ރާއްޖެއިން ދެމެހެއްޓެނިވި ތަރައްގީއަށްކުރާ މަސައްކަތްތަކަށް އެއްބާރުލުން ދޭނަން: އޭއައިއައިބީ

ދިވެހިރާއްޖެއިން ދެމެހެއްޓެނިވި ތަރައްގީއަށާއި، ވިލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކުގައި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ އެއްބާރުލުން ލިބެމުންދާނޭ ކަމަށް އެ ބޭންކްގެ ރައީސް އަދި ބޯޑް އޮފް ޑިރެކްޓަރސްގެ ޗެއަރ ޖިން ލީޗުން ވިދާޅުވެއްޖެއެވެ. ޖިން ޗުން މިހެން ވިދާޅުވީ އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫއެންއެފްސީސީސީ) ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައި އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ބޭއްވެވި ބައްދަލުވުމުގައެވެ. […]