އަންނަ ހަފްތާގައި ގްރޭޑް އަށެއްގެ ކިޔެވުން ފަށަނީ

އަންނަ ހަފްތާއިން ފެށިގެން މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް އަށެއްގެ ދަރިވަރުންގެ ކިޔެވުން ފެށުމަށް ހަމަޖެހިއްޖެއެވެ. ކޮވިޑް-19އާއި ގުޅިގެން މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް8ގެ ދަރިވަރުންގެ ކިޔެވުން މެދުކަނޑާލައިފައި އޮތުމަށް ފަހު މިފެށޭ ހަފްތާގައި އަނެއްކާވެސް ގްރޭޑް 8ގެ ދަރިވަރުން ސްކޫލަށް ދާން ފެށުމަށް ހަމަޖެހުފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ އިޢްލާނު ކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ކޮވިޑް-19 އިގެ މިހާރުގެ ހާލަތަށް ބެލުމަށްފަހު އެޗްޕީއޭގެ ލަފާގެ މަތިން މާލެ ސިޓީގެ ސްކޫލްތަކުގައި […]
ތައުލީމުގެ ބިލަށް ހިޔާލު ހޯދުމުގެ ބައްދަލުވުން ބާއްވަން ތާވަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ދިރާސާކުރަމުން އަންނަ ތައުލީމުގެ ބިލަށް ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބައްދަލުވުމެއް ބާއްވަން ތާވަލުކޮށްފިއެވެ. މަޖިލީހުން ބުނީ ތައުލީމުގެ ބިލަށް ހިޔާލު ހޯދަން ބާއްވާ ބައްދަލުވުން އޮންނާނީ މާދަމާ ރޭ 20:30 ގައި މަޖިލީހުގެ އިދާރާގެ އާ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައި ކަމަށެވެ. މަޝްވަރާ ބައްދަލުވުމުގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް، […]