ދައުލަތުގެ އިދާރާތަކުގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ ކޮށްގެންވާނެ ކަމެއްނޫން: އިހްސާން

ދައުލަތުގެ އިދާރާތަކުގެ ކަރާމާތާ އިތުބާރު ގެއްލޭ ގޮތަށް ސިޔާސީ ފަރާތްތަކުން ވާހަކަ ނުދެއްކުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެދިވަޑައިގެންފިއެވެ. ވަޒީރު މިކަމަށް އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު ހުސެއިން ހަމީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.މެމްބަރު ކުރެއްވި ސުވާލުގައި ވަނީ ފުލުހުންނާ ދޭތެރޭ ނަފްރަތު އުފައްދާ ރައްޔިތުންގެ މެދުގަ ނުތަނަވަސްކަން އުފައްދަން މަސައްކަތް ކުރާ ފަރާތްތަކާ ދޭތެރޭ ޤާނޫނީ ފިޔަވަޅު އެޅޭނެ އެއްވެސް ފުރުސަތެއް […]
ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދެމުންދާ އިނާޔަތް ކަނޑާލަން މަޖިލީހުން ފާސްކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދެމުންދާ އިނާޔަތް ކަނޑާލަން މަޖިލީހުން ފާސްކޮށްފިއެވެ. މި އިސްލާހުތައް ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ޕީއެންސީއަށް ނިސްބަތްވާ މެންބަރެއް ކަމުގައިވާ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުއެވެ. އެގޮތުން އެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްވީ، އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ތާޢީދާއެކުއެވެ.
މަޖިލީހުގެ ދައުރު އަންނަ ހަފުތާގެ ނިޔަލަށް އިތުރުކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު އަންނަ ހަފުތާގެ ނިޔަލަށް އިތުރު ކުރުމަށް ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުއްވީ ރިޔާސަތުންނެވެ. އަދި އެ ގޮތަށް ނިންނީ މި ދައުރުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން އެ މަސައްކަތްތައް ނިންމުމަށް ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ. މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު އަންނަ ހަފުތާގެ ނިޔަލަށް އިތުރު ކުރަން ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 55 […]
އުއްތަމަފަނޑިޔާރު ކަމަށް ޢަބްދުލްޣަނީ އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފި

އުއްތަމަފަނޑިޔާރުގެ މަޤާމަށް، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އުއްތަމަ ފަނޑިޔާރުކަމަށް އޭނާ އައްޔަންކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާޤުންނެވެ. އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަބްދުލްޣަނީ މުޙައްމަދު އައްޔަންކުރުމަށް މަޖިލީހަށް ހުށަހެޅީ ހޯމަ ދުވަހުއެވެ. ހަމަ އެ ދުވަހު އުއްތަމަ ފަނޑިޔާރުކަމަށް އޭނާ އައްޔަންކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރުހުންދީފައިވެއެވެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި 3 ބޭފުޅަކު އެ މަޤާމަށް ކުރިމަތިލެއްވިއެވެ. […]
ހުޅުމާލޭ ހޮސްޕިޓަލުގެ ޚިދުމަތް ދަށްވަމުންދާ މައްސަލަ މަޖިލީހުން ބަލައެއްނުގަތް

ހުޅުމާލޭ ހޮސްޕިޓަލުގެ ޚިދުމަތް ދަށްވަމުންދާތީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙުމަދު ޝަމްހީދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބަލައިނުގަންނަން ނިންމަވައިފިއެވެ. މި މައްސަލަ ބަލައިނުގަތުމަށް ނިންމެވީ ޖަލްސާއަށް ހާޒިރުވެވަޑައިގަތް 47 މެމްބަރުންގެ ތެރޭން 37 މެމްބަރުންގެ ވޯޓުންނެވެ. މައްސަލަ ބަލައިގަންނަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވީ 10 މެމްބަރުންނެވެ. މި މައްސަލަ ހުށަހަޅުއްވަމުން ޝަމްހީދު ވިދާޅުވީ، މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮންނައިރު އެތަަނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް […]
”ޕްރެކްޓިސް ޕާލަމެންޓް ފޮރ ވިމެން“ ޕްރޮގްރާމް ފަށައިފި

ސިޔާސީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ހިންގާ ”ޕްރެކްޓިސް ޕާލަމެންޓް ފޮރ ވިމެން“ ފަށައިފިއެވެ. ޖުލައި މަހުގެ 5ވަނަ ދުވަހުން ފެށިގެން 12ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި ކެންޕޭނަކީ ސަރުކާރާއި ޔޫއެންޑީޕީގެ އެހީގައި ކުރިއަށްގެންދާ ކެންޕޭނެއްކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެއެވެ. މި ޕްރޮގްރާމުގެ އަމާޒަކީ، ސިޔާސީ ހަރަކާތްތަކުގައި އަންހެނުން ބައިވެރިވުމަށް ހިތްވަރުދިނުމާއި، އެކަމުގައި އެހީތެރިކަންދީ، އަދި ސިޔާސީ މަގާމުތަކަށް އަންހެނުން ކުރިމަތިލުމަށް ބާރުއެޅުން ކަމަށް ރައްޔިތުންގެ މަޖިލީހުން މަޢުލޫމާތުދެއެވެ. މި ޕްރޮގްރާމުގައި […]
މެންބަރު ސިނާނުގެ ގޮނޑީގެ މައްސަލަ މާދަމާ ސުޕްރީމްކޯޓުގައި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ ޝަރީޢަތް މާދަމާ ފެށުމަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ. ޕީއެންސީއަށް ނިސްބަތްވާ މެންބަރާ ގުޅޭގޮތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އޭނާ އިސްލާމިކް ބޭންކަށް ދައްކަވަންޖެހޭ ލޯނެއް، ހުކުމާ އެއްގޮތަށް ނުދައްކަވާކަމަށް ބުނެއެވެ. ފަސް ފަނޑިޔާރެއްގެ ބެންޗަކުން މި މައްސަަލަ ބެއްލެވުމަށް ހަމަޖެހިފައިވާއިރު، ގާނޫނު އަސާސީ ވާގޮތުން، ހުކުމާ އެއްގޮތަށް ސާބިތު ދަރަނި ނުދައްކާ މެންބަރުންގެ ގޮނޑި […]
ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ރަޝީދު އަވަހާރަވެއްޖެ

ގައްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ރަޝީދު އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، މިއަދުގެ ވަގުތެއްގައެވެ. އޭނާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ މަޣުރިބު ނަމާދަށްފަހުއެވެ. އަޙްމަދު ރަޝީދަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގައްދޫ ދާއިރާ ތަމްސީލުކުރެއްވި މެންބަރެވެ.
ބްރޯޑްކޮމްއަށް މުހަންމާ އާއި، މުޢާޒު އައްޔަންކުރަން ރައީސް ޑރ.މުޢިއްޒު ނަން ފޮނުއްވައިިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ދެ މެންބަރުން އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 12 ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މިކަމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވައިފައެވެ. މިކަމާ ގުޅިގެން ރައީސް ފޮނުއްވި ސިޓީގައި ވަނީ ބްރޯޑްކޮމްގެ މެންބަރުކަމަށް ހުޅުވައިލުމުން އެކަމަށް އެދި ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް ޝަރުތު ހަމަވާ […]
ޕީއެސްއެމުން ކުރިއަށްގެންދިޔަ ޓެލެތޯނަށް ލިބުނު ފައިސާ ހަވާލުކުރިތޯ ސުވާލު ކުރަން ޚަލީލް މަޖިލީހަށް ހާޒިރު ކުރަނީ

މިދިޔަ ޖޫން މަހު ޕީއެސްއެމުން ފަލަސްތީނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯނަށް ލިބުނު 19.1 މިލިއަން ރުފިޔާ ހަވާލުކޮށްފިތޯ ސުވާލު ކުރަން ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ނިންމައިފިއެވެ މިކަމާއި ގުޅޭގޮތުން މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ނިންމާފައިވީ ނަމަވެސް ފޮރިން މިނިސްޓްރީން މިދިޔަ އޮގަސްޓު މަހު ވަނީ އެ ފައިސާ އދ. ގެ ޖަމިއްޔާ އަންރުއާ އާ ހަވާލުކޮށްފައިވާ ކަން ހާމަކޮށްފައެވެ. އެގޮތުން މިކަމާއި ގުޅިގެން މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަން […]