ތަޢުލީމާއި ތަޖުރިބާއާ އެއްފަދަ މުސާރައެއް ކަށަވަރުކޮށްދޭން ޖެހޭ: ޝާހިދު

ތަޢުލީމާއި ތަޖުރިބާއާ އެއްފަދަ މުސާރައެއް ކޮންމެ މަސައްކަތްތެރިއަކަށްވެސް ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރަމުން އަންނަ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝާހިދު ވިދާޅުވީ މަސައްކަތްތެރިންނަށް ޤާނޫނުއަސާސީއާއި ޤާނޫނުން ލިބިދޭ ވަޒީފާގެ އެންމެހައި ޙައްޤުތަކުގެ ކަށަވަރުކަމާ، އެއްވެސް ބިރެއް ނެތި ކޮންމެ ރައްޔިތަކަށްވެސް ލިބިދޭ އަސާސީ ހައްޤުތައް ޔަޤީންކުރެވި، ”މުސާރައިގެ އެއްހަމަކަން“ […]