ޗާގޯސްގެ މައްޗަށް މޮރިޝަސްގެ އިސްތިޤްލާލް އޮތުމަށް އިންޑިޔާއިން ތާއީދު ކުރާކަމަށް އެގައުމުން ބުނެފި

ޗާގޯސްގެ މައްޗަށް މޮރިޝަސްގެ އިސްތިޤްލާލް އޮތުމަށް އިންޑިޔާއިން ތާއީދު ކުރާކަމަށް އެގައުމުން ބުނުމާއި ގުޅިގެން މިކަން އިތުރަށް ސާފު ކޮށްދޭން ޖެހޭ ކަމަށް ޗާގޯސްގެ ކަންތަކުގައި ވަކާލާތުކުރާ ރާއްޖޭގެ ގްރޫޕް ”ޕެން-ފޯ-ރައިޓްސް“ އިން ބުނެފިއެވެ. ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ނިއުދިއްލީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ ދިމާކޮށް، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ އިސްތިގުލާލު އޮތްކަމަށް އިންޑިޔާއިން ތާއީދުކުރާ ކަމަށް އެގައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ބުނި ބުނުމަކީ ހަމައެކަނި އާދައިގެ ޑިޕްލޮމެޓިކް […]
މެޑިކަލް ސްކޫލް އަށް ވަނުމަށް ހެދި އިމްތިހާނު ބާތިލް ކުރުމުން އިހުތިޖާޖްތައް ފަށައިފި

އިންޑިޔާގައި މެޑިކަލް ސްކޫލް ތަކަށް ވަނުމަށް އެންމެ ފަހުން ހެދި އިމްތިހާނު، ޕޭޕަރު ލީކްވެފައިވާކަމަށްބުނެ، އިމްތިހާން ބާތިލް ކުރުމާއި ގުޅިގެން ވެރިރަށް ޑެލްހީގައި ގިނަ އަދަދެއްގެ ސްޓޫޑަންޓުން ނިކުމެ އިހުތިޖާޖްތައް ފަށައިފިއެވެ. މޭ މަހުގެ 3ވަނަ ދުވަހު ބޭއްވި އިމްތިހާން، ފަސްހާހަށް ވުރެގިނަ މަރުކަޒުގައި ބާއްވާފައިވާއިރު 2.28މިލިއަން ކެންޑިޑޭޓުން އިމްތިހާން ހަދާފައިވާކަމަށް ޚަބަރުލިބެއެވެ. ނަމަވެސް އިމްތިހާން ބޭއްވިތާ ދެތިން ދުވަސް ފަހުން،ޕޭޕަރު ލީކްވެފައިވާކަމުގެ އަޑުތައް ފެތުރެން ފެށުމާއި ގުޅިގެން ސްޓޫޑެންޓުންނާއި ބެލެނިވެރިންގެ ނުރުހުމުގެ އަޑުތައްވަނީ ގަދަވާން ފަށާފައެވެ. […]
ޕާކިސްތާނުގެ މާރުކޭޓެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 10 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ހުޅަގު އުތުރުގެ ހިސާބެއްގެ މާރުކޭޓެއްގައި ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން 10 މީހުން މަރުވެ އިތުރު ތިރީހަށްވުރެގިނަ މީހުންނަށް އަނިޔާތައް ލިބިއްޖެއެވެ. ހާދިސާ ހިނގި ނައުރަންގ ބާޒާރުގެ މަންޒަރުތަކުން ފެންނަ ގޮތުގައި ބާރުގަދަ ގޮވުމުގެ ސަބަބުން ބައެއް ފިހާރަތަކުގެ މޫނުމަތިވަނީ އެއްކޮން ހަލާކުވެފައެވެ.އަދި ހަލާކުވެފައިވާ ބައެއް ވެހިކަލްތައްވެސް ފެނެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ނައުރަންގ މާރުކޭޓުގައި ގޮއްވާލިބޮން އުފުލާފައިވަނީ އޮޓޯ ރިކްޝޯއެއްގައެވެ.މިއީ އަފްޢާނިސްތާންގެ ބޯޑަރާ ކައިރި ހިސާބަކަށް ވާއިރު، ޓްރެފިކް ފުލުހުންގެ ދެފިރިހެނުންނާއި އަންހެނަކު […]
އީރާނުން އަނެއްކާވެސް އެމެރިކާއަށް ވަރުގަދަ އިންޒާރެއް!

މެދުއިރުމަތީގެ މަސްރަހު މިހާރު މިވަނީ ކުރިއަށްވުރެ ނުރައްކާތެރި ދަރަޖައަކަށް ގޮސްފައެވެ. އެމެރިކާއިން އީރާނުގެ އުޅަނދުފަހަރަށް ދޭ އެއްވެސް ހަމަލާއަކަށް، ސަރަހައްދުގައި ހުރި އެމެރިކާގެ މަނަވަރުތަކާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ސީދާ އަސްކަރީ ރައްދެއް ދޭނެކަމަށް ބުނެ އީރާނުން ވަނީ މިހާތަނަށް ދިން އެންމެ ވަރުގަދަ އެއް އިންޒާރު ދީފައެވެ. އާދީއްތަ ދުވަހު އީރާނުގެ އޮފިޝަލުން މި އިންޒާރު ދީފައިވަނީ، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޯރްމުޒް ކަނޑުއޮޅީގައި ކުރިމަތިލުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. […]
އީރާނުން ދިން އައު އިންޒާރާއެކު ދުނިޔޭގެ މަޝްރަހު ހޫނުވެއްޖެ

އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ތާއީދުކުރާ ގައުމުތަކަށް، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އިސްތިރާތީޖީ ގޮތުން އެންމެ މުހިންމު އެއް މަގު ކަމަށްވާ ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ހަރުކަށި އިންޒާރެއް އީރާނުގެ އަސްކަރިއްޔާއިން ދީފިއެވެ. މި އިންޒާރު ދެއްވީ އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މުޙައްމަދު އަކްރަމީނިއާއެވެ. އޭނާ ވިދާޅުވި ގޮތުގައި، ތެހެރާނާ ދެކޮޅަށް ވޮޝިންޓަނުން ހިންގާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ކެމްޕޭނުގައި ބައިވެރިވާ ގައުމުތަކަށް، ފާރިސްކަރަ ކަނޑުއޮޅިއާއި ދުނިޔޭގެ ވިޔަފާރީގެ މަގުތައް […]
ހަންޓާ ވައިރަސް ފެތުރެން ފެށި ބޯޓުގައި ތިބި އެންމެ ފަހު ފަސިންޖަރުން ބާލާފައިވާއިރު އިތުރު ތިން މީހުން ޕޮޒިޓިވް ވެއްޖެ

ނުރައްކާތެރި ބައްޔެއް ކަމަށްވާ ހަންޓާ ވައިރަސް ފެތުރެން ފެށި ކްރޫޒް ޝިޕް ގައިތިބި އެންމެ ފަހު ފަސިންޖަރުން ނާއި ގިނަ ކްރޫ މެމްބަރުން ބޯޓުން ބާލާފައިވާއިރު، ބައްޔަށް އިތުރު ތިން މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް ޚަބަރުލިބެއެވެ. ކްރޫޒް ޝިޕް އެމްވީ ހޮންޑިއަސް މީހުން ހުސްކުރުމަށްފަހު ހޯމަ ދުވަހު ވަނީ ސްޕެއިންގެ ޓެނެރީފް ޖަޒީރާއިން ނެދަލަންޑްސް އަށް ދިއުމަށް ފުރާފައެވެ. ޓެނެރީފް ގެ ޕޯޓަކަށް ވަނީ، އޮސްޓްރޭލިޔާގެ 4 މީހުންނާއި އިގިރޭސި ރައްޔިތަކާއި ނިއުޒިލަންޑްގެ ރައްޔިތެއް ގެ […]
ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 72,737 އަށް އަރައިފި

7 އޮކްޓޯބަރު 2023 ގައި އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ފެށުނު ފަހުން، އިސްރާއީލުގެ ބާރުތަކުން ޣައްޒާގައި ޝަހީދުކޮށްލި ފަލަސްތީނު މީހުންގެ އަދަދު 72,737 އަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުގެ ހަމަލާތަކުގައި އެކަކު ޝަހީދުވެ، ހަތަރު މީހުން ވަނީ ޒަޚަމްވެފައެވެ.އަދި ގިނަ އަދަދެއްގެ ބަޔަކު އަދިވެސް ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ބައިތަކުގެ ދަށުގައި ތާށުވެފައި ތިބިކަމަށް ވަނީ ލަފާކޮށްފައެވެ. ފަލަސްތީނުގެ […]
ދުނިޔެ ސިހިއްޖެ، މަރުވާ ނިސްބަތް ބޮޑު ބައްޔެއް!

އާޖެންޓީނާގައި ހެންޓާވައިރަސް ޖެހޭ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާތީ، އެކަމުގެ ބިރުވެރިކަން މުޅި ދުނިޔެއަށް ވަނީ ފެތުރިފައެވެ. ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ބަލިޖެހޭ މީހުންގެ އަދަދު ގާތްގަނޑަކަށް ދެގުނަ އިތުރުވެފައިވާއިރު، މިއީ 2018 ވަނަ އަހަރަށްފަހު އެ ގައުމުގައި މި ބަލި މިހާ ބޮޑަށް ފެތުރުނު ފުރަތަމަ ފަހަރެވެ. އާޖެންޓީނާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، 2025 ޖޫން މަހުން ފެށިގެން މިހާތަނަށް 101 މީހަކަށް މި ބަލި ޖެހިފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ. މިއީ […]
”މަރުގެ އުޅަނދު“ ސްޕެއިންއާ ކައިރިކުރަނީ!

ހަންޓާވައިރަސް ފެތުރި، ބައެއް މީހުން މަރުވެފައިވާ ”އެމް.ވީ ހޮންޑިއަސް“ ކްރޫޒް މޮނިޓަރ ކުރަމުން ދަނިކޮށް، އެ އުޅަނދު ސްޕެއިންގެ ކެނޭރީ އައިލެންޑްސްއާ ގާތްކުރަމުން ދާތީ ބައިނަލްއަޤުވާމީ މައިދާނުގައި ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ. ހަންޓާ ވައިރަހުގެ ވޭދަނަތައް މައިގަނޑު ގޮތެއްގައި މި ފަހަރު ފެނިފައި މިވަނީ އާޖެންޓީނާއިން ނައްޓާލައިގެން ދަތުރުކުރަމުން ދިޔަ ކްރޫސް ލައިނާއެއްކަމުގައިވާ ”އެމް.ވީ ހޮންޑިއަސް“ގެ ތެރެއިންނެވެ. އެގޮތުން މި ބަލީގައި މިފަހަރު އެންމެ ފުރަތަމަ މަރުވެފައިވަނީވެސް މި ކްރޫސްއިން ދަތުރުކުރި މީހެކެވެ. އެހެންކަމުން މި […]
ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި އެންމެ ފަހުގެ ހުށަހެޅުމަށް އީރާނުން ޖަވާބު ދީފި

މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި އެންމެ ފަހުގެ ހުށަހެޅުމަށް އީރާނުން ޖަވާބު ދީފިއެވެ. ރިޕޯޓުތައް ބުނާގޮތުން އީރާނާ ދެކޮޅަށް އެމެރިކާއާއި އިޒްރޭލުން ކުރަމުންދާ އުދުވާނީ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް މަގުފަހިކުރުމަށްޓަކައި އެމެރިކާއިން ހުށަހެޅި އެންމެ ފަހުގެ ހުށަހެޅުމަށް އީރާނުން ވަނީރަސްމީކޮށް ޖަވާބު ހުށަހަޅާފައެވެ. އާދީއްތަ ދުވަހު ”ތަސްނީމް“ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން މަސްދަރަކުން ކަށަވަރުކޮށްދިން ގޮތުގައި، ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭގޮތުން އެމެރިކާއިން ފޮނުވި އެންމެ ފަހުގެ ހުށަހެޅުމަށް އީރާނުން މިހާރު ވަނީ ޖަވާބު […]