ދެކުނުގެ އަތޮޅުތަކަށް ވިއްސާރަވާނެ: މެޓް

ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ލަފާކޮށްފިއެވެ. ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް، ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ހުދު ސަމާލު ނެރެފައެވެ. އެ ސަރަހައްދުތަކަށް ސަމާލު ނެރެފައިވަނީ 15:30 އާ ހަމައަށެވެ. މެޓް އޮފީހުން ބުނެފައިވަނީ މެދުރާއްޖެތެރެއާއި އުުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ. މީގެއިތުރުން ހުރިހާ ހިސާބެއްގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. މީގެކުރިން […]

ކުރިއަށް އޮތް 4 ދުވަހު ވެސް ކަނޑުތައް ގަދަވެ، ގަދަވަޔާއެކު ވިއްސާރަކުރާނެ

އަންނަ ހޯމަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ލަފާކޮށްފިއެވެ. މެޓް އޮފީހުން މިއަދު ބުނީ މޫސުން ކުރިއަށް ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ހޯމަ ދުވަހާ ހަމައަށް އާންމު ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި އެވްރެޖްކޮށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ބޮޑު ބަޔަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި […]

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް (މެޓް) އިން ހުދު ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ގއ.އަތޮޅަށެވެ. އެ ސަރަހައްދުތަކަށް ސަމާލު ނެރެފައިވަނީ މެންދުރު 12:00 އިން 18:00 އަށެވެ. މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ ސަރަހައްދުތަކަށް […]