2 ވިޔަފާރިއެއް ބަންދުކޮށް، 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ހިންގަމުންދާ އޮޕަރޭޝަނުގެ ދަށުން މިއަދު 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން މަޢުލޫމާތު ދިންގޮތުގައި، މިއަދު ކުރިއަށްދިޔަ އޮޕަރޭޝަނުގައި ވަނީ މާލޭގެ 8 ތަނެއް ބަލައިފާސްކޮށް، ވިޔަފާރިކުރަމުންދިޔަ 2 ތަނެއް ބަންދުކޮށްފައެވެ. ގަވައިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެ، އަދި އެކި މަސައްކަތްތައް ހުއްދަނެތި ކުރަމުންދާ ބިދޭސީން ދެނެގަނެ ފިޔަވަޅު އެޅުމަށް އިމިގްރޭޝަނުން ދަނީ ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މެދުކެނޑުމެއްނެތި އެކި އޮޕަރޭޝަންތައް ހިންގަމުންނެވެ. […]

ކަނޑުގެމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓަކުން ދިހަ ހާހަށް ވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފި

ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓަކުން ދިހަ ހާހަށް ވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސް އިން ބުނީ ކަނޑުގެމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ޤަވާއިދާ ޚިލާފް ތަކެތި ހުރެދާނެ ކަމަށް ފާހަގަކުރެވިގެން މި މަހުގެ 04ވަނަ ދުވަހު ވަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގާފައި ކަމަށެވެ. އެގޮތުން އެ އޮޕަރޭޝަން ހިންގީ މާލޭ ކޮމާޝަލް ހާބަރުގައި ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ. ”މި އޮޕަރޭޝަންގައި ބަލާފާސްކުރެވުނު ޝިޕްމަންޓުގެ ތެރެއިން ގިނަ […]

ދިވެހި ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި މަސައްކަތަކީ މަސްވެރިކަން: ރައީސް

ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި، ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، މަސްވެރިކަމާ ދިވެހީންނާ ގުޅި ލާމެހިފައި ކަމަށް ވިދާޅުވެ، އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި ކަމުގައި ވިދާޅުވިއެވެ. އަދި މަސްވެރިކަމުގެ ދާއިރާގެ ތަރައްޤީއަށް ސަރުކާރުން […]

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ”މަސްވެރިންގެ ގުންޒަރު“ ފަށައިފި

45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކާ ކުރިއަށްގެންދާ މަސްވެރިންގެ ފޯރަމް ”މަސްވެރިންގެ ގުންޒަރު“ މިއަދު ރ.ދުވާފަރުގައި ފަށައިފިއެވެ. މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރަނީ ރ. ދުވާފަރުގައެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކާ ބާއްވާ މި ފޯރަމް ކުރިއަށްދާނީ މި މަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހު ކަމަށެވެ. މަސްވެރިންގެ ފޯރަމްގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއި އެ ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެން ފައި […]

ހަތަރު މަސާޖު ޕާލާއެއް ބަލައި ފާސްކޮށް 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ހަތަރު މަސާޖު ޕާލާއެއް ބަލައި ފާސްކޮށް ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން ބުނީ ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް، ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި ރޭގައި މާލޭގެ 4 މަސާޖު ޕާލާއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެތަނުން ގަވާއިދާ ޚިލާފަށް އުޅެމުންދިއަ ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންސްގޮފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ. އިމިގްރޭޝަނުން ބުނީ މި ހަތަރު […]

ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގުމަށް ހުއްދަދީފި

ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގުމަށް ހުއްދަދީފިއެވެ. މިކަންހާމަކޮށް އިކޮނޮމިކް މިނިސްޓްރީން ބުނީ ސްޕެޝަލް އިކޮނޮމިކް ޒޯންސް ގާނޫނުގެ ދަށުން، ދިވެހިރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ތަރައްގީކުރުމަށް ބޭނުންވާ ހުއްދަ، ސަރުކާރުން ބޯޑް އޮފް އިންވެސްޓްމަންޓްސް މެދުވެރިކޮށް އިއްޔެ ދޫކޮށްފައިވާ ކަމަށެވެ. މި ހުއްދަ ދޫކޮށްފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އެ ކުންފުނިން ރަސްމީކޮށް ހުށަހެޅި އެޕްލިކޭޝަނަށް ހުއްދަ ދިނުމަށް ފާސްކޮށްފައިވަނީ 2025 ވަނަ އަހަރު ބޭއްވުނު ބޯޑުގެ […]

މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

ވިއްކުމަށްޓަކައި މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން ބުނިގޮތުގައި، އެ މީހުން ހައްޔަރުކޮށްފައިވަނީ މިފަދަ ތަންތަން ބަލައިފާސްކުރުމަށް އެ މުއައްސަސާއިން ރޭ ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި، ދިލްކުޝާގޯޅީގައި ބިދޭސީން ދިރިއުޅޭ 4 އެކޮމޮޑޭޝަނެއްގެ އިތުރުން، ކާބޯތަކެތި ތައްޔާރުކޮށް ޑެލިވަރީކުރަމުންދިޔަ ތަނެއް ބަލައިފާސްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. މި އޮޕަރޭޝަނުގައި ޖުމުލަ 18 ބިދޭސީއަކު ވަނީ އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށާއި، މިއީ ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި […]

މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕާއި ކާޓްރިޖްތަކެއް ހޯދައިފި

މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުން ބުނީ ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ ތަކެތި ހޯދާފައި ވަނީ މި […]

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިިނުމުގެ ބިލު ތަސްދީގުކުރައްވައިފި

މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، 2025 ޑިސެންބަރު 3 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ބިލު ހުށައެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަސްތުވާތަކެތީގެ އެ ނޫންވެސް ވިޔަފާރިކުރުން ހުއްޓުވައި، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު މަދުކޮށް، […]

ގެސްޓްހައުސްގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑުން 818 ގުރާމުގެ މަސްތުވާތަކެތި!

ހުޅުމާލޭ ގެސްޓްހައުސްއެއްގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑުން 818 ގުރާމުގެ މަސްތުވާތަކެތި ނަގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުުހުން ރޭ ބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ، 40 އަހަރުގެ ނޭޕާލު ފިރިހެނެއް ކަމަށާއި މިހާތަނަށް ބެލި ބެލުމުން މަރުވެފައި އޮއްވާ ފެނުނު މީހާ ރާއްޖެ އައިސްފައިވަނީ އިތުރު ދެ މީހަކާއެކު ނޮވެންބަރު މަހުގެ 26 ވަނަ ދުވަހުކަން އެނގިފައިވާ ކަމަށެވެ. އެ މީހުން މާފުށީގައި […]