އިސްރާއީލު އުފަންވެގެން އައި ގޮތް ނަތަންޔާހޫއަށް އެނގެންޖެހޭނެ: ފަރަންސޭސި ރައީސް

ސުރުޚީއަކީ ފަރަންސޭސި ރައީސް މެކްރޯން ފަރަންސޭސި ރިޔާސީ ގަނޑުވަރުގައި ބޭއްވި ފަރަންސޭސި ވަޒީރުންގެ މަޖިލީހުގެ މިދިޔަ ހަފުތާގެ ސިއްރު ބައްދަލުކުރެއްވުމުގައި ވިދާޅުވެފައިވާ ބަސްފުޅެއްކަން ވަނަވަރު ހާމަނުކުރުން ޝަރުތުކޮށް އެ މައުލޫމާތު އެނގޭ 2 އޮފިޝަލަކު އެސޯޝިއޭޓެޑް ޕްރެސްއަށް ވަނީ ކިޔާދީފައެވެ. އެ ބައްދަލު ކުރެއްވުމުގައި ދެކެވުނު ވާހަކަތަކަށް ބިނާކޮށް އެސޯޝިއޭޓެޑް ޕްރެސްއަށް އެ 2 އޮފިޝަލުން ކިޔާދީފައިވާ އިތުރު މައުލޫމާތުތަކުގެ ތެރޭގައި އިސްރާއީލު އުފަންކުރެވުނީ 1947 ގައި ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީގެ ގަރާރަކުން ފަލަސްތީނުގެ ބިމުގައި […]

ނަތަންޔާހޫ މަރާލުމުގެ އެޑްވާންސަކަށް އެއްމިލިއަން ޑޮލަރު

އޭބީސީ ނިއުސް ގެ ޖޯރޑަނާ މިލަރ އާއި ޖޯ ސިމޮނެއްޓީ ދިފައިވާ ޚަބަރެއްގައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއި އެހެން ބައެއް ސިޔާސީ އިސްވެރިން މަރާލުމުގެ އެޑްވާންސަކަށް އެއްމިލިއަން ޑޮލަރު ބޭނުން ކަމަށް އިސްރާއީލުގެ ވިޔަފާރި ވެރިޔަކު އީރާނުގެ އޭޖެންޓަކު ކައިރީ ބުނި ބުނުން ތަހުގީގު ކުރަން ފަށައިފިއެވެ. އަޝްކެލޯންގައި ދިރިއުޅޭ އިސްރާއީލުގެ މި ވިޔަފާރިވެރިޔާ އުމުރުން 73 އަހަރުގެ މޯޓީ މަމާން ތުރުކީގެ މަގުން ދެފަހަރު އީރާނަށް ގޮސްފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. އެހެންކަމުން މި ރޭވުމުގައި […]

ބާރުގެ ބޭނުންކޮށްގެން މިނިވަންކުރާ ރަހީނުން ގެންދަން ޖެހޭނީ ސަންދޯކަށް ލައިގެން

އެސޯޝިއޭޓެޑް ޕްރެސް ތެލްއަވީވުން މިއަދު ދީފައިވާ ޚަބަރުތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ”އަހަރެން ކަންތައް ކުރަންޖެހޭ ގޮތް ބުނުމުގެ ފުރުސަތު ހަމަ އެކަކަށްވެސް ނުދޭނަން“ ކަމަށް ނަތަންޔާހޫ ބުނި ޚަބަރެވެ. ނަތަންޔާހޫ މިހެން ބުނެފައިވަނީ ގައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ބާރު އެޅުމުގެގޮތުން އިސްރާއީލުގައި މިހާރު ހިނގަމުންދާ މުޒާހަރާތަކާއި އަދި އެމެރިކާގެ ރައީސް ”އަހަރެންވެސް މިކަމުގައި އިތުރު މަސައްކަތް ކުރަން އެބަ ޖެހޭ ކަމަށް“ ވިދާޅުވުމާ ގުޅިގެން ރައްދު ދިނުމުގެ ގޮތުންނެވެ. ހަމާސްގެ ބެލުމުގެ ދަށުގައި […]

ވެސްޓް ބޭންކުގައި ހަމަލާތައް އިތުރުވާނެކަމަށް ސަލާމަތީ ބާރުތަކުން ނަތަންޔާހޫއަށް އިންޒާރުދިން

އޮކްޓޫބަރު 7 ގެ ކުރިން ހަމާސް މުޖާހިދުންގެ އެއްވެސް އަސަރެއް ނެތް، އިސްރާއީލުގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ވެސްޓު ބޭންކުގައި ހަނގުރާމައިގެ ހަމަލާ ބަދަލުކުރުންތައް އިތުރުވާނެކަމަށްބުނެ ސަލާމަތީ ބާރުތަކުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އިންޒާރު ދީފައިވާކަން ހާމަވެއްޖެއެވެ.  މިގޮތުން، އިސްރާއީލުންވަނީ އިސްރާއީލުގެ ނިރުބަވެރި ސިފައިންނާއިއެކު، ޑީ9 ބުލްޑޯޒަރެއް ވެސްޓު ބޭންކުގެ ތުލްކަރްމް ކޭމްޕަށް ފޮނުވައި އެތަން ހިޞާރުކޮށްފައެވެ. އަދި ފަލަސްތީނުގެ މުޖާހިދުންވަނީ ތުލްކަރްމް ކޭމްޕަށް ވަންނަށް އައި ގިނަ އުޅަނދުތަކަކަށް ހަމަލާދީ ގޮއްވާލާފައެވެ.  ވެސްޓު […]