވެއެވެ. ވޭތުވެދިޔަ އަށް ހަފުތާގެ ތެރޭގައި ގާތްގަނޑަކަށް 25 ބިލިއަން ޑޮލަރު ހޭދަވެފައިވާ ކަމަށް ޕެންޓަގަނުން ގާނޫނު ހަދާ މަޖިލީހަށް މައުލޫމާތު ދީފައިވީ ނަމަވެސް، ތަފާތު ރިޕޯޓްތަކުން ދައްކާ ގޮތުގައި މިއީ ހަގީގީ ޚަރަދުގެ އެއްބައެވެ.މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މި ހަނގުރާމައިގެ އަސްލު […]
އެމެރިކާ ދުވަހަކުވެސް ނުވާވަރަށް ބައިބައިވެއްޖެ!

މިނިވަންކަމާއި އެއްބައިވަންތަކަމުގެ ވަރުގަދަ ރަމްޒެއްގެ ގޮތުގައި ކުރިން ބެލެވުނު އެމެރިކާ، މިހާރު ތަޖުރިބާކުރަމުންދަނީ އެ ގައުމުގެ ޒަމާނީ ތާރީޚުގައި ދުށް އެންމެ ބައިބައިވުން ބޮޑު ދުވަސްވަރެވެ. ތަފާތުތަކަށް އިހުތިރާމުކުރާ ގައުމެއްގެ ގޮތުގައި މަޝްހޫރުވެފައި އޮތް އޮތުން ބަދަލުވެ، މިއަދު އެ ތަފާތުތަކަކީ ކޮޅުންނުލާ އަރާރުންތަކަކަށް ވަނީ ބަދަލުވެފައެވެ. ސިޔާސީ އަދި އިޖުތިމާއީ ގޮތުން އުފެދިފައިވާ މި ބޮޑު ރެނދުތަކުގެ ސަބަބުން ގައުމުގެ ބަދަހިކަން ދަނީ ގެއްލެމުންނެވެ.މި ބައިބައިވުން އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ސިޔާސީ އިސްވެރިން ގެންގުޅުއްވާ […]
ޓްރަމްޕުގެ ރިހޭ ފައިމައްޗަށް ފޮއެ ވެއްޓެނީ!

އީރާނާއެކު އުފެދިފައިވާ ހަމަނުޖެހުންތައް ދިގުލައިދިއުމުގެ ސަބަބުން ޓްރަމްޕަށް ނޭދެވޭ ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަރަށް ބޮޑުވެއްޖެއެވެ. އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކަށް ދެ މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މި ކުރިމަތިލުންތަކުގެ ސަބަބުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ސިޔާސީ ގޮތުންނާއި އިސްތިރާޖީ ގޮތުން ކުރިން އޮތް މަގާމަށްވުރެ ބަލިކަށި ހާލަތެއް މެދުވެރިވެދާނެ ކަމުގެ ބިރު ދަނީ ބޮޑުވަމުންނެވެ. ދެ ފަރާތުން ވަރުގަދަ އަސްކަރީ ހަމަލާތަކާއި ހަރުކަށި ބަހުގެ ހަމަލާތައް ބަދަލުކުރަމުން ދިޔަ ނަމަވެސް، […]
އީރާނުގެ ހުށަހެޅުންތަކަށް ޓްރަމްޕް އިންކާރު ކޮށްފި
އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްވެ، ތެހެރާނުން އެންމެ ފަހުން ހުށަހެޅި ސުލްހައިގެ ހުށަހެޅުންތަކަށް ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހައްދަވައިފިއެވެ. ޓްރަމްޕް އިންޒާރު ދެއްވި ގޮތުގައި، އަވަސް އަރުވާލައިގެން ހަދާ އެއްބަސްވުމެއްގެ ސަބަބުން ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި އަލުން ހަމަނުޖެހުން އުފެދިދާނެއެވެ. ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ބުނީ، އީރާނުން އެދެމުންދަނީ އޭނާއަށް އެއްބަސްވެވެން ނެތް ކަންތައްތަކަކަށް ކަމަށެވެ. އަދި އަލުން މައްސަލަތައް އުފެދޭނެ ފަދަ ގޮތަކަށް […]
ހުރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި އީރާނުން އެމެރިކާއަށް ވަރުގަދަ އަދި ވޭނީ ހަމަލާތަކެއްގެ އިންޒާރު ދީފި

ދުނިޔޭގެ ސިޔާސީ މަސްރަހު އަނެއްކާވެސް ނުތަނަވަސްވަމުންދާއިރު، އެމެރިކާއިން އަސްކަރީ އެއްވެސް ހަރަކާތެއް އަލުން ފަށައިފިނަމަ، ”ދިގުދެމިގެންދާ އަދި ވޭނީ ހަމަލާތަކަކާ“ ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެ އީރާނުން ވަރުގަދަ އިންޒާރެއް ދީފިއެވެ. މިދިޔަ އޭޕްރިލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން ދެ ފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ރަސްމީ އެއްބަސްވުމެއް އޮތް ނަމަވެސް، މި އިންޒާރުގެ ސަބަބުން މިހާރުގެ މަސްރަހު އޮތް ނާޒުކު މިންވަރު ވަނީ ހާމަވެފައެވެ. މި އިންޒާރު ދީފައިވަނީ އީރާނުގެ ރިވޮލިއުޝަނަރީ […]
ހުރްމުޒް ކަނޑުއޮޅިއަކީ ގުދުރަތުން އީރާނަށް ދެއްވާފައިވާ ނިއުކްލިއަރ ބޮމެކެވެ.

އެމެރިކާގެ ހަނގުރާމައާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާގޮތުން ކޮންގްރެސްގެ ހުއްދަ ހޯދުމަކާ ނުލައި އެމެރިކާގެ ރައީސަކު އެއްވެސް ގައުމަކާ ދެކޮޅަށް ހަނގުރާމައެއް ފަށައިފިނަމަ އެ ގާނޫނުގެ ދަށުން 60 ދުވަހުގެ ތެރޭގައި ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހޭނެއެވެ. އެހެންނޫނީ ވަޒީފާ ދޫކޮށްލަން ޖެހޭނެއެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ހަނގުރާމައަށް 60 ދުވަސް ވުމުގެ ކައުންޓް ޑައުން މިހާރު ފެށިއްޖެއެވެ. މި ހަނގުރާމަ ރައީސް ޓްރަމްޕްއަށް ކާމިޔާބު ނުކުރެވި އަދި ކޮންގްރެސްއަށް ޖަވާބު ދާރީ ނުވެވިއްޖެނަމަ ގުރުބާން ކުރައްވާނެ […]
އައްބާސް އަރާގްޗީ ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން މެދުއިރުމަތި

މިއަދު ހެނދުނު އީރާނުން ލިބިފައިވާ ރިޕޯރޓްތަކަށް ބަލާއިރު އެ ގައުމުގެ ޚާރިޖީ ވަޒީރު އަރާގްޗީ ޕާކިސްތާނަށް ވަޑައިގަތުމަށްފަހު އޮމާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭގެ ވަގުތެއްގައި އަނެއްކާވެސް ޕާކިސްތާނަށް ވަޑައިގަންނަވާނެއެވެ. އަދި އެއަށްފަހު ދެން ވަޑައިގަންނަވާނީ ތެހެރާނަށެވެ. އެއީ މޮސްކޯއަށް ކުރައްވާ ދަތުރުފުޅަށް އެންމެފަހުގެ ނިންމުންތަކާއި އިރުޝާދު ހޯއްދެވުމަށެވެ. އެއަށްފަހު މޮސްކޯއަށް ދަތުރުފުޅު ފެއްޓެވީއެވެ. 48 ގަޑިއިރުތެރޭގައި 3 ގައުމަކަށް 4 ފަހަރު މިކުރައްވާ ދަތުރުފުޅުގައި އެމެރިކާއާ ގުޅުން ހުރި އެއްވެސް ބޭފުޅަކާ ބައްދަލު ނުކުރައްވައެވެ.ޚާރިޖީ ވަޒީރުގެ […]
ޑެލްހީގެ އެއާޕޯޓަކުން ފުރަން އުޅުނު މަތިންދާބޯޓެއްގެ އެއް އިންޖީނުގައި ބާރު ގޮވުމެއް ހިނގައި ހުޅު ފަޅައިގެން ހިނގައްޖެ

އިންޑިޔާގެ ވެރިރަށް ނިއުޑެލްހީގެ އިންދިރާގާނދީ އިންޓަނޭޝަނަލް އެއާޕޯޓުން އާދީއްތަ ދުވަހު ފުރަން އުޅުނު ސްވިސް އިންޓަރނޭޝަނަލް އެއާލައިންސްގެ މަތިންދާބޯޓެއްގެ އެއް އިންޖީނުގައި ބާރު ގޮވުމެއް ހިނގައި ހުޅު ފަޅައިގެން ދިއުމާއި ގުޅިގެން ބޯޓު ފުރުން ކެންސަލްކޮށް ފަސިންޖަރުން ބާލަން ޖެހިއްޖެ އެވެ. ޑެލްހީ އެއާޕޯޓްގެ ކަމާބެހޭ އިދާރާއިން ބުނި ގޮތުގައި ބޯޓަށް ކުރިމަތިވި މައްސަލަ އާއި ގުޅިގެން ފުލް އިމަރޖެންސީ އިއުލާންކޮށް ހުރިހާ ފަސިންޖަރުން ވަގުތުން ބޯޓުން ބާލާފައިވާ ކަމުގައެވެ. ނަމަވެސް އެއާޕޯޓްގެ އެހެން އޮޕަރޭޝަންތައް ކުރިޔަށް […]
ޕާކިސްތާނާ އީރާން ގުޅިގެން ވިޔަފާރީގެ މުހިންމު ނިންމުންތަކެއް ނިންމައިފި

ވިޔަފާރީގައި އީރާނަށް އެހީތެރި ވެދިނުމުގެ ގޮތުން ޕާކިސްތާނުން މުހިންމު ނިންމުން ތަކެއް ނިންމައިފި އެވެ. ސަރަހައްދުގެ ޓްރޭޑް މެޕަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަމަށް ބެލެވޭ މުހިންމު ނިންމުމުގެ ދަށުން ޕާކިސްތާނުން ވަނީ އީރާނުން ތިންވަނަ ގައުމަކަށް ފޮނުވަން ބޭނުންވާ ވިޔަފާރި މުދާ، ޕާކިސްތާންގެ ސަރަހައްދު ހުރަސްކޮށް ގެންދިއުމުގެ ހުއްދަ ދީފައެވެ. ޕާކިސްތާންގެ ކޮމާސް މިނިސްޓްރީން މިހާރުވެސް ވަނީ ޓްރާންސިޓް އޯޑަރ 2026 އަށް އަމަލު ކުރަމުން ގެންދިއުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަކަށް އަންގާފައެވެ.މިބަދަލާއެކު ޕާކިސްތާންގެ އެއްގަމު […]
ރައީސް ޑޮނަލްޑް ޓްރަމްޕް އިންނެވި ފަރީއްކޮޅެއްގައި ބަޑީގެ ޙަމަލާތަކެއް ދީފި

އެމެރިކާގެ ވެރިރަށް ވޮޝިންގްޓަންގެ ހިލްޓަން ހޮޓަލުގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ވައިޓް ހައުސް ކަރެސްޕޮންޑެންޓްސް ޑިނަރގައި ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވަމުން ދަނިކޮށް އެތަނަށް ބަޑީގެ ޙަމަލާތަކެއް ދިނުމާ ގުޅިގެން ރައީސް ޓްރަމްޕް ސަލާމަތްކޮށް، ރައްކާތެރި ތަނަކަށް ބަދަލުކޮށްފައިވެއެވެ. ޝޮޓްގަންއަކާއި އިތުރު ހަތިޔާރުތަކެއް އަޅައިގެން ހުރި މީހާ ފުރަތަމަ ހަމަލާދީފައި ވަނީ، އެތަނުގައި ހުރި ސީކްރެޓް ސަރވިސް އޮފިސަރަކަރަކަށް ކަމަށް ވެއެވެ. އޭނާގެ ޙާލު ރަނގަޅުކަން ވައިޓްހައުސް އަށް ވަޑައިގެންނެވުމަށްފަހު ޓްރަމްޕްވަނީ ކަށަވަރު ކޮށްދެއްވާފައެވެ.ބަޑީގެ ޙަމަލާތަކުގެ އަޑު […]