ހަތްވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މާދަމާ ފަށަނީ

ހަތްވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ. މި ކޮންފަރެންސް ކުރިއަށްދާނީ މި ފެށޭ އޮކްޓޫބަރު މަހުގެ 1-2 އަށް މާލޭގައި ހުންނަ ސީއެޗްއެސްއީގައެވެ. މި ކޮންފަރެންސްއަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން، މުދައްރިސުންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންނަށް އަމާޒުކޮށް ބާއްވާ ކޮންފަރެންސްކެވެ. މި ކޮންފަރެންސްގައި ބައިވެރިވުމަށް 250 ފަރާތަކުން ރަޖިސްޓަރީ ކޮށްފައިވެއެވެ. މި ކޮންފަރެންސަށް 60 ރިސަރޗް ޕޭޕަރާއި، 4 ކޭސް ސްޓަޑީ ހުށަހަޅާފައިވާއިރު، 2 ކީނޯޓް އަދި […]