އިސްރާއީލުން އީރާނަށް ތީރެއް ޖަހާލިޔަސް އެކަމަށް ރައްދު ދޭނަން

އިސްރާއީލުން އީރާނަށް ތީރެއް ޖަހާލިޔަސް އީރާނުން އެކަމަށް މާފު ނުކުރާނެ ކަމަށާއި ޔަގީނުންވެސް އިސްރާއީލަށް ރައްދު ދޭނެ ކަމަށް އީރާނުގެ ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އީރާނުގެ ޑިފެންސް މިނިސްޓަރު ބްރިގޭޑިއާ ޖެނެރަލް އަޒީޒް ނާސިރުޒާދޭ މިހެން ވިދާޅުވީ މިއަދު ހެނދުނު ބޭއްވި ކެބިނެޓް ޖަލްސާގެ ތެރެއިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ. އިސްރާއީލުން އެގައުމުގެ ފަސްގަނޑަށް ކުރާ ކޮންމެ އަނިޔާއަކަށް އީރާނުން ރައްދުދޭނެކަން ފާހަގަކުރައްވާ އަޒީޒް ނާސިރް ޒާދޭ ވިދާޅުވީ އިސްރާއީލުން އީރާނަށް ތީރެއް ޖެހި ނަމަވެސް އެ […]
އިސްރާއީލުގެ ޖަރީމާގެ ހިތި ނަތީޖާ ޚިޔާލައްވެސް ނުގެނެވޭނެ

އިސްރާއީލުގެ ޖަރީމާގެ ހިތި ނަތީޖާ ޚިޔާލައްވެސް ނުގެނެވޭނެ ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ވެރިޔާ ހުސެއިން ސަލާމީ ވިދާޅުވެއްޖެއެވެ. ސަލާމީ މިހެން ވިދާޅުވީ އިރާނުގެ ބިމަށް އިޒްރޭލުން ދިން ހަމަލާއަށް އިޝާރާތް ކުރައްވައެވެ. އެގޮތުން މޭޖަރ ޖެނެރަލް ހުސެއިން ސަލާމީ ވިދާޅުވީ އިސްރާއީލުގެ ޖަރީމާގެ ހިތި ނަތީޖާ އިސްރާއީލަށް ތަސައްވަރު ނުކުރެވޭނެ ކަމަށެވެ. ސަލާމީ މިހެން ވިދާޅުވީ އީރާނުގެ ސިފައިންގެ އިސް ކޮމާންޑަރު މޭޖަރ ޖެނެރަލް އަބްދުލްރަހީމް މޫސާވީއަށް ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި […]
އިރާނުގެ މިސައިލް ފެޝިލިޓީތަކަށް އިސްރާއީލުން ދިން ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ދެ މީހަކު ޝަހީދުވެއްޖެ

އިސްރާއީލުން ރޭ ދަންވަރު ވައިގެ މަގުން އީރާނަށް ދިން ހަމަލާތަކުގައި އިރާނުގެ ސިފައިންގެ ދެ މީހަކު ޝަހީދުވެއްޖެއެވެ. އިރާނުގެ އަސްކަރިއްޔާއިން ނެރުނު ނޫސްބަޔާނުގައި ބުނީ ރޭ ދަންވަރު އިޒްރޭލުން އިރާނަށް ދިން ހަމަލާ ކާމިޔާބު ކަމާއެކު އެ ގައުމުގެ އިންޓަގްރޭޓެޑް އެއާ ޑިފެންސް ސިސްޓަމުން ކުރިމަތިލާ ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މި ހަމަލާގައި ބައެއް ސަރަހައްދުތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި މި ހަމަލާތަކުގައި އިރާނުގެ އަސްކަރިއްޔާގެ ސިފައިންގެ ދެ މީހަކު ޝަހީދުވެފައިވާ ކަމަށްވެސް ހާމަކޮށްފައި ވެއެވެ. […]
އިސްރާއީލުން އީރާނަށް ދޭނެކަމަށް އިޝްތިހާރު ކުރަމުންދިޔަ ވަރުގަދަ ހަމަލާދީ ނިންމާލައިފި

އިސްރާއީލުން އީރާނަށް ދޭނެކަމަށް އިޝްތިހާރު ކުރަމުންދިޔަ ވަރުގަދަ ހަމަލާދީ ނިންމާލައިފިއެވެ. އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށުމާގުޅިގެން ހޮނިހިރު ދުވަހުގެ ފަތިހުންފެށިގެން އީރާނުގެ ވައިގެ ބަނދަރުތަކުން ކުރާ ދަތުރުތައް ވަގުތީގޮތުން ވަނީ ހުއްޓާލައިފައެވެ. އީރާނުގެ ރަސްމީ އިދާރާއިން އެކަން ހާމަކޮށްފައި ނެތް ނަމަވެސް ޕައިލެޓުންނަށް ފޮނުވާފައިވާ ކުއްލި އިރުޝާދު އެސޯސިއޭޓެޑް ޕްރެސް އަށްވެސް ވަނީ ފެނިފައެވެ. އަދި ފްލައިޓް ޓްރެކް ޑޭޓާ ތަކަށް ބަލާއިރު އެއާރޕޯރޓްގެ ޖައްވު ވެސް އޮތީ ވަރަށް ހުސްކޮށްކަން އެސޯޝިއޭޓެޑް ޕްރެސްއަށްވެސް ވަނީ އެނގިފައެވެ. […]
އީރާނުގެ ވެރިރަށުގައި އެއާ ޑިފެންސް ސިސްޓަމްތައް އެކްޓިވޭޓްކޮށްފި

އީރާނުގެ ވެރިރަށް ތެހެރާނުގައި އެއާ ޑިފެންސް ސިސްޓަމްތައް އެކްޓިވޭޓްކޮށްފި އެވެ. ތެެހެރާނުގައި އެއާ ޑިފެންސް ސިސްޓަމްތައް އެކްޓިވޭޓް ކޮށްފައި ވާއިރު އިސްރާއީލުން ވަނީ ރޭ ފަތިހުގެ ވަގުތެއްގައި އިރާނަށް ވައިގެ ހަމަލާތަކެއް ދީފައެވެ. ދެފަހަރެއްގެ މަތިން އިސްރާއީލުން އިރާނަށް ހަމަލާ ދީފައިވީ ނަމަވެސް މިހާތަނަށް މި ހަމަލާތަކުގައި ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އެގޮތުން އީރާނުގެ ވެރިރަށް ތެހެރާން ޕްރޮވިންސްގެ އެއާ ޑިފެންސް އެކްޓިވޭޓްކޮށްފައި ވަނީ އިޒްރޭލުން ދީފާނެ ހަމަލާޔަކާ ކުރިމަތިލުމަށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މީޑިއާ ރިޕޯޓުތައް […]
އީރާނުން ބޯޑަރު ފާރުތައް ހަދަން ފަށައިފި

އީރާނުގެ އިރުމަތީ ބޯޑަރުގައި ބޯޑަރު ފާރުތައް އަޅަން ފަށައިފި އެވެ. މިކަންހާމަކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް އީރާނުން އިރުމަތީ ބޯޑަރު ހުރަސްކޮށް ފާރު ހަދަން ފަށާފައިވާ ކަމަށް އިސްލާމިކް ރިޕަބްލިކްގެ ބޯޑަ ގާޑް ޕޮލިސްގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް އަހުމަދު އަލީ ގައުދަރުޒީ ވަނީ ވިދާޅުވެފައެވެ. އަހުމަދު އަލީ ގައުދަރުޒީ މިއަދު ވިދާޅުވީ މި ފާރު އިމާރާތް ކުރުމުގެ މަގުސަދަކީ ތެލާއި މުދަލާއި ޚާއްސަކޮށް މަސްތުވާތަކެތި އެތެރެ ކުރުން ހުއްޓުވުން ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް […]
އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ގެއްލުންދޭން ހިތަށްވެސް ނާރުވާތި: ރަޝިއާ

އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ގެއްލުމެއްދޭން ހިތަށްވެސް ނޭރުވުމަށް ރަޝިއާގެ ޚާރިޖީ ވަޒީރުގެ ނައިބު ސަރގީ ރިބްކޯފް އިސްރާއީލަށް އިންޒާރު ދެއްވައިފިކަމަށް ރަޝިއާގެ ރަސްމީ ނިއުސް އެޖެންސީ ޓާސް އަށް ހަވާލާދީ ރޮއިޓާރސް އިން އިއްޔެ ޚަބަރު ދީފިއެވެ. ދާދިފަހުން އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާގެ ކުރިންވެސް އެތައް ފަހަރަކު އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް ހަމަލާދިނުމުގެ އެދުން އިސްރާއީލުން ވަނީ ހާމަ ކޮށްފައެވެ. އަހަރެމެންވެސް މި ގެންދަނީ އެކަންކުރަން އިސްރާއީލުން ހުވަފެނުގައިވެސް ހިތަށްވެސް ނާރުވަން އިންޒާރު ދެމުންނެވެ. […]
އިސްރާއީލުން ޣައްޒާގެ އަލް އަގްސާ ހޮސްޕިޓަލަށް ދިން ހަމަލާ އީރާނުން ކުށްވެރިކޮށްފި

ޣައްޒާގެ މެދުތެރޭގައި އޮންނަ އަލް އަގްސާ މަތީރް ހޮސްޕިޓަލަށް އިސްރާއީލުން އިއްޔެ ދިން ބޮމުގެ ހަމަލާތަށް އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ކުށްވެރިކޮށްފި އެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސް ޕާސަން އިސްމާއިލް ބަޣާއީ ވިދާޅުވީ މި ހަމަލާއަކީ ހަނގުރާމައިގެ ޖަރީމާއެއްގެ ފުރިހަމަ މިސާލެއް ކަމަށެވެ. އަދި މިއީ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ޕްލޭންގެ ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ ބައިނަލްއަގްވާމީ ގާނޫނުތަކުން މަދަނީ ތަންތަނާއި އަމާޒުތަކަށް ހާއްސަކޮށް ހޮސްޕިޓަލްތަކަށާއި މެޑިކަލް އެއިޑް ސެންޓަރުތަކަށް ހަމަލާ […]
އިސްރާއީލުން އަޅާފާނެ ފިޔަވަޅަކަށް އީރާނުން ފުރިހަމައަށް ތައްޔާރުވެއްޖެ

އިސްރާއީލުން އަޅާފާނެ ފިޔަވަޅަކަށް އީރާނުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ. ޒަޔަނިސްޓު އިސްރާއީލުން އަޅާފާނެ ފިޔަވަޅަކަށް ފުރިހަމައަށް ރައްދު ދިނުމަށް ތައްޔާރުވެފައިވާ ކަމަށާއި އިސްރާއީލުން ފިޔަވަޅު އަޅާނަމަ އީރާނުގެ ކައުންޓަރ ސްޓްރައިކް ތަންފީޒު ކުރެވޭނެ ކަމާމެދު ޝައްކެއްނެތް ކަމަށް ހަތިޔާރު އެޅި ސިފައިންގެ މައުލޫމާތު ލިބިފައިވާ މަސްދަރަކުން ބުނެފިއެވެ. އެ މަސްދަރާ ހަވާލާދީ ތަސްނީމް ނިއުސް އެޖެންސީން ބުނީ އީރާނުގެ ޕްލޭންގައި ރެސިޕްރޮކަލް އަދި ސްޕެސިފިކް ސްޓްރައިކްތަކުގެ ބައެއް ވައްތަރުތައް ހުރިއިރު، ޒަޔަނިސްޓުންގެ ފިޔަވަޅުގެ ބާވަތަށް ބަލާއިރު، އޭގެ ތެރެއިން […]
މެދުއިރުމަތީގެ ބޮޑު ސުވާލު: އީރާނުން އިސްރާއީލަށް ރައްދު ހަމަލާ ދޭނީ ކިހިނެއް ؟

މެދުއިރުމަތީގެ ނުރައްކާތެރި މަސްރަހު ހަގީގަތުގައިވެސް އީރާނަށް ބޮޑު ސުވާލަކަށް ވެއްޖެއެވެ. އީރާނުގެ ބައިވެރިންކަމުގައި ބެލެވޭ މުޖާހިދުން އެކަނި ދޫކޮށްލާފައި ކިހާދުވަހަކު އީރާނަށް އޮވެވިދާނެ ހެއްޔެވެ؟ އިސްރާއީލުން ބޭނުންވާ ގޮތަށް އެމެރިކާއާއި އީރާނުން ސީދާ ކުރިމަތިލުމަކަށް ދިއުން ނޫން އެހެން ހުރިހާ މަގެއް ބަންދުވަނީ ހެއްޔެވެ؟ މި ސުވާލުތަކަށް އީރާނު ސަރުކާރުންވެސް ޖަވާބު ދިނުން ވަރަށް އުނދަގޫވާނެކަން ގަބޫލުކުރަން ޖެހެއެވެ. އެމެރިކާއާ ސީދާ ކުރިމަތިލުމަކުން މުޖާހިދު ޖަމާއަތްތަކުގެ ފުރިހަމަ އެއްބާރުލުމާއެކުގައިވެސް އީރާނަށް ގެއްލުންތަކެއް ލިބިގެންދާނެކަން ކަށަވަރެވެ. އެންމެ އަވަށްޓެރި ގައުމުތަކުންވެސް […]